ރައީސް އިބްރާހިމް މުހައްމަދު ޞާލިހު-- ފޮޓޯ: އެމްޑީޕީ
ހަބަރު
02 Mar 2024 | 11:57
ވެރިކަމަށް އައިސް ޑިމޮކްރެޓިކް ނިޒާމު ހަލާކުކޮށް، ހުދުމުހުތާރު ވެރިކަމަކަށް ބަދަލުކުރުމަށް ފެއްޓެވި: ރައީސް ޞާލިހު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ފުރަތަމަ އައުމާއެކީގައި ކުރަން ފެއްޓެވި ކަމަކީ ޑިމޮކްރެޓިކް ނިޒާމު ހަލާކުކޮށްލައި ހުދުމުހުތާރު ވެރިކަމަކަށް ބަދަލުކުރެއްވުމުގެ މަސައްކަތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިފަދައިން ވިދާޅުވީ ދަނޑިކޮށި ޖަގަހައިގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.މިގޮތުން  ރައީސް ޞާލިހު ވަނީ ގާނޫނު އަސާސީން ރައްޔިތުންނަށް ދީފައިވާ ހައްގުތައް ހިފެހެއްޓުމުގެ މަސައްކަތް ވެސް ރައީސް ޑރ.މުއިއްޒު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެނގިވަޑައިގަންނަވާނެ މި ސަރުކާރު ވެރިކަމަށް ފުރަތަމަ އައުމާއެކީގައި ކުރަން ފެއްޓި ކަމަކީ މި ޑިމޮކްރެޓިކް ނިޒާމު ފައްކާވެފައި މި އޮތް ޑިމޮކްރެޓިކް ނިޒާމު ހަލާކުކޮށްލައި ހުދުމުހުތާރު ވެރިކަމަކަށް ބަދަލުކުރުމުގެ މަސައްކަތް. ދޮގު ހަދައި އޮޅުވާލުމުގެ އިތުރަށް މި ދެންނެވިހެން ގާނޫނުއަސާސީން އަޅުގަނޑުމެންނަށް ދީފައިވާ ހައްގުތައް ހިފެހެއްޓުމުގެ މަސައްކަތް،"

ރައީސް ޞާލިހު ވިދާޅުވިއެވެ.

އެގޮތުން އެންމެ ފުރަތަމަވެސް ނޫސްވެރިކަމުގެ މިނިވަންކަން ހުއްޓުވުމަށް މަސައްކަތް ކުރެއްވި ކަމަށާއި ބްލޮކްކުރި ސައިޓްތައް ދޫކޮށްލީ ޕްރެޝަރުގެ ސަބަބުން ކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރުން މުހިންމުކަމަށާއި، މެޖޯރިޓީ އެމްޑީޕީއަށް ނުލިބިއްޖެނަމަ އަނެއްކާވެސް ވެބްސައިޓްތައް ބަންދުކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރި ކަމަށް ވިދާޅުވެ ރައީސް ޞާލިހު ވިދާޅުވީ އެތަނުގެ އަގު ވައްޓާލައި ގާނޫނުއަސާސީން ލިބިދީފަައިވާ ބާރުތައް ނިގުޅައިގަތުމަށްޓަކައި ވެސް ރައީސް ޑރ.މުއިއްޒު މަސައްކަތްކޮށްފައިވާ ކަމަށެވެ.

ކޮމެންޓް
އަހުދުނާމާ
ވަރައް ރީތި ވާހަކައެއް. ރިޔާސީ އިންތިހާބައް ރިޝްވަތު ވަޒީފާ ބަހާ ރިޝްވަތު ފައިސާ ބަހާ ވޯޓް ދޭމަތިން ކުއްވެރިން ދޫކޮއްލުމަކީ ޑިމޮކްރަސީދޯ
02 Mar 2024
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.