ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ވޮއިސް
ހަބަރު
03 Mar 2024 | 17:02
ރޯދައިގެ ކުރިން މަސްވެރިންގެ ފައިސާ ދިނުމަށް މަސައްކަތްޕުޅު ކުރައްވާކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެ

މަސްވެރިންނަށް ސަރުކާރުން ދޫކުރަންޖެހޭ ފައިސާގެ ތެރެއިން ބާކީ ނުދެވި ހުރި ފައިސާ، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ދިނުމަށް މަސައްކަތްޕުޅު ކުރައްވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ.

ރ.ދުވާފަރު ރައްޔިތުންނާއި ބައްދަލުކުރައްވާ، ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ފިޝަރީޒް މިނިސްޓްރީ އާއި ސަރުކާރުގެ ބޮޑު ކުންފުންޏެއް އެކީގައި މަސައްކަތްކޮށްގެން، މަސްވެރިންގެ ފައިސާ ހަމަޖައްސަމުން އަންނަ ކަމަށެވެ.

"ރޯދަ މަސް އަންނަންވާ އިރަށް މި ބަލަނީ ކޮންމެވެސް ފައިނޭންސް މެކޭނިޒަމެއް ހަމަޖައްސަން. އެ މަސައްކަތް އެބަކުރަން މިހާރު. ފިޝަރީޒް މިނިސްޓްރީ އާއި ސަރުކާރުގެ ބޮޑު ކުންފުންޏެއް އެކީގައި މަސައްކަތްކޮށްގެން، ގާނޫނީ އުސޫލުތަކުގެ ތެރެއިން އަޅުގަނޑު މި ބަލަނީ ފައިސާ ހަމަޖައްސަން."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކުރުމަށްފަހު ދެން އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ފަދައިން 48 ގަޑި އިރު ތެރޭގައި، މަސްވެރިން ބާނާ މަހަށް ފައިސާ ދޫކުރާނެ ކަމަށާއި، މިހާތަނަށް އެކަން ހާސިލުވެފައި ނުވަނީ، އަދިވެސް ބެކް ލޮގްގައި އުޅެން ޖެހޭތީ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރު މިހާތަނަށް މަސްވެރިންނަށް 600 މިލިއަނެއްހާ ރުފިޔާ ދީފައިވާ ކަމަށާއި، މި ސަރުކާރު ވެރިކަމާއި ހަވާލުވިި އިރު މަސްވެރިންނަށް ނުދީ އޮތް 230 މިލިއަން ރުފިޔާ މި ސަރުކާރުން ދީ އޭގެ އިތުރުން ވެސް 400 މިލިއަން ރުފިޔާ މިހާތަނަށް މަސްވެރިންނަށް ދީފައިވާނެ ކަމަށެވެ. 

ސަރުކާރު މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާގެ ތެރެއިން، މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން، މިދިޔަ މަހުގެ 26 އާއި ހިސާބަށް  މިހާތަނަށް ޖުމްލަ 561 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރެވިފައިވާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވެސް ވަނީ ހާމަކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.