މިނިސްޓަރު ޑރ.އަބްދުالله ހަލީލް-- ފޮޓޯ: ހެލްތު މިނިސްޓްރީ
ހަބަރު
29 Feb 2024 | 14:33
އެއާ އެމްބިއުލާންސުން އެއް ދަތުރެއްގައި އިންޑިއާ އަދި ސްރީލަންކާ އަށް ދެވޭނެ: މިނިސްޓަރު ޚަލީލް

މާދަމާ ފެށުމަށް ހަމަޖެހިފައިވާ އެއާ އެމްބިއުލާންސުން އެއް ދަތުރެއްގައި އިންޑިއާ އަދި ސްރީލަންކާ އަށް ދެވޭނެ ކަމަށް ހެލްތު މިނިސްޓަރު ޑރ.އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.

މިފަދައިން މިނިސްޓަރު ޑރ.އަބްދުالله ހަލީލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގައި ހިމެނޭ ސިއްހީ ދާއިރާ ގެ ކަންކަމާއި ބެހޭ މައުލޫމާތު ހިއްސާ ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑޭޝް-8 މަރުކާގެ މަތިންދާބޯޓެއް އެއާ އެމްބިއުލާންސްއަކަށް ބަދަލުކޮށް އެ ބޯޓުގައި ބަލި މީހުން ތައިލޭންޑަށް އުފުލޭނެ ކަމަށް މީގެ ކުރިން ރައީސް ޑރ.މުއިއްޒު ވިދާޅުވި ނަމަވެސް، މިއަދު މިނިސްޓަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވީ އެއާ އެމްބިއުލާންސުން ސީދާ ދަތުރުތައް ކުރެވޭނީ ހަމައެކަނި ދެ ގައުމަށް ކަމަށެވެ. އަދި ތައިލެންޑާއި ހިސާބަށް ދަތުރުކުރެވޭނީ އިތުރު ތަނަކަށް މަޑުކުރުމަށް ފަހުގައި ކަމަށާއި މިގޮތަށް މަޑުކުރި ނަމަވެސް މާގިނަ ވަގުތުތަކެއް ނުނަގާނެ ކަމަށް ވެސް މިނިސްޓަރު ޚަލީލް ވިދާޅުވިއެވެ.

"މިހާރު އެއް ދަތުރެއްގައި ދެވޭނެ އިންޑިއާ, ސްރީލަންކާ އަށް. ރާއްޖޭގެ ބަލިމީހުން އާންމުކޮށް މިދަނީ ވެސް އިންޑިއާ ސްރީލަންކާއަށް. މި ދެ ގައުމަށް އެއް ދަތުރުން އުފުލޭނެ. އެހެން ނަމަވެސް ސްޓޮޕަކަށް ފަހުގައި ތައިލެންޑާ ހިސާބަށް ދިއުމުގެ ފުރުސަތު ވެސް އެބަ އޮތް މި ބޯޓުގެ ރޭންޖަށް ބަލާއިރު."

މިނިސްޓަރު ޑރ.އަބްދުالله ހަލީލް ވިދާޅުވިއެވެ.

އެއާ އެމްބިއުލާންސް ގެ ހިދުމަތާއި ގުޅޭ ގޮތުން މިނިސްޓަރު އިތުރަށް ވިދާޅުވީ އެއާ އެމްބިއުލާންސް އުދުހުމަށް ދިވެހި ސަރުކާރުން ވަނީ ލަންކާއިން ހާއްސަ ހުއްދައެއް ހޯދާފައި ކަމަށާއި، އެގޮތުން ހުއްދަ އަށް ހުށަހަޅާތާ ދެ ގަޑިއިރު ތެރޭގައި އެއާ އެމްބިއުލާންސް އުދުހުމުގެ ހުއްދަ އެގައުމުންދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ލަންކާގެ އިތުރުން އެހެން ގައުމުތަކާއެކު ވެސް މިފަދަ އެއްބަސްވުންތައް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އެއާ އެމްބިއުލެންސް ގެ ހިދުމަތް ފަށަނީ  ލޭންޑް ކްރާފްޓް ގެ އިތުރުން ސީ ކްރާފްޓަކާއެކު ކަމަށާއި، އޭގެ ބޭނުމަކީ އެއާޕޯޓު ނެތް ނުވަތަ އެއާޕޯޓަކާ ދުރު ރަށަކުން ބަލި މީހަކު އުފުލަން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރުމަށް މިނިސްޓަރު ޚަލީލް ވިދާޅުވިއެވެ.

