ޜައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި--ފޮޓޯ/ތޭރަ އޮންލައިން
ހަބަރު
01 Mar 2024 | 13:36
އަޅުގަނޑަށް އުނދަގޫ ވެގެން މި އުޅެނީ، އަނގަމަތީގައި މަލަން އަޅާފައި ހުރީމަ: ރައީސް ޔާމީން

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ އަނގަމަތީގައި މަލަން އަޅާފައިވާ ކަމަށާ، އޭގެ ސަބަބުން އެކިއެކި ވާހަކަތައް ދައްކަމުންދާއިރުވެސް އެވާހަކަތަކަށް ރައްދު ނުދެއްވޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެެއެވެ. 

ރޭ ޕީއެންއެފް އޮފީހުގައި، އެ ޕާޓީގެ ފަރާތުން، މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި ސުވާލުކޮށް, އެ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަ ކުރުމަށް ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ، ޕޯޑިއަމްތަކުގައި ރައްޔިތުންނާއި މީޑިއާ ތަކުން ކުރާ ސުވާލު ތަކަށް ޖަވާބު ދިނުން އެމަނިކުފާނަށް އަދިވެސް މަނާ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވިދާޅުވި އެވެ. 

ތެދެއްމެ، ޝަރުޢީ ދާއީރާގައި އޮތް ކަމެއް ވީމާ، ޝަރުޢީ ދާއިރާއިން މިކަން ނިމޭ ދުވަހަކުން ނިމިގެން ދިޔުމަކީ އެކަން އޮންނާނެ ގޮތް. އެކަމަކު، މިއީ އަޅުގަނޑުމެން ގެނައި ސަރުކާރެއް. އެހާ ބޮޑު ގާނޫނީ ހުރަހެއް، ނުވަތަ، އެހާ ބޮޑަށް ރައްޔިތުން ކުށްވެރި ކުރާ ކަމަކަށް ވާނެތޯ އަޅުގަނޑު ޕޯޑިއަމް ތަކުގައި ވާހަކަ ދެއްކުމާއި، ޓީވީ އިންޓަވިއުތައް ދިނުމާއި، ތަންތަނަށް ދަތުރު ކުރުމަށް ހުއްދަ ދިނުމަކީ މި ސަރުކާރަށް ދަތިވެދާނެ ކަމެއްތޯ؟ 

ކުރީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމް 

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނު ރަށު ބަންދަށް ބަދަލު ކުރެއްވި ފަހުން ޕީޕީއެމް އޮފީހަށް ވަޑައިގެންނެވި ކަމަށާ، އޭރު އެ އޮފީހަށް ގިނަ ބަޔަކު ވަދެ ނުކުމެ، އަދި ޕީޕީއެމަށް ވެސް ގިނަ ބަޔަކު ސޮއި ކޮށް ފޯމު ހުށަހަޅަމުން ދިޔަ ކަމަށެވެ.

އެހެންނަމަވެސް، އެތަނުގެ އިދާރީ އިންތިޒާމްތައް ހުރީ ރަނގަޅަށް ނޫން ކަމަށާ، ސެކެރެޓަރީ ޖެނެރަލްއެއްވެސް އަދި ޕާޓީ ހިންގާމެ ފަރާތެއްވެސް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ، ޕީޕީއެމް/ޕީއެންސީގެ އިސް ލީޑަރުންގެ ތެރެއިންވެސް މިހާރުގެ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް އާއި، މާލެސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ފިޔަވައި އެހެން ބޭފުޅެއް އެ އޮފީހަށް ވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އަޅުގަނޑަށް މިއުޅެނީ މި ވާހަކަތައް ޓީވީ ކުރިމަތީގައި ރައްޔިތުންްނަށް އޮޅުން ފިލާވަރަށް ނުބުނެވިގެން. އެކަމަކު އަޅުގަނޑަށް މިވާހަކަ ނުބުނެވުނީމަ، އަޅުގަނޑުގެ އަޚުންގެ ގޮތުގައި، މިއަދުގެ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން، މީގެ ނާޖާއިޒް ފައިދާ ވަރަށް ބޮޑަށް އެބަ ނަންގަވާ. އަޅުގަނޑު އަޅުގަނޑުގެ ޕާޓީ ދޫކޮށްފައި ނުކުތީތޯ. ނޫނީ ކިހިނެއް ވެގެންތޯ އަޅުގަނޑު ނުކުތީ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް 

