އީސީ ގެ ރައީސް ފުއާދު-- ފޮޓޯ: މަޖިލިސް
ހަބަރު
05 Mar 2024 | 09:04
އެމްޑީޕީ ސަރުކާރުން އިންސާފުވެރިވާނެ ކަމަށް ވަރަށް އުންމީދު ކުރިން: ފުއާދު

އެމްޑީޕީގެ ސަރުކާރު ވަރަށް އިންސާފުވެރިވާނެ ކަމަށް އުންމީދު ކުރެއްވި ނަމަވެސް، އެއްލާނުލާ ސަލާމަތްވީ "ކިރިޔަކިރިޔާ" ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި މަޖިލިސް ކޮމިޓީގައި މިފަދައިން ފުއާދު ވިދާޅުވީ، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރު އަދި ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންވަނީ އާޒިމް ވިދާޅުވީ، ރޯދަ މަހު މަޖިލިސް އިންތިހާބުު ނުބޭއްވުމަށް ޕާޓީތަކުން އެދެމުން ދަނިކޮށް ވެސް ކޮމިޝަނުން އޭރު އެހެން ނިންމީ ސަރުކާރުން ބޭނުންވި ގޮތަށް ރޯދަ މަހު އިންތިހާބު ބޭއްވުމަށެވެ. އަދި އީސީ ހިމެނޭ ގޮތަށް މިނިވަން މުއައްސަސާތަަކުގެ އަމަލުތައް ހުންނަނީ، ކޮންމެ ސަރުކާރެއްގައި ވެސް އެ ސަރުކާރު ބޭނުންވީމަ، އެ ބޭނުންވާ ގޮތަށް ކަންތައް ކުރަން ކަމަށާއި މި ސަރުކާރު ވެރިކަމަށް އައުމުން ވެސް އީސީން އަމަލު ކުރަނީ އެގޮތަށް ކަމަށް ވިދާޅުވެ އާޒިމް ވަނީ އީސީ އަށް ފާޑުކިޔުންތައް އަމާޒުކުރައްވާފައެވެ.

މިވާހަކަތަކާއި ގުޅިގެން ފުއާދު ވިދާޅުވީ، އެއީ ވަރަށް ރަނގަޅު ވާހަކަތަކެއް ކަމަށާއި އަދި އެ ވާހަކަތަކަށް އޭނާ ވެސް އެއްބަސްވާކަމަށެވެ. އެގޮތުން މީގެ 2014 ވަނަ އަހަރު އޭރު ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި، އޭރު ސުޕްރީމް ކޯޓުގެ 'ހުރުމަތް ކެނޑީކަމަށް ނިންމައި އޭނާގެ މައްޗަށް ކުރި އަމުރަކީ، އެ ސަރުކާރުގައި އައި ބައެއް ކަންކަމަށް 'ބޯނުލެނބީމާ' ނެރުނު އަމުރެއް ކަމަށް ފުއާދު ވިދާޅުވިއެވެ. ނަމަވެސް އޭރު އާޒިމް ވެސް ހިމެނި ވަޑައިންގަންނަވާ ފަދައިން، އެފަހަރު އެމްޑީޕީގެ ހުރިހާ ބޭފުޅުންގެ ވެސް ތާއީދާއި އެހީތެރިކަމާއި ހިތްވަރު ލިބުނު ކަން ފުއާދު ފާހަގަކުރެއްވިއެވެ.

"ބަސްނާހައިފިއްޔާ ޖަލަށް ވެސް ލާ ގޮތަށް، ބަސްއަހައިފިއްޔާ އެއް އަހަރު ދުވަހުގެ ތެރޭގައި ހުރެވޭ ގޮޮތަށް ހެއްދެވީ. ދެން ބަސްނޭހިދާނެތީ، އަޅުގަނޑު ފުރައިގެން ރާއްޖެއިން ބޭރަށް އެފަހަރު ދިޔައީ،" 

ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، އޭރު އީސީ ގެ ރައީސް ކަމުން އޭނާ ވަކިކުރުމަށް އީސީ ގެ ތެރެއިން މަސައްކަތް ކުރި ތިން މެމްބަރުންގެ ފަހަތުގައި ތިބީ އެމްޑީޕީ ކަމަށެވެ. މިނިވަން މުއައްއަސާއެއްގައި ހުންނަވާއިރު، އެއްވެސް ޕާޓީއެއްގައި ނުހުރެވުނު ނަމަވެސް، އެމްޑީޕީ އަކީ ފުއާދުގެ އެއްބައި ކަމަށް ދެކޭ ޕާޓީ އެއް ކަމަށާއި، އެތެރެހަށި ކޮނެލާފިއްޔާ އެމްޑީޕީ ނޫން އެހެން އެއްޗެއް ނުފެންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގޭ މިއީ ރިކޯޑް ކުރެވެމުންދާ އެއްޗެއްކަން، ޖެހިލުމެއްވެސް ނުވޭ މިހަވާހަކަ ދަންނަވަން. އަޅުގަނޑަށް ކިތަންމެ ގޮތަކުން އެނގިފައިވީ، އޭރު އަޅުގަނޑު ބޭރުކޮށްލަންވެގެން، އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުން އެއްލާލަންވެގެން އެ މަސައްކަތް ކުރެއްވި ތިން މެންބަރުންގެ ފަހަތުގައި ތިއްބެވީ އެމްޑީޕީން. އެމްޑީޕީއަކީ އެއީ އަޅުގަނޑުގެ އެއްބައި ގޮތަށް ދެކޭ ޕާޓީއެއް. ދެން މިވަގުތު މިނިވަން މުއައަސާއެއްގައި ހުންނައިރު، އަޅުގަނޑަށް އެއްވެސް ޕާޓީއަކަށް ނުއެއް ހުރެވޭނެ. އެކަމަކު އަޅުގަނޑުގެ އެކަލަހެން އެތެރެހަށި ކޮނެލާފިއްޔާ، ހަމަ އަޅުގަނޑަށް ހީވަނީ އެހެން އެއްޗެއް ނުފެންނާނެހެން"

ފުއާދު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ފުއާދު ވިދާޅުވީ، އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއާއި އަދި އެހެން ޕާޓިއެއްވެސް ތަފާތެއް ނެތް ކަމަށާއި ޑިމޮކްރެޓްސް އާއި އެމްޑީޕީގައިވެސް ތިބީ، އެއް ވިސްނުމެއްގައި އުޅުނު، އެކީގައި މަސައްކަތްކުރައްވާފައި ބޭފުޅުން ކަަމަށެވެ. އެހެންކަމުން، އެމްޑީޕީ ވެރިކަމަށް އައުމާއި އެކު 2018 ވަނަ އަހަރު ގާނޫނާއި ގަވައިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށް ދަންނަވައި، ސުޕްރީމް ކޯޓުގެ އަމުރުން ވަޒީފާއިން ވަކިވެފައިވުމުން، އެ މުއްދަތުގެ މުސާރަ ދެއްވުމަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް ދެންނެވި ކަމަށެވެ. އެހެންނަމަވެސް ފުއާދު އެދިލެއްވި ގޮތަށް އެކަންތައް ހަމަޖައްސަވަން ފެނިވަޑައިނުގަންނަވާ ކަމަށް 2019 ވަނަ އަހަރު ރައީސް އޮފީހުން ލިޔުމުން އޭނާ އަށް ޖަވާބު ދެއްވި ކަމަށް ވެސް ވިދާޅުވިއެވެ.

ފުއާދުގެ ވާހަކަފުޅުގައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީން ވަކިވެވަޑައިގެން އުފައްދަވަން މަސައްކަތް ކުރެއްވި 'ދަ ޑިމޮކްރެޓްސް' ޕާޓީ އުފެއްދުމުގައި އުޅުއްވަނިކޮށް ވެސް ކޮމިޝަންގެ މެންބަރުންގެ ތެރޭގައި ދިމާވި ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި، އޭނާ އީސީ ގެ ރައީސް ކަމުން ވަކިކުރަން އުޅުނުކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.