ލެބޯޓަރީއެއް-- ފޮޓޯ: ޓްރެވަލް ޓްރޭޑް މޯލްޑިވްސް
ހަބަރު
29 Feb 2024 | 13:01
ލެބޯޓްރީގެ ހިދުމަތް ނުލިބޭ ހުރިހާ ރަށެއްގައި، ކުރިއަށް އޮތް ތިން މަސް ތެރޭގައި އެ ހިދުމަތް ފަށަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގައި ހިމެނޭ މަސައްކަތެއް ކަމަށްވާ ލެބޯޓްރީގެ ހިދުމަތް ނުލިބޭ ހުރިހާ ރަށެއްގައި، އެ ހިދުމަތް ގާއިމު ކުރުމުގެ ވައުދުފުޅުގެ ތެރެއިން ކުރިއަށް އޮތް ތިން މަސް ތެރޭ އެ މަސައްކަތް ފެށުމަށް ހެލްތު މިނިސްޓްރީން ތައްޔާރު ވެއްޖެއެވެ.

"ހަފްތާ14" ގެ ތެރޭގައި ހިމެނޭ ސިއްހީ ކަންކަމާ ބެހޭ މައުލޫމާތު ހާމަކުރުމަށް މިއަދު ހެލްތު މިނިސްޓްރީން ކުރިއަށް ގެންދިޔަ އެ މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. އަބްދުالله ހަލީލް ވަނީ މި ސަރުކާރު އައި ފަހުން މިހާތަނަށް އެ ހިދުމަތް ހަތަރު ރަށެއްގައި އަލަށް އެ ހިދުމަތް ފަށާފައިވާކަން ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރު ޑރ. އަބްދުالله ހަލީލް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ 76 ރަށެއްގައި އަދިވެސް ލެބޯޓަރީގެ ހިދުމަތް ގާއިމުވެފައިނުވާ ކަމަށާއި، މި ރަށްރަށުގައި ކުރިއަށް އޮތް ތިން މަސް ތެރޭގައި ލެބޯޓަރީގެ ހިދުމަތް ގާއިމު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަަމަށެވެ. މި ރަށްތަކުގައި ލެބޯޓަރީގެ ހިދުމަތް ގާއިމު ކުރާއިރު، ބޭނުން ކުރާނީ ކުރިއާއި ހިލާފަށް ޕޮއިންޓް އޮފް ކެއާ ޓެސްޓިން މެޝިންތަކެއް ކަމަށާއި، މިއީ ކުރިން ބޭނުންކުރާ މެޝިން ތަކަށް ވުރެ ކުދި މެޝިންތަކަކަށްވި ނަމަވެސް ސައްހަ ނަތީޖާ ގެނެސްދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިކަން ތައާރަފް ކުރެވިގެން ދިއުމާއެކު މިހާރު ރަށްރަށުގައި ހެދިގެންދާ ޓެސްޓްތަކުގެ އަދަދު 15 ޓެސްޓަށް އިތުރުވެގެންދާނެ. އޭގެ ނަތީޖާއަކީ އެޓެންޑް ކުރަންވީ ބަލި މީހާގެ ކޮން ކަމަކަށްކަން ވަރަށް ސާފުކޮށް އެނގިގެން ދާނެ. މިސާލަކަށް ކިޑްނީގެ މައްސަލައަށް ހުރިއްޔާ އެކަން ފާހަގަކޮށްދޭނެ،" 

މިނިސްޓަރު ޑރ. އަބްދުالله ހަލީލް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މިނިސްޓަރު ޑރ. އަބްދުالله ހަލީލް ވަނީ ލެބޯޓަރީގެ ހިދުމަތް ނުލިބޭ ރަށްރަށުގައި ހިދުމަތް ފަށަން ބޭނުންވާ ދެބައިކުޅަ އެއްބައި މެޝިން މިހާރު ލިބިފައިވީ ނަމަވެސް މިވަގުތަށް ހުރިހާ ރަށަކަށް މެޝިން ފޮނުވަން ކުޑަ މަޑުޖެހުމެއް އުޅޭކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.