މިއާއެކު ރައީސް ޔާމީން ވަނީ ޕީޕީއެމް ދޫކޮށް ދިޔަ ސަބަބުތައް ތަފްސީލުކޮށް ރައްޔިތުންނާއި ވާހަކަދެެއްކެވުނުހާ އަވަހަކަށް ކިޔާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑަށް އުނދަގޫ ވެގެން މި އުޅެނީ، އަޅުގަނޑު ހިފަހަށްޓާފައި، އަނގަމަތީގައި މަލަން އަޅާފައި، ކަންކަން ހިނގީ މިހެންނޭ، އެހެންނޭ، ކިޔާފައި ވާހަކަ ދެއްކީމަ ދެން ތަންކޮޅެއް އުނދަގޫ ވެގެން މި އުޅެނީ. އެއީ ދެން އެ ފެންވަރުގައި ތިއްބެވި ބޭފުޅުންނާ ވަރަށް އެކަށީގެން ނުވާ ދަށުދަރަޖައިގެ ކަންކަން އެ ކުރައްވަނީ،"

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް 

ރައީސް ޔާމީން މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ، ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ށ. މިލަންދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށު ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި، އެމަނިކުފާނުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުالله (އަދުރޭ) ނުސީދާ ގޮތެއްގައި ރައީސް ޔާމީން އަބްދުލްގައްޔޫމަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވުމާއި ގުޅިގެން ކަމަށް ބެލެވެއެވެ. 

"އަޅުގަނޑުމެން މި ތިބީ ފުރަތަމަ ދުވަހު ނުކުތް ސިޔާސީ ފިކުރާ އެކީގައި އަދިއަދަށް ވެސް. އަޅުގަނޑުމެން ދޫކޮށްފައި ބޭފުޅުން ވަޑައިގަތުން އެއީ އަޅުގަނޑުމެން ކުށްވެރިވާ ކަމެއް ނޫން. އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ކަންބޮޑުވޭ، ދެރަވޭ،" އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އަދުރޭ ވަނީ "ވަކި ބޭފުޅަކަށްޓަކައި ދުނިޔެ ހުއްޓި ނޯންނާނެ" ކަމަށްވެސް ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jul 2026
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ
ވޯޓާސް ލިސްޓް މިއަދު އާއްމުކުރުމަށް ވަނީ ނިންމާފައި
04 Jul 2026
ކޯޗް ސުޒެއިންގެ 40 އަހަރުގެ ކުޅިވަރު ކެރިއަރުގައި އެންމެ އުފާވެރި ރޭ
"ކުޅިވަރުގެ ދާއިރާގައި ހޭދަވި ސާޅީސް އަހަރުތެރޭ އެންމެ އުފާވި ފިޔަވަޅު މަތީގައި އަޅުގަނޑު މި ހުރީ," ސުޒެއިން ވިދާޅުވި އެވެ.
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ
04 Jul 2026
ޕެނަމާ ކެނަލް ކޮންޓްރޯލްކުރުމުގެ ފުރުސަތު ޗައިނާއަށް ނުދޭނަން: ޓްރަމްޕް
ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ޕެނަމާއިން އެ ކެނަލްގެ ކޮންޓްރޯލް ނެގުމަށްފަހު، އެތަން ހުރަސްކުރާ އުޅަނދުފަހަރުން ނަގާ ފީ ހަތަރު ގުނައަށް ބޮޑުކޮށް، އޭގެއިން ބޮޑު ފައިދާއެއް ހޯދާފައިވެއެވެ
04 Jul 2026
މަންފާގެ ނަމާދު އެޕް "ބަންގި" - މުހިންމު ފީޗާސްތަކާއެކު، މިހާރު ޑައުންލޯޑްކޮށްލެވޭނެ
މީގެ އިތުރުން ހޯމް ސްކްރީނު ނަމާދު ވަގުތުތަކާއި ކުރިއަށް އޮތް ނަމާދަށް އޮތީ ބާކީ ކިހާ ވަގުތެއްކަން އަންގައިދޭނެ އެވެ
04 Jul 2026
ދަރިވަރުންގެ އަތުލިޔުން ހުތުރުވާ ސަބަބުތަކާއި، އެކަން ރަނގަޅުކުރެވިދާނެ ގޮތްތައް
އަތުލިޔުން ރީތިކުރުމަކީ ހަމައެކަނި އެކެއްގެ ޒިންމާއެއް ނޫނެވެ. ސްކޫލްތަކާއި، މުދައްރިސުންނާއި، ބެލެނިވެރިން އަދި ދަރިވަރުން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