ރައީސުލްޖުމްހޫރިއްޔާ އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން-- ފޮޓޯ/ވޮއިސް
ހަބަރު
01 Mar 2024 | 16:17
ކައުންސިލްގެ މުވައްޒަފުންނަށްވެސް ތަޢުލީމާ އެއްވަރަށް މުސާރައިގެ ކުރިއެރުން ލިބޭގޮތް ހަދައިދޭނަން: ރައީސް

ކައުންސިލްތަކުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުން ނުވަތަ ސިވިލް ސާވަންޓުންނަށް ތައުލީމު ހާސިލުކުރުމުންދާ މިންވަރާއި އެއްވަރަށް މުސާރައިގެ ކުރިއެރުން ލިބޭގޮތް ހަދަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެ ކަން ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، އާންމުންނަށް ސީދާ ރައީސާ ސުވާލުކުރެވޭ "ރައީސްގެ ޖަވާބު" ސިލްސިލާގެ މިއަދުގެ ޕްރޮގްރާމްގައި ނ. މަނަދޫ ކައުންސިލް އިދާރާގެ މުވައްޒަފެއްކަމަށްވާ، އެ ރަށު، ހޭޅި، ޢައްޒާ ޢަބްދުލްޣަފޫރު، ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައާ ޢިނާޔަތްތައް އެހެން ދާއިރާތަކުގައި ބޮޑުވާ ގޮތަށް ބޮޑު ނުވާތީ ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން ކައުންސިލް ތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ، އެ މުވައްޒަފުންގެ ތަޢުލީމީ ފެންވަރު މަތިވި ނަމަވެސް ބޮޑު ނުވާތީ އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރާނެ ކަންކަމާއި ގުޅޭގޮތުން ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުގެ މުވައްޒަފުން ރެޔާއި ދުވާލުކުރާ ބުރަ މަސައްކަތް ވަރަށް ގާތުން ދެކެވަޑައިގެންފައިވާ ކަމަށެވެ. އަދި އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނަވައިގެން މުވައްޒަފުންގެ މުސާރައިގެ ކަންކަމުގައި އުޅުއްވުމުން އެ ކަމުގައި ހުރި ގާނޫނީ ހުރަސްތައް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުން ކެޓަގަރައިޒްކޮށްފައި އޮންނަ ގޮތުން ކައުންސިލްތައް މި ވަނީ އެންމެ ދަށް ފަންތީގައި ކެޓަގަރައިޒްކޮށްފައި. އެހެންނަމަވެސް އަޅުގަނޑުމެންގެ ޕޭ ސްޓްރަކްޗާ ހެދުމުގެ ތެރޭގައި ތި ކަމަށް ހައްލެއް ގެންނަން އަޅުގަނޑު ބޭނުން،" 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް މުޢިއްޒު ވިދާޅުވީ، އެހެން އޮފީސްތަކާ ހިލާފަށް ކައުންސިލްތަކުގައި މަސައްކަތްކުރާ ސިވިލް ސާވަންޓުންނަކީ އަބަދު ވެސް ޚިދުމަތްދޭންޖެހޭ ބައެއް ކަމަށެވެ.

އަދި އެފަރާތްތަކުގެ މުސާރަ ބޮޑުކުރުމުގައި ގާނޫނީ ހުރަސްތަކެއް ހުރިކަމަށާ، ސިވިލް ސާވިސް ކޮމިޝަނާއި އެލްޖީއޭއާ ދޭތެރޭގައި ވެސް ހިޔާލު އެއްގޮތް ނުކުރެވިފައި ހުރީ ގާނޫނީ މައްސަލަތަކެއް ހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މަޖިލީސް ތެރެއިން ހައްލުކުރަންޖެހޭ ބައެއް ގާނޫނީ މާއްދާތަކަށް ގެންނަންޖެހޭ އިސްލާހުތައް ވެސް ހުރި ކަމެއް މިއީ،"ރައީސް މުޢިއްޒު ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ، ކައުންސިލަތަކުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންނަށް ވެސް ތައުލީމާ އެކު މުސާރައިގެ ކުރިއެރުން ލިބޭނެ ގޮތް ހައްދަވައިދެއްވަން މަޖިލީހުގެ ތެރެއިން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.