ގުޅިފަޅު ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން--
ހަބަރު
02 Mar 2024 | 12:35
ގުޅިފަޅު ހިއްކުމުގެ މަޝްރޫއު އާއި ގުޅިގެން ހިއުމަން ރައިޓްސް ވޮޗްއިން ކަންބޮޑުވުން ފާޅުކޮށްފި

ގުޅި ފަޅު ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ލިބިގެންދާކަމަށް އާންމު ފަރުދެއް ހުށައެޅި މައްސަލައަކާއި ގުޅިގެން އެ މަޝްރޫއު ވަގުތީ ގޮތުން ހުއްޓާލުމަށް އަމުރެއް ނެރެފައިވަނިކޮށް، ސަރުކާރުން ހުށައަޅައިގެން މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ކޯޓު އަމުރެއް ނެރުމާއި ގުޅިގެން އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމާއަތެއްކަމަށްވާ ހިއުމަން ރައިޓްސް ވޮޗް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާއި ގުޅިގެން ހިއުމަން ރައިޓްސް ވޮޗް އިން ނެރުނު ބަޔާނެއްގައި ބުނީ، މިވަގުތު ކޯޓުގައި ހިނގަމުންދާ މައްސަަލައެއްގެ ސަބަބުން ރާއްޖޭގައި ތިމާވެށި ރައްކައުތެރިކުރުމަށް އެކުލަވާލާފައިވާ ގާނޫނުތައް ތަންފީޒުކުރުމަށް ދަތިވެގެންދާ ގޮތްތައް ސާފުވެފައިވާކަމަށާއި ދިވެހިރާއްޖޭގައި ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ކުރަން ޖެހުނު ކަމަކީ ދައުވާކުރުންކަމަށެވެ.

ރާއްޖެ އަކީ  މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ފޯރާ އެއް ގައުމުކަމަން ފާހަގަކޮށް، ހިއުމަން ރައިޓްސް ވޮޗް އިން ވަނީ ރާއްޖޭގައި އެ އެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މިންވަރަކަށް ތިމާވެށީގެ ގާނޫނުތައް ފުރިހަމަކޮށްފައިވާކަމަށް ބުނެފައެވެ. މިގޮތުން އެންވައިރަމެންޓް ޕްރޮޓެކްޝަން އެންޑް ޕްރިޒަވޭޝަން އެކްޓު ފާހަގަކުރެވޭ ކަމަށާއި، އެ ގާނޫނުގެ ދަށުން ތަރައްގީގެ މަޝްރޫޢުއެއް ކުރިއަށް ގެންދާއިރު އެންވައިރަމެންޓަލް އިމްޕެކްޓް އެސެސްމެންޓު ނުވަތަ އީއައިއޭ ހެދުން ލާޒިމުކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. 

އީއައިއޭ ހެދުން ލާޒިމު ކޮށްފައި އޮތް ނަމަވެސް ސަރުކާރުގެ އުސޫލުތަކުގެ ސަބަބުން  އެ ފިޔަވަޅުގެ ބޭނުން ނުކުރެވޭ ކަމަށާއި، އެންވައިރަމެންޓް ޕްރޮޓެކްޝަން އެންޑް ޕްރިޒަވޭޝަން އެކްޓުގެ ދަށުން ތަރައްގީގެ މަޝްރޫޢުއެއް ހިންގަން ފާސްވެގެން އައުމުގެ ކުރިން އީއައިއޭ ހެދިފައި އޮތުން މަޖުބޫރުކަމަށް ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ސަރުކާރުގެ މިނިސްޓްރީތަކުން އާންމުކޮށް މަޝްރޫޢުތައް ކުރީބައިގައި އެޕްރޫވްކުރާކަމަށާއި އެހެންކަމުން އީއައިއޭ ހެދުމަކީ ގޮޅިތަކެއްގައި ފާހަގަކޮޅެއް ޖަހާލުމަށް ވެގެންދާކަމަށް ރާއްޖޭގެ ސަރުކާރުގެ ކުރީގެ އޮފިޝަލަކު ނަން ހާމަނުކޮށް ވަނީ އެ ޖަމާއަތަށް ދިން މައުލޫމާތުގައި ވަނީ ބުނެފައެވެ. އަދި އީއައިއޭ ހެދުމަށްފަހު ހުށައަޅާ ހުށައެޅުންތައްވެސް ގިނަ ފަހަރު ސަރުކާރުން ބަަލައިނުގަނެ ރިޖެކްޓް ކުރާ ކަމަށް ވެސް އެ އޮފިޝަލާއި ހަވާލާދީ ހިއުމަން ރައިޓްސް ވޮޗް އިން ނެރުނު ބަޔާނުގައި ވެއެވެ.

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލުމަށް ހައިކޯޓުން އަމުރު ކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. ހައިކޯޓުން ނެރުނު އަމުރުގައި، ސިވިލް ކޯޓުގައި މިހާރު ކުރިއަށްދާ މައްސަލައިގައި ފައިސަލާކުރަނިވި ހުކުމެއް އިއްވަންދެން ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ޖެހޭ ކަމަށް ވަނީ ބުނެފައެވެ. ކޯޓުން މިއަމުރު ނެރުނީ ސިވިލް ކޯޓަށް މި މައްސަލަ ހުށައެޅުމުން މަޝްރޫއު ހުއްޓާލުމަށް ނުފެންނަ ކަމަށް އެ ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރުމަށް ހުށައަޅާފައިވާތީއެވެ.

އެހެންނަމަވެސް މިދިޔަ މަހުގެ 15 ވަނަ ދުވަހު ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައެވެ. މިކަމާއި ގުޅިގެން ބަންޑާރަ ނައިބު އަހުމަދު އުޝާމް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގުޅިފަޅު ތަރައްގީ ކުރުމަކީ އެތައް ބިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓެއް ކަމަށާއި،އެ ތަނުން ހިއްކަން ހަމަޖައްސާފައިވާ ބިމުގެ 80 ޕަސެންޓް މިހާރު ނިމިފައިވާއިރު، މަސައްކަތް ހުއްޓާލާފައި އޮންނަ ކޮންމެ ދުވަހަކީ ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭނެ ދުވަހެއް ކަމަށެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ހުށައެޅި އިސްތިއުނާފްގެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ ގުޅިފަޅު ހިއްކުން ވަގުތީ ގޮތުން ހުއްޓާލަން ހައި ކޯޓުން ނެރުނު ވަގުތީ އަމުރަށް އަމަލުކުރުން ފަސްކުރުމަށް އަމުރެއް ނެރެފައެވެ. މި އަމުރުގައި، ހައި ކޯޓުގެ އަމުރު ތަންފީޒުވެއްޖެނަމަ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ބެލެވޭތީ ހައި ކޯޓުގެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވަނީ އަންގާފައެވެ.

ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ވާކަަމަށް ބުނެ، އެ މަޝްރޫއު ހުއްޓުވަން އެދި އެ މައްސަލަ ސިވިލް ކޯޓަށް ހުށައެޅީ ތިމާވެށި ހިމާޔަތްކުރުމަށް ގޮވައިލާ އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރެވެ.

ގުޅީފަޅު މަޝްރޫއަކީ ކުރީ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ނިންމައި ހިއްކަން ފެށި ސަރަހައްދެކެވެ. ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން ވަނީ ހިއްކުމަށް ހަމަޖެހިފައިވާ މި ސަރަހައްދަށް 85 ހެކްޓަރުގެ ބިން އިތުރު ކުރަން ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.