އޭގެއިތުރުން، އެއާ އެމްބިއުލެންސް ގެ އެތެރޭގައި ގާއިމުކުރަންޖެހޭ ހިދުމަތްތައް މިއަދުގެ ނިޔަލަށް ގާއިމުކޮށް ނިމޭނެ ކަން ފާހަގަކުރައްވާ ޚަލީލް ވަނީ އެ ހިދުމަތަށް ހާއްސަ ފަސް ނަރުހުންނާއި ފަސް ޑޮކްޓަރުން އަދި ފަސް ޓެކްނީޝަނުން ރެކްރޫޓްކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި މި ފަރާތްތައް ވެސް މިއަދު ގެ ނިޔަލަށް ތަމްރީނުކޮށް ނިމޭނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެއާ އެމްބިއުލާންސަށް ހާއްސަ ސިއްހީ ހިދުމަތްތެރިންގެ އަދަދުތައް ޑިމާންޑަށް ބަލާއި އިތުރުކުރަން ޖެހުމަކީ ވެސް އެކަށީގެންވާ ކަންވެސް ޚަލީލް ފާހަގަކުރެއްވިއެވެ.

އެއާ އެމްބިއުލެންސް ގެ ތެރޭގައި އެމަޖެންސީ ހާލަތުގައި ބޭނުންވާ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށާއި، އޭގެ ތެރޭގައި، އޮކްސިޖަނާއި ވެންޓިލޭޓަރު އަދި ހިތް ހުއްޓިއްޖެ ހާލަތެއްގައި ބޭނުންކުރާނެ އާލާތްތައް އަދި އިމަޖެންސީގައި ބޭނުންވާނެ އިންޖެކްޝަންތައް ވެސް ބޯޓުގައި ހުންނާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.އަދި މޯލްޑިވިއަން ގެ 38 މީހުން އުފުލޭ ވަރުގެ ޑޭޝް 8 މަތންދާބޯޓެއް އެއާ އެމްބިއުލަންސް އަކަށް ބަދަލުކޮށްލަނީ މިވަގުތުން ވަގުތަށް ދެ ބަލި މީހުން އެއްފަހަރާ އުފުލޭ ކެޕޭސިޓީގައި ނަމަވެސް ޑިމާންޑަށް ބެލުމަށްފަހު، ސްޓްރެޗާ އިތުރުކުރަން ޖެހިއްޖެނަމަ އެކަން ކުރެވޭނެ ޖާގަ ވެސް ބޯޓުގައި ހުންނާނެ ކަމަށް  ޚަލީލް ވަނީ ވިދާޅުވެފައެވެ.

ރޭގައި ނ.މަނަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން ރައީސް ޑރ.މުއިއްޒު ވެސް ވަނީ އެއާ އެމްބިއުލެންސް ގެ ހިދުމަތް ތައާރަފް ކުރުމާއި ގުޅޭ ގޮތުން އަލި އަޅުވާލާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ މި ހަފްތާގެ ހުކުރުދުވަހު ފެށިގެންދާ އެއާ އެމްބިއުލެންސް ގެ ހިދުމަތާއި އެކު ، ރާއްޖޭގެ ކޮންމެ ކަންކޮޅަކުންވެސް ކޮންމެ ރަށަކުންވެސް، މެޑިކަލް އިވެކިއުއޭޝަނެއް ހަދަން ޖެހިއްޖެ ހާލަތެއްގައި، އެކަން ކުރުމުގެ ގާބިލުކަން ފަހިވެގެންދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.