ރައީސް ޑރ.މުއިއްޒު މ.ނާލާފުށި ކައުންސިލާއި އ.ތ.މ ކޮމިޓީ އާއި ބައްދަލުކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
06 Mar 2024 | 16:01
ނާލާފުށީގެ ކޯޒްވޭ އާއި ފެނާ ނަރުދަމާގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް އެދެފި

މ.ނާލާފުށީގެ ކޯޒްވޭ އާއި ފެނާ ނަރުދަމާގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް އެރަށުގެ ކައުންސިލުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެ އަރިހުން އެދެފިއެވެ.

ނާލާފުށި ކައުންސިލުން މިފަދައިން އެދިފައި މިވަނީ ރައީސް ޑރ.މުއިއްޒު ދ، މ އަދި ވ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ނާލާފުށީ ފެނަކަ އޮފީހުގައި އެރަށުގެ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ އެކު އެމަނިކުފާނު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.

މިބައްދަލުވުމުގައި ރައީސް ޑރ.މުއިއްޒު ވަނީ ރަށުގެ ތަރައްޤީގެ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ރަށުގެ ކައުންސިލާއި އެކު މަޝްވަރާކުރައްވާފައެވެ.

ކޯޒްވޭގެ މަސައްކަތާއި ފެނާ ނަރުދަމާގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް އެދުމުގެ އިތުރުންވެސް ކައުންސިލުން ވަނީ ރަށުގައި  އާ ބަނދަރެއް އަވަހަށް ހަދައިދިނުމަށާއި، ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓިފައި ހުރިކަން ފާހަގަކޮށް، އެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްދެއްވުމަށް  ރައީސް މުއިއްޒު ގެ އަރިހުން އެދިވަޑައިގެންފައެވެ.

މީގެ އިތުރުންވެސް، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ކުނި ކޮށްޓެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކޮށް ކައުންސިލުން ވަނީ ކުޅިވަރުގެ ދާއިރާ އަދި މަސްވެރިކަމުގެ ސިނާޢަތާއި ސިއްހީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަން ވެސް ރައީސް ޑރ.މުއިއްޒާއި ހިއްސާ ކުރައްވާފައެވެ.

ކައުންސިލްގެ އިތުރުން ރަށުގެ އ.ތ.މ ކޮމިޓީން ވެސް ވަނީ އެ ކޮމިޓީގެ ކަންބޮޑުވުންތައް ވެސް ރައީސް ޑރ.މުއިއްޒާއި ހިއްސާކުރައްވާފައެވެ. އޭގެތެރޭގައި، މަސައްކަތް ކުރާނެ މާހައުލެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި 5000 ރުފިޔާއަށް ވުރެ މަދުނުވާވަރުގެ އެލަވެންސެއް ހަމަޖައްސައިދިނުމަށް ވެސް ވަނީ އެދިފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ކައުންސިލް އިދާރާގެ އާއިމާރާތްތައް އެޅުމަށް މަސައްކަތް ސަރުކާރުން ކުރައްވަމުންދާ ކަމަށާއި، ކައުންސިލުން ފާހަގަކުރި ކަންތައްތައް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ވެސް ހިއްސާކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.