އިންސްޕެކްޝަނުގެ ތެރެއިން ބެލި ބައެއް ތަންތަން: ފޮޓޯ-- މާލެ ސިޓީ ކައުންސިލް
ހަބަރު
03 Mar 2024 | 16:16
މާލޭގައި ސާފުތާހިރުކަން ކުޑަ ތަންތަނުގައި ކާބޯތަކެތި އުފައްދާ އެތައް ތަނެއް ފާހަގަކުރެވިފައިވޭ: ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގުޅިގެން ކުރިއަށް ގެންދިޔަ, މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލާ ފާސްކުރުމުގެ ހަރަކާތުގެ ތެރެއިން ސާފުތާހިރުކަން ކުޑަ ތަންތަނުގައި ކާބޯތަކެތި އުފައްދާ އެތައް ތަނެއް ފާހަގަކުރެވިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މިދިޔަ މަހު 18 އިން އިއްޔެގެ ނިޔަލަށް ކުރިއަށް ދިޔަ މި ހަރަކާތާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ  މާލެ، ހުޅުމާލެ، ވިލިމާލެ، ހުޅުލެ، ތިލަފުށި، ގުޅީފަޅު އަދި ކްރޮސްރޯޑްގައި ހުރި ކާބޯތަކެތި ހަދާތަންތަން އިންސްޕެކްޓް ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން ހުޅުމާލެ އިންސްޕެކްޓް ކުރެވިފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އާއި އެޗްޕީއޭ ގުޅިގެން ކަމަށާއި ވިލިމާލޭގައި ހުރި އައުޓްލެޓްސްތަށް މަދުވުމުން ވިލިމާލެ އިންސްޕެކްޓް ކޮށްފައިވަނީ އެޗްޕީއޭގެ މުއައްޒަފުން އަމިއްލަ އަށް ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

މާލެ 8 ޒޯނަކަށް ބަހާލައިގެން ކުރިއަށް ދިޔަ މި އިންސްޕެކްޝަންގައި މި ޒޯނުތަކުގައި 8 ޓީމެއް އެކްޓިވްކޮށް ހަރަކާތްތެރިވެ މުޅިމާލޭގައި ހުރި ކާބޯތަކެތި ހަދާތަންތަން ބަލާފާސްކޮށްފައިވާއިރު، މާލޭގައި ހުރި ކާބޯތަކެތި ހަދާ ތަންތަނުގެ ތެރެއިން ސާފުތާހިރުކަން ކުޑަ ތަންތަން ގިނަ އަދަދަކަށް ފާހަގަކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް މި އިންސްޕެކްޝަން ގެ ތެރެއިން، ބިދޭސީން ހުއްދަނުނަގާ ގަވާއިދާއި ޚިލާފަށް ހިންގާ ތަންތަންވެސް ފާހަގަކުރެވިފައިވާ ކަމަށާއި، މިފަދަ ތަންތަނުގެ މައުލޫމާތު ނަގާ، އެތަންތަނާމެދު ފިޔަވަޅު އެޅުމަށް އެޗްޕީއޭ އިން ނިންމާފައިވާކަމަށް ވެސް މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ވެއެވެ.

މިއީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ސާފުތާހިރު ކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރުއަޅައި، ރައްކާތެރި ގޮތުގައި ޚިދުމަތް ދިނުމަށް ބާރުވެރިކޮށް އަހުލުވެރި ކުރުމުގެ މަގްސަދުގައި، މިއަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން އެޗްޕީއޭ އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ކޮމެންޓް
ޚައްޖަ
ތިހެން ތަންތަނަށް ވަދެ ބަލާނަމަ ދޯ ރޯދަ އެލަވަންސް ހަމަޔަށް ދިންތޯވެސް
03 Mar 2024
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.