ސްކޫލް ދަރިވަރުންތަކެއް-- ފޮޓޯ: ވޮއިސް
ހަބަރު
05 Mar 2024 | 13:28
ރޯދަމަހު ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދާނީ 8:30 އިން 15:00 އާއި ދެމެދު ކަމަށް އަންގައިފި

މި ރަމަޟާން މަހު ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދާނީ ހެނދުނު 8:30 އިން މެންދުރުފަހު 15:00 އާއި ދެމެދު ކަމަށް ތައުލީމާއި ބެހޭ ވުޒާރާއިން އަންގައިފިއެވެ.

ތައުލީމާއި ބެހޭ ވުޒާރާއިން މިއަދު ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ސްކޫލްތަކުގެ ކިޔެވުން ފަށަން ޖެހޭނީ ހެނދުނު 8:30 އާއި 9:00 އަކާއި ދެމެދުކަމަށާއި، މެންދުރު 15:00 ކުރިން ކިޔެވުން ނިންމަން ޖެހޭނެ ކަމަށެވެ. ގަޑި ކަނޑައަޅާއިރު، ބެލެނިވެރިންނަށް ދަތިނުވާނޭހެން ސްކޫލް ފަށާ ގަޑި ހަމަޖެއްސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ވުޒާރާއިން ވަނީ ހުރިހާ ސްކޫލްތަކަށް އިލްތިމާސްކޮށްފައެވެ.

ދަންފަޅިތަކުގެ ދިގުމިން ބަލާ އިރު އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުންނަށް ކިޔަވައިދޭނީ 1 ގަޑިއިރާ 30 މިނެޓަށެވެ. ގްރޭޑް 1-6 އަށް 2 ގަޑިއިރާ 30 މިނެޓަށް ކިޔަވައިދޭއިރު، ގްރޭޑް 7-12 އަށް 3 ގަޑިއިރު ކިޔަވައިދޭން ވާނެ ކަމަށް ވެސް މި ސާކިއުލާގައި ވަނީ ބުނެފައެވެ.

ރޯދަ މަހު ކިޔަވައިދޭ ވަގުތު މަދުކަން ފާހަގަކޮށް އެ ވުޒާރާއިން ބުނީ އެކި މާއްދާތައް ކިޔަވައިދިނުމަށް ލިބޭ ޖުމްލަ ވަގުތަށް ބަލައި، ގަޑިއެއްގެ ދިގުމިން ވާން ޖެހޭނީ 30 މިނެޓާއި 45 މިނެޓާ ދެމެދު ކަމަށާއި ރޯދަ މަހުގެ ދެ ހަފްތާ ތެރޭ ހުރިހާ މާއްދާއެއް ކިޔަވައިދޭ ގޮތަށް ހަމަޖައްސަން ޖެހޭނެ ކަމަށެވެ. 

ކިޔަވައިދޭ ދަންފަޅިތައް ރާވާއިރު, ޓީޗަރުންގެ މަސައްކަތުގެ ގަޑި ޖުމްލަ ހަތަރު ގަޑިއިރަށްވުރެ ދިގުނުވާނެ ގޮތް ހެދުމަށާއި ހަވީރު 4:00 އިން ރޭގަނޑު 9:00 އަކާ ދެމެދު ސްކޫލްގެ އެއްވެސް ހަރަކާތެއް ނުރޭވުމަށްވެސް ސާކިއުލާގައި ވެއެވެ. ސެކަންޑަރީ އާއި ހައި ސްކޫލްގެ ދަރިވަރުންނަށް ހިންގާ ޕްރޮގްރާމްތައް ރޭގަނޑު 9:00 އަކުން 10:30 އާއި ދެމެދު ރޭވުމަށް ސްކޫލް ތަކަށް ވަނީ އަންގާފައެވެ.

މީގެ އިތުރުންވެސް، މެންދުރުފަހުގެ ދަންފަޅި ވީހާ ވެސް އަވަހަކަށް ނިންމައި ޓީޗަރުންނާއި ދަރިވަރުން ގެއަށް ދެވޭނެ ގޮތް ހެދުމަށްވެސް ތައުލީމާއި ބެހޭ ވުޒާރާއިން ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ވެއެވެ.

މި އަހަރުގެ ރޯދަ މަހުގެ ފަހު ދިހަޔަކީ ބަންދު ދުވަސްތަކެއް ކަމަށް ސަރުކާރުން ކަނޑައަޅާފައި ވާތީ، މި ރޯދަ މަހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ދެ ދިހައިގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.