ރައީސް ޑރ.މުއިއްޒު 3 އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަތުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
05 Mar 2024 | 13:13
ދ، މ އަދި ވ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ.މުއިއްޒު ފުރާވަޑައިގެންފި

ދ، މ އަދި ވ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފުރާވަޑައިގެންފިއެވެ.

ރައީސް ޑރ.މުއިއްޒު ގެ މި ދަތުރުފުޅުގައި މި 3 އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، 3 އަތޮޅުގެ ކައުންސިލާއި، އަދި އެ އަތޮޅުތަކުގައި ހިމެނޭ ގިނަ ރަށްތަކެއްގެ ކައުންސިލްގެ އިތުރުން އ.ތ.މ. ކޮމިޓީތަކާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. 

އަތޮޅު ތެރެއަށް ރައީސް ޑރ.މުއިއްޒު ކުރައްވާ މިދަތުރުފުޅުތަކަކީ، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ހާލުއަހުވާލު ބެއްލެވުމަށް ކުރައްވާ ދަތުރުފުޅުތަކެކެވެ. މި ދަތުރުފުޅުތަކުގައި ރައީސް ޑރ.މުއިއްޒު، ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނޭ ގޮތާއިމެދުވެސް މަޝްވަރާ ކުރައްވާފައިވާއިރު، އެމަނިކުފާނު ދަނީ ރައްޔިތުން އެދޭ ކަންތައްތައް އޮޅުންފިލުއްވަމުންނެވެ. މި ދަތުރުތަކުގައި މިހާތަނަށް 121 ކައުންސިލަކާއި ރައީސް ޑރ.މުއިއްޒު ވަނީ ބައްދަލުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މި ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުމަކީ އަމާޒެއް ކަމަށް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ
04 Jul 2026
ޕެނަމާ ކެނަލް ކޮންޓްރޯލްކުރުމުގެ ފުރުސަތު ޗައިނާއަށް ނުދޭނަން: ޓްރަމްޕް
ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ޕެނަމާއިން އެ ކެނަލްގެ ކޮންޓްރޯލް ނެގުމަށްފަހު، އެތަން ހުރަސްކުރާ އުޅަނދުފަހަރުން ނަގާ ފީ ހަތަރު ގުނައަށް ބޮޑުކޮށް، އޭގެއިން ބޮޑު ފައިދާއެއް ހޯދާފައިވެއެވެ
04 Jul 2026
މަންފާގެ ނަމާދު އެޕް "ބަންގި" - މުހިންމު ފީޗާސްތަކާއެކު، މިހާރު ޑައުންލޯޑްކޮށްލެވޭނެ
މީގެ އިތުރުން ހޯމް ސްކްރީނު ނަމާދު ވަގުތުތަކާއި ކުރިއަށް އޮތް ނަމާދަށް އޮތީ ބާކީ ކިހާ ވަގުތެއްކަން އަންގައިދޭނެ އެވެ
04 Jul 2026
ދަރިވަރުންގެ އަތުލިޔުން ހުތުރުވާ ސަބަބުތަކާއި، އެކަން ރަނގަޅުކުރެވިދާނެ ގޮތްތައް
އަތުލިޔުން ރީތިކުރުމަކީ ހަމައެކަނި އެކެއްގެ ޒިންމާއެއް ނޫނެވެ. ސްކޫލްތަކާއި، މުދައްރިސުންނާއި، ބެލެނިވެރިން އަދި ދަރިވަރުން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ
04 Jul 2026
ކުޅިވަރަށް ހާއްސަ ރެއެއް: "މަންފާ އެކަޑަމީ" އިފްތިތާހު ކޮށްފި
މަންފާ އެކަޑަމީ އިފްތިތާހުކުރުމުގެ ގޮތުން އެކަމަށް ހާއްސަ ވީޑިއޯއެއް ވަނީ ދައްކާލާފަ އެވެ. އޭގެ ފަހުން މަންފާ އެކަޑަމީގެ ރަސްމީ ޖާޒީ ވަނީ ކޯޗް ސުޒެއިންނަށް ހަދިޔާކޮށްފަ އެވެ.
04 Jul 2026
އުނދަގޫ މެޗަކަށްފަހު ކޭޕް ވާޑް މޮޅުވެ އާޖެންޓީނާވެސް ގަދަ 16 އަށް
މެޗު ނިމުމުން، މާޓީނޭޒް އާއި މެސީ ފަދަ އާޖެންޓީނާގެ ކުޅުންތެރިން ވަނީ މާޔޫސްވެފައި ތިބި ކޭޕް ވާޑްގެ ކުޅުންތެރިން ކައިރިއަށް ގޮސް ހިތްވަރު ދީފައެވެ
04 Jul 2026
އޮސްޓްރިއާ ބަލިކޮށް މިސްރު ގަދަ 16 އަށް
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އޮސްޓްރޭލިއާގެ ހެރީ ސޫޓާ އާއި ލޫކަސް ހެރިންގްޓަން ފޮނުވާލި ޕެނަލްޓީތައް ނާކާމިޔާބުވިއިރު، މިޞްރުން ވަނީ ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ
03 Jul 2026
ޖަމްޢިއްޔަތުއްސަލަފުން މާވަށު ކައުންސިލާއެކު ފަހުމުނާމާއެއް
ޖަމްޢިއްޔަތުއްސަލަފުން މާވަށު ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއެކޮށްފި އެވެ.