އެޓާނީ ޖެނެރަލް އަހުމަދު އުޝާމް-- ފޮޓޯ: މަޖިލިސް
ހަބަރު
06 Mar 2024 | 17:24
ކައުންސިލަކުން ނެރޭ ނޫސްބަޔާނެއް ބާތިލްކުރުމަށް އެލްޖީއޭއަށް އެންގިދާނެ ކަމަށް ގަބޫލެއް ނުކުރަން: އޭޖީ އުޝާމް

ކައުންސިލަކުން ނެރޭ ނޫސްބަޔާނެއް ބާތިލްކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އެންގިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އޭޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ، ކައުންސިލަކުން ގާނޫނު އަސާސީއާ ނުވަތަ ގާނޫނާ ހިލާފަށް ކަމެއް ކުރާނަމަ އެލްޖީއޭއިން ދެން އަމަލު ކުރަންޖެހޭގޮތް ވެސް ގާނޫނުގައި ބަޔާންކޮށްފައި އެބައޮތް ކަމަށާއި، ނޫސް ބަޔާން ބާތިލުކުރަން އެލްޖީއޭއިން އެންގުމުން، އޭޖީ އަކީ އެލްޖީއޭއަށް ގާނޫނީ ލަފާ އަރުވާ ފަރާތުގެ ހައިސިއްޔަތުން، އެގޮތަށް ބަޔާން ބާތިލު ކުރުމަށް ނޭންގޭނެ ކަމަށް ވެސް ލަފާ އެރުވި ކަމަށެވެ.

"ވަކި ޕްރޮސެސްއެއް ފުރިހަމަކުރުމަށްފަހު އަޅަންޖެހޭ ފިޔަވަޅެއް އެޅޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި މިއޮތީ. މިހެން އޮތް ކަމެއްގައި ކައުންސިލަކުން ނޫސްބަޔާނެއް ނެރުމާ ގުޅިގެން އެ ނޫސްބަޔާން ބާތިލްކުރުމަށް އެލްޖީއޭއަށް އެންގިދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރަން ކުޑަކޮށްދަތި، އަޅުގަނޑު ގަބޫލުކުރާކަމެއް ނޫން އެއީ،"

އުޝާމް ވިދާޅުވިއެވެ.

އުޝާމް މިފަދައިން ވިދާޅުވެފައިމިވަނީ "ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ހިފައި ރަސްމީ ދަތުރުފުޅުގެ ނަމުގައި ކެމްޕެއިން ހަރަކާތްތައް ހިންގުން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން" ގެ ނަމުގައި ރައީސް ޑރ.މުއިއްޒު ނ.ކެންދިކުޅުދޫގައި ބޭއްވި ޖަލްސާއާއި ގުޅޭގޮތުން ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން އެލްޖީއޭ އިން އެންގުމާއި ގުޅިގެންނެވެ.

މިބަޔާނާއި ގުޅިގެން އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ވަނީ ކެނދިކުޅުދޫ ކައުންސިލްގެ ރައީސަށް ސިޓީއެއް ފޮނުއްވާފައެވެ. މި ސިޓީގައި، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި އަދި ނިންމަވާ ނިންމެވުންތަކާއި ދެކޮޅަށް ކައުންސިލްތަކުން ނޫސްބަޔާން ނެރުމަކީ ކައުންސިލްތަކަށް ލިބިފައިވާ ގާނޫނީ ބާރެއް ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އެމަނިކުފާނުގެ އިސްތަށިފުޅުގައި ހަގީގަތާއި ހިލާފު އިލްޒާމް އަޅުއްވާ ނޫސްބަޔާން ނެރުމަކީ އެލްޖީއޭ އިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް ކަމަށާއި، އެ ނޫސްބަޔާން ބާތިލުކޮށް،އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ވެސް އެލްޖީއޭ އިން ވަނީ އެ ކައުންސިލަށް އަންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.