ރައީސް ޑރ.މުހައްމަދު މުއިއްޒު ރ.މީދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން-- ފޮޓޯ: ވޮއިސް
ހަބަރު
03 Mar 2024 | 07:03
ރާއްޖޭގެ މި ސަރަހައްދު ބެލެހެއްޓޭނެ ނިޒާމް މި މަސް ތެރޭގައި ގާއިމް ކުރާނަން: ރައީސް ޑރ.މުއިއްޒު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ނިޒާމް މި މަސް ތެރޭގައި ގާއިމް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ އަތޮޅު ތެރެއަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ.މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މަސްވެރިކަން ފުޅާ ކުރެވެން އޮތް ނުވަ ލައްކަ އަކަ ކިލޯ މީޓަރުގެ ސަރަހައްދު އެއީ ރާއްޖޭގެ ބައެއް ކަމަށެވެ.

ރާއްޖޭގެ 99 އިންސައްތަ ކަމަށްވާ ކަނޑުގެ ބޮޑު ބައެއް ނުބެލެއްޓޭ ކަަމަށާއި ޒަމާނުއްސުރެ އެއީ ކެޕޭސިޓީ އޮތް ވަރު ކަމަށް ވިދާޅުވެ ރައީސް ޑރ.މުއިއްޒު ވަނީ މި ބޮޑު ސަރަހައްދުން އެހެން ބަޔަކު ވަދެ ބޭނުމެއް ކުރާނެ ކަމެއް ނެތް ކަަމަށާއި، ނުރައްކަލެއް އަޔަސް އެހެން ބައެއްގެ އެހީތެރިކަން ހޯދައިގެން ނޫނީ ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަން ފާހަގަކުރައްވާފައެވެ.

އެހެން ނަަމަވެސް މި މަސް ތެރޭގައި 24 ގަޑިއިރު ތެރޭ ހުއްޓުމެއް ނެތި ރާއްޖޭގެ މި ސަރަހައްދު ބެލެހެއްޓޭނެ ނިޒާމް ހަމަޖެހިގެންދާނެ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

"އެހެންވީމަ ހަގީގީ އަމިއްލަ ފައިމައްޗަށް ތެެދުވެވުމެއް ނެތް މިހާ ތަނަކަށް ކުރެވިފައެއް އަޅުގަނޑުމެންނަކަށް، ހަގީގީ މިނިވަން ކަމެއް ނެތް، އަޅުގަނޑުމެންގެ %98 ނުބެލެހެއްޓޭ، އިރާދަކުރެއްވިއްޔާ މި މާރިޗް މަސް ތެރޭގައި އަޅުގަނޑުމެންނަށް އެ މަސައްކަތެއް ފެށޭނެ، 24 ގަޑިއިރު ތެރޭ ހުއްޓުމެއް ނެތި ރާއްޖޭގެ މި ސަރަހައްދު ބެލެހެއްޓޭނެ ނިޒާމް މި މަސް ތެރޭގައި ގާއިމް ކުރާނަން،"

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވީ ގައުމު އޮތީ ސަލާމަތްތެރިކަމާއި މިނިވަންކަންމަތީގައި، އަމިއްލަ ފައިމައްޗަށް ތެދުވެފައިވަކަން ޔަގީންވެގެން އެ ލިބޭ އިހުސާސްގެ މުއްސަނދިކަމަކީ އެމަނިކުފާނު މި ގައުމު ގެންދަން ބޭނުންވާ އަމާޒު ކަމަށެވެ. އަދި އެ މަގުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އިގްތިސާދީ ތަރައްގީ ހާސިލް ކުރުމަށްޓަކައި ކުރަން ޖެހުނު ހުރިހާ ކަމެއް ކުރުމަށް އިސްކަން ދެއްވާނެ ކަަމަށް ވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ ކުރިން ނ.މަނަދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންވެސް ރައީސް ޑރ.މުއިއްޒު ވަނީ ހުއްޓުމެއް ނެތި، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓޭނެ ގާބިލުކަން ގާއިމު ކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށް ވިދާޅުވެފައި ކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.