ފޮރިން މިނިސްޓަރު ޒަމީރު -- ފޮޓޯ/ މިނިސްޓްރީ
ހަބަރު
01 Mar 2024 | 16:27
އެހީ ހޯދަން އެއްވެ ތިބި ފަލަސްތީނުގެ އާއްމުންނަށް އަމާޒުކޮށް ހިންގި ގަތުލު އާއްމު ރާއްޖެއިން ކުށްވެރިކޮށްފި

އެހީ ހޯދަން އެއްވެފައި ތިބި ފަލަސްތީނުގެ އާއްމު ރައްޔިތުންނަށް އަމާޒުކޮށް، އިސްރާއީލުގެ ނިރުބަވެރިން ހިންގި ގަތުލުއާންމު ކުށްވެރިކޮށް ފިޔަވަޅު އެޅުމަށް ރާއްޖެއިން ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލައިފިއެވެ.

ޣައްޒާ ސިޓީގެ ދެކުނުން އިންސާނީ އެހީއަށް އިންތިޒާރު ކުރަމުން ދިޔަ ފަލަސްޠީނުގެ އާއްމުންނަށް އަމާޒުކޮށް އިސްރާއީލު ސިފައިން އިއްޔެ ވަރުގަދަ ގަތުލު ޢާއްމެއް ހިންގާފައިވާއިރު، އެ ގަތުލު ޢާއްމުގައި ފަލަސްތީނުގެ 104 މީހުން ޝަހީދުވެ، 760 މީހުން ޒަޚަމްވެފައިވާ ކަމަށް އެންކްލޭވްގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

އެކަމާއި ގުޅިގެން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންސާނީ އެހީގެ އިންތިޒާރުގައި ތިބި ހަތިޔާރު ނެތް ފަލަސްތީނުގެ އާންމުންނަށް އިސްރާއީލުގެ ސިފައިން ދިން ނިރުބަވެރި ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ، ސަތޭކައަށް ވުރެ ގިނަ މައުސޫމް އާންމުންގެ ފުރާނަ ގެއްލި، އިތުރު އެތައް ސަތޭކަ މީހުންނަށް އަނިޔާ ލިބުނު މި އަނިޔާވެރި ހަމަލާއަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ ވަރަށް ބޮޑަށް ހިލާފު ހަމަލާއެއް ކަމަށެވެ. 

މިއާއެކު އެ މިނިސްޓްރީން ވަނީ ބައިނަލްއަޤްވާމީ ޤާނޫނާ އެއްގޮތަށް އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވީހާވެސް އަވަހަށް ހަނގުރާމަ ހުއްޓާލުމަކަށް ގެނައުމަށް ގޮވާލާފައެވެ. އަދި އެ ޖަރީމާ ހިންގި ފަރާތްތަކާއި ދެކޮޅަށް އަވަހަށް ފިޔަވަޅު އަޅައި އެ އަމަލު ހިންގި ފަރާތްތައް ޒިންމާދާރުކުރުވަން ބައިނަލްއަޤްވާމީ މުޖުތަމައަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ވަރުގަދަ އެއްބައިވަންތަކަމެއްގައި ކަމަށާ، މި ސަރަހައްދުގައި އިންސާފުވެރި، ދެމިއޮންނަ ސުލްހައެއް ހޯދުމަށް އަމާޒުކޮށްގެން ކުރާ މަސައްކަތްތަކަށް ތާއީދު ކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށެވެ.

ޣައްޒާގެ ހުޅަނގުދެކުނުގައި އެހީގެ ޓްރަކުތަކުގެ އިންތިޒާރުގައި އެއްވެފައި ތިބި އެތައް ސަތޭކަ ބައެއްގެ ތެރެއަށް ނިރުބަވެރި އިސްރާއީލުން ހަމަލާދިން މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އިސްރާއީލްގެ ސިފައިން ހަމަލާދިންއިރު، ދޯވާރު އަލް ނަބްލޫސީ ކައިރީގައި އެހީ ލިބޭނެ ކަމުގެ އިންތިޒާރުގައި ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު އެއްވެފައި ތިއްބެވެ.

ފަލަސްތީނު ސަރުކާރުގެ މީޑިއާ އޮފީހުން ތުހުމަތުކުރާ ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން އެ މީހުންނަށް ހަމަލާދީފައިވަނީ ކާބޯތަކެއްޗާއި އެހީ ހޯދުމަށް އެ ސަރަހައްދުގައި އެމީހުން ތިބިކަން އިސްރާއީލަށް އެނގިތިބެ ގަސްތުގައެވެ.

އިސްރާއީލްގެ ޔަހޫދީން ހިންގި މި ގަތުލު އާންމު ފަލަސްތީނުގެ ލީޑަރުންނާއި އަވަށްޓެރި ގައުމުތަކުންވެސް ވަނީ ކުށްވެރިކޮށްފައެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރި އިސްރާއީލުން ހިންގަމުންދާ ގަތުލުޢާއްމުގައި މިހާތަނަށް ފަލަސްޠީނުގެ 30،035 މީހުން ޝަހީދުވެ، 70،457 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.