މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް-- ފޮޓޯ: ވޮއިސް
ހަބަރު
07 Mar 2024 | 15:17
މަސްވެރިންނަށް ނުދެވި ހުރި ފައިސާ ރޯދައިގެ ކުރިން ދީ ނިންމާލެވޭނެ: ވަޒީރު ޝިޔާމް

މަސްވެރިންނަށް ސަރުކާރުން ދޫކުރަންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ދޫނުކޮށް ހުރިފައިސާ، މި އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން މަސްވެރިންނަަށް ދޫކޮށް ނިންމާނެ ކަމުގެ ޔަގީންކަން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ދެއްވައިފިއެވެ.

ހަފްތާ-14 މަގު ޗާޓުގައި މަސްވެރިކަމާއި ބެހޭ ވުޒާރާއަށް މަތިކޮށްފައިވާ ކަންތައްތަކުގެ ފަހުގެ މަޢުލޫމާތު ހިއްސާކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމު ވިދާޅުވީ، އެ ވުޒާރާ އާއި ފިނޭންސް މިނިސްޓްރީ އާއި މިފްކޯ ގުޅިގެން މިހާރު އޮތް ބެކް ލޮގް ހަލާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ޑިސްޕާސްމަންޓްގައި ކުޑަ ލަސްކަމެއް އުޅޭ ކަމަށާއި، ނަމަވެސް ރޯދައިގެ ކުރިން ފައިސާދީ ނިންމާލެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ފިނޭންސާއި މިފްކޯ އަދި މިނިސްޓްރީ ހިމެނޭ ގޮތަށް ރޯދައިގެ ކުރިޔަށް މިހާރު އޮތް ބެކް ލޮގް ހަލާސްކުރަން. ޑިސްޕާސްމަންޓްގައި އެބަ އުޅޭ ކުޑަކުޑަ ލަސްކަމެއް، އެހެންނަމަވެސް އަޅުގަނޑުމެންނަށް އޮތް ޔަގީންކަމަކީ 5 މާރިޗްގައި މި ފެށި މަސައްކަތް ނިންމާ ރޯދައިގެ ކުރިން ނިންމާލެވޭނެ."

ވަޒީރު ޝިޔާމް  ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ވަޒީރު ވިދާޅުވީ، މިމަހުގެ 5 ވަނަދުވަހުވެސް މަސްވެރިންނަށް ދޫކުރުމަށް 50 މިލިއަން ހަމަޖައްސާ، އެ ފައިސާ ދޫކުރަމުން އަންނަކަމަށާއި އެ ފައިސާއަކީ މިދިޔަ ޖެނުއަރީ މަހުގެ 26 ގެ ނިޔަލަށް ކިރާފައިވާ މަހަށް ދޭންޖެހޭ ފައިސާކަމަށެވެ.

އަދިވެސް މަސްވެރިންނަށް ދޫނުކުރެވި 147 މިލިއަން ރުފިޔާ ހުރިކަމަށާއި، މިބެކްލޮގް އެއްކޮށް ކްލިއާ ކުރެވުމުން މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެކަން ވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.

ވަޒީރު ޝިޔާމް މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ޑރ.މުއިއްޒު ރ.ދުވާފަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވެސް ވަނީ މަސްވެރިންނަށް ސަރުކާރުން ދޫކުރަންޖެހޭ ފައިސާގެ ތެރެއިން ބާކީ ނުދެވި ހުރި ފައިސާ، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ދިނުމަށް މަސައްކަތްޕުޅު ކުރައްވަމުން އަންނަކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.