ރައީސް ޑރ.މުހައްމަދު މުއިއްޒު، މަނަދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
28 Feb 2024 | 22:30
ވައުދުވީ ގޮތަށް ހުކުރު ދުވަހު އެއާ އެމްބިއުލެންސް ގެ ހިދުމަތް ފަށާނެ: ރައީސް ޑރ.މުއިއްޒު

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވައުދުވެވަޑައިގެންނެވި ފަދައިން މާރިޗު 1 ވާ ހުކުރު ދުވަހު އެއާ އެމްބިއުލެންސް ގެ ހިދުމަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ.މަނަދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ނޭޝަނަލް އެއާ އެމްބިއުލެންސް ސާވިސް ގެ ނަމުގައި އެއާ އެމްބިއުލެންސް ގެ ހިދުމަތް ހުކުރު ދުވަހު ފަށަނީ މޯލްޑިވިއަން ގެ ޑޭޝް 8 ގެ މަތިންދާ ބޯޓެއް ބަދަލުކޮށް ކަމަށެވެ.

އޭރުން އޮންނާނީ މޯލްޑިވިއަން އިން އޮޕަރޭޓް ކުރާ ދިވެހި ރާއްޖޭގެ އަމިއްލަ ބޯޓެއް ކަމަށާއި ރާއްޖޭގެ ކޮންމެ އެއާޕޯޓަކުން ވެސް ކުއްލި ހާލަތުގައި ބަލި މީހުން، އެ ބޯޓު މެދުވެރިކޮށް ގެންދެވޭނެ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ. އަދި އެ ބޯޓުގައި ލަންކާ އާއި ހިސާބަށް ވެސް ބަލި މީހުން އުފުލޭނެ ކަމަށާއި، ލަންކާ އަށް މަޑުކުރުމަށްފަހު ތެޔޮ އަޅައިގެން އަދި އެއަށްވުރެ ދުރަށް ވެސް ދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"1 މާޗުގައި، ދެދުވަސް ނޫންތޯ މިއޮތީ. މިއަދު މިއީ 28. ހުކުރުދުވަހު، ހުކުރުދުވަހު ފަށާނެ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވައުދުވީ ގޮތަށް ރާއްޖޭގައި އެއާ އެމްބިއުލެންސް ގެ ހިދުމަތް. އަޅުގަނޑުމެންގެ މަތިންދާ ބޯޓެއް، ބަދަލުކޮށް، ޑޭޝް 8 ގެ މަތިންދާ ބޯޓެއް ބަދަލުކޮށް، ނޭޝަނަލް އެއާ އެމްބިއުލެންސް ސާވިސް އިރާދަކުރެއްވިއްޔާ މާދަން ނޫން އަނެއްދުވަހު މި ފެށެނީ. އޭރުން އޮންނާނީ ފުލް ޓައިމް އަޅުގަނޑުމެންގެ މޯލްޑިވިއަން އިން އޮޕަރޭޓް ކުރާ، އަޅުގަނޑުމެންގެ އަމިއްލަ ބޯޓެއް. ކޮންމެ ތަނަކުން، ކޮންމެ އެއާޕޯޓަކުން، ރާއްޖޭގެ ކޮންމެ އެއާޕޯޓަކުން ބަލި މީހުން ކުއްލި ހާލަތުގައި އެއްތަނުން އަނެއް ތަނަށް ގެންދެވޭނެ ބޯޓެއް."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ މީގެ އިތުރުންވެސް، އެއާއި އެކީގައި އެއާ އެމްބިއުލެންސް އެއްގެ ގޮތުގައި ސީޕްލޭނެއް ވެސް އެތެރެ ބަދަލުކޮށްގެން ބޭނުން ކުރަން ފަށާނެ ކަމަށެވެ. ސީޕްލޭން ދުއްވާނީ ދުވާލު ގަޑީގައި ކަމަށާއި، ސީޕްލޭން ގެ ސަބަބުން ކޮންމެ ރަށެއް ކައިރިއަށް ވެސް ކުއްލި ހާލަތުގައި ކައިރިކުރުމުގެ ފަސޭހަކަން ލިބިގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އޭގެ އިތުރަށް ސީ ޕްލޭން އެއް ވެސް އެއާއި އެކީގައި، ބޭނުންކުރަން ފަށާނެ އެތެރެ ބަދަލުކޮށްގެން އެއާ އެމްބިއުލެންސް ގެ ގޮތުގައި. ސީ ޕްލޭން ދެން ކޮންމެ ގޮތެއް ވިޔަސް ދުވާލުގެ ގަޑީގައި ދުއްވާނީ. އެކަމަކު ސީޕްލޭން ގެ އެޑްވާންޓޭޖަކީ ކޮންމެ ރަށެއް ކައިރިއަށް ވެސް ކުއްލި ހާލަތުގައި ކައިރިކޮށްލެވޭނެ. އެއީ ސީޕްލޭން ގެ ފަސޭހަ އަކަށް ވާނީ."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން، މި ހަފްތާގެ ހުކުރުދުވަހު ފެށިގެންދާ އެއާ އެމްބިއުލެންސް ގެ ހިދުމަތާއި އެކު ، ރާއްޖޭގެ ކޮންމެ ކަންކޮޅަކުންވެސް ކޮންމެ ރަށަކުންވެސް، މެޑިކަލް އިވެކިއުއޭޝަނެއް ހަދަން ޖެހިއްޖެ ހާލަތެއްގައި، އެކަން ކުރުމުގެ ގާބިލުކަން ފަހިވެގެންދާނެ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.