ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ރާއްޖެ އެމްވީ
ހަބަރު
29 Feb 2024 | 16:35
އެފްއެސްއެމް އިން އެމްޕީއެލްއަށް ތެޔޮ ވިއްކުމުގައި ކޮރަޕްޝަން ހިމެނޭ ކަމުގެ ތުހުމަތުގައި މުވައްޒަފުންތަކަކަށް ދައުވާ ކުރަނީ

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ތެޔޮ ވިއްކުމުގައި ކޮރަޕްޝަން ހިމެނޭ ކަމުގެ ތުހުމަތުގައި މުވައްޒަފުންތަކަކަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން ބުނީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ތެރޭގައި އެފްއެސްއެމް އިން އެމްޕީއެލްއަށް ތެޔޮ ވިއްކުމުގައި، އެ ކުންފުނިތަކުގެ މުވައްޒަފުން ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގައި، ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން މި ދައުވާތައް އުފުލާފައިވަނީ 3 މީހެއްގެ މައްޗަށެވެ. މީގެ އިތުރުންވެސް، މި މައްސަލައިގައި އިތުރު 2 މީހެއްގެ މައްޗަށްވެސް ތުހުމަތުކުރެވުނު ނަމަވެސް އެ ދެމީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް ހެކި ޤާރީނާ ލިބިފައިނުވާތީ، މިވަގުތަށް ދަޢުވާ ނުކުރުމަށް އެ އޮފީހުން ވަނީ ނިންމާފައެވެ.

ޕީޖީ އޮފީހުން ދައުވާ އުފުލު ތިން ފަރާތަކީ އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޗީފް މެނޭޖަރ، ސ. ފޭދޫ، ވާރުގެ، މުޙައްމަދު އައިމަން އާއި އެފްއެސްއެމްގެ ތެޔޮ ބައުޒަރު ޑްރައިވަރު ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ސޮޖިބް ގެ އިތުރުން، އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ އެސިސްޓެންޓް މެނޭޖަރު  ސ. މަރަދޫ އާޒާދުގެ ޙަސަން ދީދީ ގެ މައްޗަށެވެ.

މީގެ ތެރެއިން މުޙައްމަދު އައިމަން ގެ މައްޗަށް ދެ ދައުވާ އެއް ވަނީ ކޮށްފައެވެ. އެއީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ އާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، އެނގިހުރެ، ޞައްޙަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ދައުވާއެވެ. މި ދެ ދައުވާ އޭނަ ގެ މައްޗަށް ސާބިތުވެއްޖެ ނަމަ 3 އަހަރާއި 11 މަހާއި 30 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ސޮޖިބް ގެ މައްޗަށް ޕީޖީން އުފުލާފައިވަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ އާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް އުފެއްދުމުގެ ދައުވާއެވެ. މި ދެ ދައުވާ ސޮޖިބް ގެ މައްޗަށް ސާބިތުވެއްޖެ ނަމަ 3 އަހަރާއި 11 މަހާއި 30 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި ދެމީހުންގެ އިތުރުން ދެން ޕީޖީ އޮފީހުން ދައުވާ އުފުލި އަނެއް ފަރާތަކީ ޙަސަން ދީދީއެވެ. އޭނާގެ މައްޗަށް މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ޞައްޙަނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އުފުލާފައިވާއިރު، މި ދައުވާ ސާބިތުވެއްޖެ ނަމަ، 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޕީޖީ އޮފީހުން ބުނީ ޚިޔާނާތްތެރިވީކަމަށް ތުހުމަތުކުރެވޭ ފައިސާގެ ތެރެއިން 6.7 މިލިއަން ރުފިޔާގެ ބައި އެ އޮފީހަށް ބަލައިގަނެފައިވާ ކަމަށާއި، މައްސަލައިގެ ތަޙުޤީޤު އަދިވެސް ކުރިއަށްދާތީ، އިތުރު ބައިތަކުގެ ތަޙުޤީޤު ނިމުމުން، ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.