ކެއާރ ސޮސައިޓީގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން--ފޮޓޯ/ކެއާ ސޮސައިޓީ
ހަބަރު
04 Mar 2024 | 14:37
ކެއާ ސޮސައިޓީގެ 25 ވަނަ އަހަރީ އާއްމު ޖަލްސާ ބާއްވައިފި

ކެއާ ސޮސައިޓީގެ 25 ވަނަ އަހަރީ އާއްމު ޖަލްސާ މިދިޔަ ބުރާސްފަތި ދުވަހު ބާއްވައިފި އެވެ.

މި ޖަލްސާގައި ކެއާ ސޮސައިޓީގެ ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓް އޮޑިޓް ރިޕޯޓް އަދި މާލީ ބަޔާނުގެ ހުލާސާ އިއްވި އެވެ. 

އަދި ފާއިތުވި އަހަރު އެކި ގޮތްގޮތުން އެ ޖަމިއްޔާއަށް އެހީތެރި ވެދެއްވި ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ އިތުރުން ހާއްސަ ފަރާތްތަކެއްގެ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސެޓްފިކެޓް ދީފައިވެއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ކެއާ ސޮސައިޓީގެ ބޯޑުގެ އެގްޒެކްޓިވް ބޯޑްގެ ޗެއާޕާސަން، އިސްމާއިލް އަދުހަމް ވިދާޅުވީ ކެއާ ސޮސައިޓީގެ ހިދުމަތްތައް މައިގަނޑު 3 ދާއިރާއަކަށް ބަހާލެވިފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ކަމަކީ ކުދިންގެ ޅަފަތުގައި އާލީ އައިޑެންޓިފިކޭޝަން އަދި އާލީ އިންޓަވެންޝަން ފޯރުކޮށްދިނުން މިއީ ކެއާ ސޮސައިޓީއިން އެންމެ މުހިއްމު ކަމެއްދޭ ޕްރޮގްރާމް އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެންމެ އިސްކަމެއް ދެނީ މި ޕްރޮގްރާމަށް ކަމަށެވެ.

ދެވަނަ ކަމަކީ ސްކޫލް ނިންމާ ކުދިންނަށް އާމްދަނީ ހޯދޭނެ ގޮތެއް ނުވަތަ ވަޒީފާއަށް ނެރުމަށް ހިންގޭ ޕްރޮގްރާމް ހިންގުންމާއި ތެރަޕީ އަދި ރިހެބިލިޓޭޝަން ހިދުމަތުގެ މުހިއްމު ކަމާއި މި ހިދުމަތް ފެށުމަށް ކެއާ ސޮސައިޓީއިން ކުރަމުންދާ މަސައްކަތްތާއި ބެހޭ ގޮތައްކަމަށް އަދުހަމް ވިދާޅުވި އެވެ.

މި ދިޔަ އަހަރުގެ ނޮވެމްބަރު 9 ވަނަ ދުވަހު ކެއާ ސޮސައިޓީއަށް 25 އަހަރު ފުރިފައިވާތ،ީ އެކަން ކުލަގަދަކޮށް ފާހަގަ ކުރުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާކަމަށާއި މިގޮތުން 25 އަހަރުގެ ދިގު ދަތުރު އާއްމުންނާ ހިއްސާކުރުމުގެ ގޮތުން ޕްރޮގްރާމްތަކެއް ހިންގޭނެކަމަށް އަދުހަމް ފާހަގަ ކުރެއްވިއެވެ.

އަދުހަމް ވިދާޅުވީ 25 ވަނަ އަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް ވަރަށް ހާއްސަ ޖަލްސާއެއް ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ކެއާ ސޮސައިޓީގެ ހިދުމަތްތައް ދިނުމަށް މިހާރު ހުޅުމާލޭ ފޭސް 2 ގައި ދޭން ފެށުމަކީ މި ޖަމްއިއްޔާގެ ހިދުމަތްތައް މާލެ ނޫން އެހެން ސަރަހައްދުތަކުގައި ދިނުމަށް ކެއަރ ސޮސައިޓީއިން ދެކެމުންދާ ހުވަފެންތަކުގެ ފެށުންކަމަށް އަދުހަމް ވަނީ ފާހަގަކުރައްވާފައި އެވެ.

"އިރާދަ ކުރެއްވިއްޔާ ކެއާ ސޮސައިޓީ އިން މަސައްކަތް ކުރަމުން މިގެންދަނީ ހެނދުނު ކުއްޖާ ގެނެސް އަޅުގަނޑުމެންނާ ހަވާލުކުރުމަށް ފަހު މެންދުރު ފަހު ކުއްޖާ ގެއަށް ފޮނުވޭގޮތަށް ހިދުމަތް ރެވޭތ.ޯ މިހެން ރޭވިއްޖެނަމަ ކުއްޖާއަށް ބޭނުންވާ ތެރަޕ،ީ ތައުލީމު، ވޮކެޝަނަލް ޕްރޮގްރާމް އަދި ޑޭ ކެއާ ގެ ހިދުމަތް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ. މިއީ ބެލެނިވެރިންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމެއް" އަދުހަމް ވިދާޅުވި އެވެ.

އަދި މި ފެށުމާއި އެކު އިތުރު ސަރަހައްދުތަކުގެ މި ހިދުމަތް ފުޅާކުރުމަށް ކެއާ ސޮސައިޓީއިން މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް އަދުހަމް ވިދާޅުވި އެވެ.

އަދުހަމް ވިދާޅުވީ އެކު އެއް ފުރާޅެއްގެ ދަށުން ތަފާތު ހިދުމަތްތައް ލިބޭނެ ގޮތަކަށް މަރުކަޒެއް ހެދުމުގެ ކޮންސެޕްޓް (ޑްރީމް ޕްރޮޖެކްޓް) ކުރިއަށް ދާކަންމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.