ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ޑރ.މުއުތަސިމް އަދުނާން "ކޭލި" އިފްތިތާހް ކޮށްދެއްވުން-- ފޮޓޯ: ޖޭއެސްސީ
ހަބަރު
02 Mar 2024 | 13:09
ޝަރީއަތްތަކުގައި ދައްކާ ވާހަކަ އޮޓޯއިން ލިޔެވޭ ސްފޮޓްވެއަރ "ކޭލި" ތައާރަފްކޮށްފި

ޝަރީއަތްތަކުގައި ދިވެހިބަހުން ދައްކާ ވާހަކަ އޮޓޯއިން ތާނައިން ލިޔެވޭ ސޮފްޓްވެއާ، "ކޭލި" މިއަދު އިފްތިތާހްކޮށްފިއެވެ.

މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި މި ސޮފްޓްވެއަރ އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ޑރ.މުއުތަސިމް އަދުނާނެވެ. މިއީ ޝަރުއީ ދާއިރާގެ އިތުރުންވެސް މަޖިލީހާއި އެކިއެކި މުއައްސަސާތަކުން ޔައުމިއްޔާތައް ލިއުމާއި، މަޖިލީހުގެ ކޮމިޓީތަކުގައި ދެކެވޭ ވާހަކަތައް ލިއުމާއި، އިދާރާތަކުން ކުރާ ތަހުގީގުތައް ވަގުތުން ލިއުމަށް ބޭނުންކުރެވޭނެ ގޮތަށް ފަރުމާ ކޮށްފައިވާ ސޮފްޓްވެއަރއެކެވެ.

މި ސޮފްޓްވެއަރގެ އެހީގައި ރެކޯޑިންގތައް އަޕްލޯޑް ކުރުމަށްފަހު، ތާނަ އަކުރަށް ބަދަލު ކުރުމުގެ އިތުރުން، ލައިވްކޮށް ދެކެވޭ ވާހަކަތައްވެސް ދިވެހި ބަހުގެ އަކުރަށް ވަގުތުން ބަދަލުކުރެވޭނެއެވެ.

މި ސޮފްޓްވެއަރ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ، މިއީ ޖުޑީޝަރީއަށް އެތައް ފައިދާތަކެއް ވާނެ މަސައްކަތެއްކަމަށާއި، މި ޕްރޮގްރާމް ބޭނުން ކުރުމުން ޝަރީއަތްތަކާ ގުޅުންހުރި މަސައްކަތްތަކުން އެތައް ވަގުތެއް އަވަސްވެގެންދާނެ ކަމަށެވެ. އަދި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު އޮންނަ މުއްދަތުގައި ފޯރުކޮށްދިނުމަށް ވެސް މިސޮފްޓްވެއަރ އެހީއަކަށް ވެގެންދާނެކަން އުއްތަމަފަނޑިޔާރު ފާހަގަކުރެއްވިއެވެ. 90 އިންސައްތަ އެކިއުރޭޓް މި ސޮފްޓްވެއަރ، ކުރިއަށް އޮތް ދުވަސްތަކުގައި ބޭނުންހިފާވަރަކަށް އިތުރަށް ތަރައްގީކުރެވެމުން ދާނެކަމަށް ވެސް ވިދާޅުވިއެވެ.

"އެތައް ގަޑިއިރެއްގެ ރެކޯޑިންގ ލިއުމަކީ އެއީ ކުޑަކަމެއް ނޫން، ވަރަށްވެސް ބޮޑު ކަމެއް އެއީ، އަދި އެކަމުގަ ވަރަށް ގިނަ ބައެއްގެ ވަރަށް ގިނަ ވަގުތުތަކެއް ހޭދަވެގެންދޭ، މިކަމަށް އިރާދަކުރެއްވިއްޔާ މި ސޮފްޓްވެއަރގެ ތެރެއިން ހައްލުތަކެއް ލިބި، އަވަސްކޮށް މައްސަލަތައް ނިންމުމުގަ ކުރިއެރުންތަކެއް ލިބޭނެ."

އުއްތަމަފަނޑިޔާރު ޑރ.މުއުތަސިމް އަދުނާނު ވިދާޅުވިއެވެ.

މީގެ ކުރިން 30 މިނެޓްގެ ބަޔާނެއް ޓައިޕްކުރުމަށް 2 ގަޑިއިރު ހޭދަވި ނަމަވެސް މި ސޮފްޓްވެއަރ މެދުވެރިކޮށް 30 މިނިޓް ގެ ބަޔާންތައް ޓައިޕްކުރުމަށް ހޭދަވާނީ ގިނަވެގެން 3 މިނެޓެވެ.

ދިވެހި ޑިވެލޮޕަރުންގެ ޓީމެއްކަމަށްވާ "އިންޓެލިއަރ"އިން ތައްޔާރުކުރި ސޮފްޓްވެއަރ އަކީ  ކޯޓުތަކާއި ސޮފްޓްވެއަރ ބޭނުންކުރާ އެންމެންނަށްވެސް ލުއިފަސޭހަވެގެންދާނެ ކަމެއްކަން ފާހަގަކުރައްވާ އުއްތަމަފަނޑިޔާރު ވަނީ ރާއްޖޭގައިވެސް އެފަދަ ހުނަރުވެެރި، އައިޓީ ދާއިރާގެ މަސައްކަތްތެރި ފަރާތްތައް ތިބިކަމަށް ވިދާޅުވެ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.