ފޮއްދޫގެ ބައެއް ރައިޔތުންނާއި ރައީސް ޑރ.މުހައްމަދު މުއިއްޒު ބައްދަލުކޮށްލެއްވުން / ފޮޓޯ:ރައީސް އޮފީސް
ހަބަރު
28 Feb 2024 | 23:03
ފޮއްދޫ ބަނދަރުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސްދޭން ރައްޔިތުން އެދިއްޖެ

ފޮއްދޫގެ ބަނދަރު ތަރައްޤީކުރުމަށްޓަކައި މިހާރު ފާސްކޮށްފައިވާ ޑިޒައިންއާ ގުޅިގެން، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި ހިއްސާކުރައްވައިފިއެވެ.

މި ކަންބޮޑުވުންތައް އެމަނިކުފާނާއި ހިއްސާކުރައްވާފައިވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާ ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު ނ.އަތޮޅުގެ ހޮޅުދޫއަށް ވަޑައިގެން ހުންނަވަނިކޮށް ފޮއްދޫގެ ބައެއް ރައްޔިތުންގެ އެދުމުގެ މަތީން އެބޭފުޅުންނާއި ބައްދަލުކޮށްލެއްވުމުގައެވެ.

މިއަދު ހޮޅުދޫގެ ކައުންސިލް އިދާރާގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ފޮއްދޫގެ ހަރު އުމުރުފުރައިގެ ބައެއް ރައްޔިތުން ވަނީ ފޮއްދޫގެ 180 ރައްޔިތެއްގެ ސޮޔާއެކު، ބޭނުންވާ ބަދަލުތަކާ ގުޅޭ ޕެޓިޝަނެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވައިފައެވެ. އަދި މިބައްދަލުކުރެއްވުމުގައި އެބޭފުޅުން ބޭނުންފުޅުވާ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާއަށް ތަފުޞީލީ ގޮތެއްގައި ހިއްސާކުރެއްވިއެވެ.

ފޮއްދޫ ބަނދަރުގެ މަސައްކަތް  ކުރުމަށް ބަޔަކާއި ހަވާލުކޮށްފައި ވިޔަސް އަމަލީ މަސައްކަތް އަދި ނުފަށައެވެ. ފޮއްދޫގައި އަރާ ފައިބަން މިހާރު ބޭނުން ކުރަނީ ޖެޓީއެކެވެ. އެއީ ހުރިހާ މޫސުމެއްގައި ބޭނުންކުރެވޭ ޖެޓީއެއް ނޫންކަމަށް ކައުންސިލުން ވިދާޅުވިއެވެ.

މިއަދުގެ މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ބަދަލުތައް، ކަމާ ގުޅޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި އެކަންކަން ބައްލަވާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.