ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު-- ފޮޓޯ: އެމްޑީޕީ
ހަބަރު
04 Mar 2024 | 14:12
މި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ފެންނާނީ ވަރަށް ޚުދުމުހުތާރު ބިރުވެރި މަންޒަރުތަކެއް: ރައީސް ޞާލިހު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ފެންނާނީ ވަރަށް ޚުދުމުހުތާރު ބިރުވެރި މަންޒަރުތަކެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގައި ބ އަތޮޅަށް ވަޑައިގެން އެއަތޮޅު ދަރަވަންދޫގައި ރޭގައި އޮތް ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރީ އެއްވެސް ތަފާތު ކުރުމެއް ނެތި ކަަމަށެވެ. އެތަނެއްގައި ރައީސް ޞާލިހަށް ތާއީދު ކުރާ މެމްބަރަކު ހުއްޓަސް ނެތަސް، މެޖޯރިޓީ އޮތް ރަށަކަށް ވިޔަސް ނުވިޔަސް، ތަފާތުކަމެއް ނެތި ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވި ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

އެހެން ނަމަވެސް މިއަދު އެމަންޒަރު ނުފެންނަ ކަމަށް ބުނެ ރައީސް ޞާލިހު ވަނީ މިހާރު ގެ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އަދި މި ސަރުކާރު ހަމަމަގަށް އެޅުވުމަށް ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުން ކަމަށާއި، އެހެންނޫންނަމަ ރައީސް ޑރ.މުއިއްޒުގެ ސަރުކާރަށް މެޖޯރިޓީ ލިބުމުން ފެންނާނީ ވަރަށް އަނިޔާވެރި، ޚުދުމުހުތާރު އަދި ބިރުވެރި މަންޒަރުތަކެއް ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންނަށް މި ސަރުކާރު ހަމަމަގަށް އެޅުވުމަށް ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުން. އެހެންނޫންނަމަ މިހާރު ވެރިކަމުގައި އޮތް ސަރުކާރަށް، ރައީސް ޑރ.މުއިއްޒުގެ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ކަމަށް ވަންޏާ، އަޅުގަނޑުމެންނަށް ފެނިގެންދާނީ ވަރަށް ވަރަށް އަނިޔާވެރި، ޚުދުމުހުތާރު ބިރުވެރި މަންޒަރުތަކެއް. "

ރައީސް ޞާލިހު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޞާލިހު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ޑރ.މުއިއްޒު ވަނީ މި ސަރުކާރުން ރައްޔިތުންގެ ހެވާ ލާބައަށް ކަންކަން ކުރާނެ ގޮތް ބަޔާންކޮށް މަގުފަހި ކުރާއިރު، އެކަންކަން ބާރު ސްޕީޑުގައި ގެންދެވޭނެ ތަނަކަށް މަޖިލިސް ބަދަލުކޮށްލުމަށް ނިންމާނީ ރައްޔިތުން ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް، ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކާއި ރާއްޖޭގެ މިނިވަންކަމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް ވަރަށް މުހިންމުކަމަށް ވިދާޅުވެ، ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލިސް ސަރުކާރަށް ކާމިޔާބު ކޮށްދިނުމުގެ މުހިންމުކަން ރައީސް ޑރ.މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.