ސިއްހަތާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ ޚަލީލް-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
06 Mar 2024 | 09:26
އެމްޑީޕީގެ އެއްވެސް ވެރިކަމެއްގައި ތަންތަން، މަރާމާތުކޮށް، ކުރިއަރުވަން، މަސައްކަތެއް ނުކުރޭ: ޑރ. ޚަލީލް

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އެއްވެސް ވެރިކަމެއްގައި ދައުރު ނިންމައި، ވެރިކަން ނިމިގެންދާއިރު، ދައުލަތުގެ ތަންތަނާއި، ތަކެތި އެއްވެސް ވަރަކަށް މަރާމާތު ނުކުރާ ކަމަށް ސިއްހަތާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ އަބްދުالله ޚަލީލް ވިދާޅުވެއްޖެ އެވެ. 

ރައީސުލްޖުމްހޫރިއްޔާ ދ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މީދޫ އަށް ވަޑައިގެން އެ ރަށު ރޭ މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޚަލީލް ވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެމްޑީޕީގެ މަޖިލިސް ކެންޕެއިނަށް ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ކެނދިކުޅުދޫ ހޮސްޕިޓަލާއި ގުޅިގެން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އެމަނިކުފާނަށާއި އެމްޑީޕީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

އެގޮތުން ޚަލީލް ވިދާޅުވީ، ކުރީ ސަރުކާރުން ކެނދިކުޅުދޫ ގައި ހޮސްޕިޓަލެއް އަޅަން ކޮންޓްރެކްޓަރ އަކާއި ހަވާލުކުރި ކަމަށާ، ފައިނޭންސް ވެސް ހަމަޖެއްސެވި ކަމަށް ރައީސް ޞާލިހް ވިދާޅުވި ނަމަވެސް، އެއީ އިތުރުފުޅެއް ކަމަށާ، ކޮންޓްރެކްޓް ގައި ސޮއި ކުރި ނަމަވެސް އޭރު ފައިނޭންސްގެ ކަންތައް ހަމަނުޖައްސާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިނޭންސް ހަމަޖައްސައިދިނީ މި ސަރުކާރުން ކަމަށްވެސް ޑރ. ޚަލީލް ވިދާޅުވިއެވެ. 

މިއާއެކު ޚަލީލް ވިދާޅުވީ، ފާއިތުވި ފަސް އަހަރުގައި ސިއްހީ ނިޒާމަށް އަޅާނުލެވި ހުރި ހުރުމުގެ ސަބަބުން، މުޅި ނިޒާމްވެސް ވަނީ ވީރާނާ ވެފައި ކަމަށެވެ. 

"ކޮންމެ ތަނަކަށް ވަނަސް އިވޭ އަޑަކީ ޑޮކްޓަރުން ނެތޭ، ނަރުހުންނެތޭ، ނޫނީ އެވެނި ކަމެއް މިވެނި ގޮތަށޭ ހުރީ، އެހެންވީމާ މިކަންކަން ހައްލު ކޮށްދޭށޭ. ކީއްވެތޯ ފަސް އަހަރު ނިމިގެންދާއިރު، މި ހާލަތުގައި ސިއްހީ ނިޒާމް އޮންނަންވީ. ކީއްވެގެންބާ ޑޮކްޓަރ ބަލާ ކަށިގަނޑުގައި ދަބަރު ޖަހާފައި ހުންނަންވީ، ބޭސް އަޅާ ކަތުރުގައި ދަބަރު ޖަހާފައި ހުންނަންވީ، 5 އަހަރު ނިމިގެންދާއިރު."

އެބައިމީހުން (އެމްޑީޕީ) ވެރިކަންކުރި އެއްވެސް އިރެއްގައި، ފަސް އަހަރުގެ ދައުރެއް ނިމޭ އިރުގައި، މަރާމާތަކީ، އެތަނެއް ކުރިއަރުވަން ކުރާ މަސައްކަތަކީ އެއްވެސް ގޮތަކަށް ކޮށްފައި އޮތް ކަމެއް ނޫން. ލޯންޗެއް އޮވެއްޖެއްޔާ، އެ ލޯންޗު އޮންނާނީ ފަރަށް އަރާފައި ނޫނީ އެއްގަމުގައި ބާއްވާފައި. 

ސިއްހީ ވުޒާރާގެ ވަޒީރު ޑރ ޚަލީލް

 ޚަލީލް އިތުރަށް ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރަންޖެހުނު ކަމަކީ، ރަށް ރަށުގައި ނެތް ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މިހާރުވެސް 35 ޑޮކްޓަރުން ގެނައުމުގެ މަސައްކަތް ކުރައްވަމުންދާއިރު، އޭގެ ތެރެއިން ބައެއް ޑޮކްޓަރުން މިހާރުވެސް ރާއްޖެ ވަޑައިގެންފައިވާ ކަމަށް ޚަލީލް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.