މާލެ ސަރަހައްދުގައި ހުރި އުޅަނދުތައް ނައްތާލުން-- ފޮޓޯ: ވޮއިސް
ހަބަރު
29 Feb 2024 | 15:12
ގިނަ ދުވަސްވެ ބާވެފައި ހުންނަ އުޅަނދުތައް ސަރުކާރުން ގަތުމަށް ނިންމައިފި

ގިނަ ދުވަސްވެ ބާވެފައި ހުންނަ އެއްގަމު އުޅަނދުތައް ސަރުކާރުން ގަތުމަށް ނިންމައިފިއެވެ.

މާލޭގައި ވެހިކަލްތައް ގިނަވުމުގެ ސަބަބުން އެކަމާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީއަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ހާޒިރުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. މިގޮތުން އަމީން ވިދާޅުވީ، ސަރުކާރުން ބައިބެކް ނުވަތަ ހަލާކުވެފައި ހުންނަ އުޅަނދުތައް ގަންނަން ނިންމައި އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށް 500 މިލިއަން ރުފިޔާ ހިމަނާނެ ކަމަށެވެ.

މިއީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ، ވެހިކަލް ގިނަވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރުމަށް ނިންމި ކަމެއް ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.

"ބައިބެކްގެ ދަށުން އަޅުގަނޑުމެން ބާވެ ހަލާކުވެފަ ހުންނަ އުޅަނދުތައް މިގަންނަނީ. އެކަމަކު އެހާ ބޮޑަށް ހަލާކުނުވެ، ބޭނުންކުރެވޭ ހާލަތުގަ ހުންނަ އުަޅަނދުތައްވެސް އަޅުގަނޑުމެން ގަންނާނަން. މި އުޅަނދުތައް ރީއެކްސްޕޯޓުކޮށްގެން ރަނގަޅު އާމްދަނީއެއް ލިބޭނެ. މއީ އޮސްޓްރޭލިއާ ފަދަ ގައުމުތަކުން ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައިވާ ޕްރޮގުރާމުތަކެއް."

މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިއީ ބައެއް ގައުމުތަކުން ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރު އަމީން ވިދާޅުވީ،  ވެހިކަލް މަދުކުރުމަށް ގިނަ ވިސްނުންތަކެއް އެބަހުރި ކަމަށާއި އެކަމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރާނެ ކަމަށެވެ. އޭގެރެއިން މިހާރުވެސް ކޮންމެ ދުވަހަކުވެސް ވެހިކަލް ރެޖިސްޓްރީ ކުރާ އަދަދު މަދުކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މާލޭގެ މަގުތަކުގައި ވެހިކަލްތައް ގިނަވެ، ތޮއްޖެހުމުގެ މައްސަލަ އަށް ހައްލެއް ގެނައުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން މިހާރުވެސް ދަނީ މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް
ޖުހާ
ކޮވިޑް ދުވަސްކޮޅު އައިސޮލޭޝަނަށް ފަހު ނިއުނޯމަލްއަށް ސައިކަލް ނަގަން ދިޔައިރު ފުލުހުން ވަނީ ޓޯކޮއްފަ ގިނަދުވަހޭ ކިޔައިން. ބަލާދާންވެގެން ވީތަނެއް ކޮބާތޯ އެހީމަ ފުލުސް އޮފީހުން ބުނީ ނައްތާލެވިއްޖެޔޭ 3 މަސް ވެއްޖެއޭ. 😭
29 Feb 2024
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.