ޕާކިސްތާނުގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް-- ފޮޓޯ: ޓާސް
ދުނިޔެ
04 Mar 2024 | 13:47
ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމަށް ޝެހެބާޒް ޝަރީފް އައްޔަނުކޮށްފި

ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމުގެ ދެވަނަ ދައުރަކަށް، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ކުރީގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް އައްޔަނުކުރައްވައިފިއެވެ.

މި މަގާމް ޝެހެބާޒް އަށް އަލުން ލިބިވަޑައިގަތީ، މިދިޔަ މަހުގެ 8 ގައި ބޭއްވި އާންމު އިންތިހާބުގައި އޭނަ ނިސްބަތްވާ ޕާކިސްތާން މުސްލިމު ލީގް-ނަވާޒް (ޕީއެމްއެލްއެން) އާއި ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އިން މަޝްވަރާކޮށް، ކޯލިޝަން ސަރުކާރެއް އެކުލަވައިލަން ނިންމި ނިންމުމާއި ގުޅިގެންނެވެ.

ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމުގެ ހުވާ ޝެހެބާޒް މިއަދު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ގެ މެންދުރު ގެ ވަގުތެއްގައި، އެގައުމުގެ ރިޔާސީގަނޑުވަރުގައި އެވެ.

ޕާކިސްތާނުގައި ސަރުކާރެއް އެކުލަވައިލުމަށް ޓަކައި 266 މެންބަރުން ހިމެނޭ ގާނޫނު ހަދާ މަޖިލީހުގެ 133 ގޮނޑި ޕާޓީއަކަށް ލިބެންޖެހެއެވެ. ޕާކިސްތާނުގެ ގައުމީ އިންތިހާބުގައި ޕީއެމްއެލްއެން އިން 73 ގޮނޑި ކާމިޔާބުކުރި އިރު، ޕީޕީޕީ އިން 54 ގޮނޑި ކާމިޔާބުކުރިއެވެ. މި އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން އަށް ތާއީދު ކުރެއްވި އަމިއްލަ ކެންޑިޑޭޓުންނެވެ. އެގޮތުން، ޕާޓީ އަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނެތުމުން އެ ޕާޓީގެ މެންބަރުންތަކެއް ވަނީ އަމިއްލަ ގޮތުން ވާދަކުރައްވައި 102 ގޮނޑި ކާމިޔާބު ކުރައްވާފައެވެ.

ޝެހެބާޒް ޝަރީފް އަކީ ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފުގެ ކޮއްކޯފުޅެވެ. އެބޭފުޅާ ޕާކިސްތާނުގެ ބޮޑު ވަޒީރުކަން މީގެ ކުރިން ކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށެވެ.  އޭރު އެމަގާމަށް ޝެހެބާޒް އައްޔަނު ކުރެއްވީ، ކުރިން އެމަގާމުގައު ހުންނެވި އިމްރާން ޚާންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރުމާ ގުޅިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