"ފުރޭތަ" ފިލްމް ގެ ޕޯސްޓަރެއް--
ހަބަރު
05 Mar 2024 | 12:08
ދިވެހި މުޖުތަމައުގައި ހުރި ނޭދެވޭ އާދަކާދަތަކާއި އެކު "ފުރޭތަ" އޮލިމްޕަހަށް

ކަމުދާ އެތައް ފިލްމެއް މިހާތަނަށް ގެނެސްދީފައިވާ ޑާކްރެއިން އެންޓަޓެއިންމަންޓުން ބެލުންތެރިންގެ އިންތިޒާރު ނިމުމަކަށް ގެނެސް، "ފުރޭތަ" އޮލިމްޕަސް ސިނަމާގައި އަޅުވައިފިއެވެ.

ދިވެހި ފިލްމީ ފަންނާނުންގެ ތެރޭގައި މިވަގުތުހުރި އެންމެކުޅަދާނަ އެއް ބަތަލު ކަމުގައިވާ ޝަރަފް އަބްދުﷲ (ޝަރައްޕެ) ގެ ކުޅަދާނަ އެކްޓިން ފެނިގެންދާ މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލާފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ. ޝަރަފް ގެ އިތުރުންވެސް މި ފިލްމުން ފެނިގެންދާ  ރަވީ ފާރޫގް، މުހައްމަދު މަނިކު، އައިޝަތު އަސީލާ، ހަމްދާން ފާރޫގް، މުހައްމަދު ރިފްޝާންގެ އިތުރުން އަލީ ނަދީހު ފަދަ ތަރިން ވެސް ދައްކުވައިދީފައިވަނީ ތައުރީފް ހައްގުވާވަރުގެ އެކްޓިން އެކެވެ.

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށް މޮގާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އަހްމަދު ތޮލާލެވެ. ފިލްމުގެ ފައިޓް ކޮރިއޯގްރަފަރަކީ ކުޅަދާނަ އެކްޓަރު ރަވީ ފާރޫގެވެ.

ފިލްމުގެ ނަމުން ފަހުމު ވެގެންދާ ބިރުވެރި މާނަ އާއި ޚިލާފަށް، ޑާކްރެއިންގެ މިއަހަރުގެ ފުރަތަމަ ފީޗަރ ފިލްމު "ފުރޭތަ" އަމާޒުކޮށްފައިވަނީ ދިވެހި މުޖަތަމައުގައި ހުރި ވަރަށް ނޭދެވޭ އަދި ނައްތައިލުމަށް ކޮންމެ ފަރުދަކު ވެސް މަސައްކަތް ކުރަންޖެހޭ ކަމެއްގެ މައްޗަށެވެ.

 މި ފިލްމު ޕްރިމިއަރ ކުރުމަށް ބޭއްވި ހާއްސަ ޝޯވ ފެށުމުގެ ކުރިން ފިލްމުގެ ސްކްރީން ރައިޓަރު އަހްމަދު ތޮލާލު ވިދާޅުވީ، ނަން ކިތަންމެ ބިރުވެރި ވިޔަސް ފިލްމު ބިނާކޮށްފައިވަނީ ބަދަލުހިފުމުގެ ވާހަކަ އަކަށް ކަމަށެވެ. ފިލްމުގެ ސަސްޕެންސް ގެއްލުވާލަން ބޭނުންނުވާކަމަށާއި މިއީ މައިންބަފައިންގެ ފަރާތުން ލިބެންވާ އަޅައިލުމާއި ލޯތްބާއި އެހީތެރިކަން ނުލިބުމުގެ ސަބަބުން ދަރީން މަގުއޮޅި، ނުރަނގަޅު އާދަތަަކަށް ހުށަހެޅޭކަން ދައްކުވައިދޭ ފިލްމެއް ކަމަށް ވެސް ތޮލާލް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް މި ފިލްމުން ޢަދުލު އިންސާފު ގާއިމުކުރުމުގައި ހުރި 'ލޫޕް ހޯލް' ތަކުގެ ސަބަބުން އިންސާފު ލިބެންޖެހޭ ފަރާތަށް އިންސާފު ނުލިބުމުގެ ސަބަބުން މުޖުތަމައުގައި ކަން ހިނގާގޮތް ވެސް ވަރަށް ފުރިހަމަ އަށް ދައްކައިދީފައިވާ ކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިހާރު އޮލިމްޕަހުގައި އަޅުވާފައި ހުރި މި ފިލްމް ގެ ޓިކެޓް، ޓިކެޓް ކައުންޓަރުން ލިބޭނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.