"ކްރިއޭޓާ ހަބް" ގެ ބިންގައި އެޅުމުގެ ރަސްމިއްޔާތު-- ފޮޓޯ: ބީސީސީ
ހަބަރު
05 Mar 2024 | 06:53
ބީސީސީ އިން ގާއިމްކުރާ ކްރިއޭޓަރ ހަބްގެ މަސައްކަތް ފަށައިފި

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ގާއިމްކުރާ ކްރިއޭޓަރ ހަބްގެ މަސައްކަތް ފަށައިފިއެވެ.

ކްރިއޭޓަރ ހަބަކީ ދިވެހިރާއްޖޭގައި ފަންނުވެރި އިޤްތިޞާދެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ މުހިންމު މަސައްކަތްޕުޅެކެވެ.

ރޭ ސަލްޓަން ޕަރކްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސައީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީސީސީ ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ސާމިހް އާދަމް ވިދާޅުވީ އާމްދަނީ ހޯދުމުގެ ނިޔަތުގައި އަމިއްލަ މަސައްކަތް ކުރާ ފަންނުވެރި ފަރާތްތައް ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން، މިފަދަ އިގްތިސާދަކަށް މަގުފަހި ކުރުމުގެ ބޭނުން ރާއްޖެއަށް ނުހަނު ބޮޑު ކަން ފާހަގަކުރައްވާ ސާމިހް ވިދާޅުވީ، މިފަދަ ހަބެއް ވުޖޫދު ވުމާއިއެކު ފަންނީ އަދި އީޖާދީ އުފެއްދުންތެރިކަން އިތުރުވެ މިފަދަ އުފެއްދުން ތަކަށް ގައުމީ އަދި ބައިނަލްއަގްވާމީ ގޮތުން ބާޒާރު ލިބި އެކްސްޕޯޓް ކުރުމުގެ މަގު ތަނަވަސްވެގެން ދާނެކަމަށެވެ.

"ތިޔަ ފަންނުވެރިންނަށް އަޅުގަނޑު ދޭން ބޭނުންވާ ޔަގީން ކަމަކީ މި އިމާރާތުގެ ސަބަބުން ތިޔަ ބޭފުޅުން ތި މަސައްކަތް ކުރައްވާ އެކި ފަންނުވެރި ސިނާޔަތްތަކަށް ވިޔަފާރީގައި ގިނަ އެތައް ފުރުސަތުތަކެއް ފަހިވެގެން ދާނެކަން. މިހަބްގެ ތެރެއިން ތިބޭފުޅުންގެ މަސައްކަތް ތަކަށް ލުއިފަސޭހަކަން ލިބިގެންދާނެ."

ސާމިހް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ބީސީސީން ބުނީ، އެގާރަ ފަންގިފިލާއަށް އިމާރާތްކުރާ، ކްރިއޭޓަރ ހަބް އާއި އެކު ފަންނުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހައިން މަސައްކަތް ކުރެވޭނެ މަސައްކަތު ޖާގަތަކާއި ފަންނުވެރިން މަސައްކަތްތައް ކުރިއެރުވުމަށް ބޭނުންވާ ގިނަ ވަސީލަތްތައް ފަހިވެގެންދާނެ ކަމަށެވެ. އަދި މި މަސައްކަތާއެކު ފަންނީ އަދި އީޖާދީ މަސައްކަތްތެރިކަމުގައި އުޅޭ ފަރާތްތަކަށް މަސައްކަތްކުރެވޭނެ މާހައުލެއް ޒަމާނީ ވަސީލަތްތަކާއި އާލާތްތަކާއި އެކު ގާއިމްކުރެވޭނެ ކަމަށް ވެސް ބީސީސީ އިން މައުލޫމާތު ދެއެވެ.

ބީސީސީން ކްރިއޭޓަރ ހަބް ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަސައްކަތް ފެޑޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ، ނިމިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ކްރިއޭޓަރ ހަބް ގެ ގޮތުގައި 1500 އަކަފޫޓުގެ ޖާގައެއްގައި ޤާއިމުކުރުމަށް ނިންމައި، މި މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން 400 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި ހަބް ހުޅުވުމަށް ހަމަޖެހިފައވަނީ 2025 ވަނަ އަހަރުގެ މެދުތެރޭގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.