މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް-- ފޮޓޯ: ވޮއިސް
ހަބަރު
07 Mar 2024 | 16:53
މަސައްކަތް ކުރިއަށް ނުދާތީ، އައިސް ޕްލާންޓް އަޅަން ފެނަކައާ ހަވާލުކުރި 8 އެއްބަސްވުމެއް ބާތިލުކޮށްފި

އެއްވެސް ވަރަކަށް މަސައްކަތް ހިނގާފައިނުވާތީ، އައިސް ޕްލާންޓް އެޅުމަށް ފެނަކައާ ހަވާލުކުރި 8 އެއްބަސްވުމެއް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން ބާތިލުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ނުވަ އައިސްޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް މިފްކޯ އިން ފެނަކައާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން ބައެއް އައިސްޕްލާންޓްތަކުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދާކަން ފާހަގަވެ، 8 އެއްބަސްވުމެއް ބާތިލު ކުރިކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވާނީ ބައެއް އައިސްޕްލާންޓްތަކުގެ އެގްރީމަންޓު ޓާމިނޭޓްކޮށް އެ އައިސްޕްލާންޓަތައް ވީހާ ވެސް އަވަހަކަށް ގާއިމުކުރުމުމަށްޓަކާ މިފްކޯއާ އަނެއްކާ ވެސް ހަވާލު ކުރެވިގެން ޓެންޑަރިންގައި މިހާރު ވަނީ،"

ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ފެނަކަ އާއި އެކު މި އެއްބަސްވުންތައް ގާއިމުކޮށްފައިވަނީ، ދުނިޔޭގެ ބާޒާރުގައި މަސައްކަތް ކުރެވޭ އަގަށް ވުރެ ވެސް ދަށް އަގެއްގައި ކަމަށް ވާތީ  ފެނަކައަށް އެ މަސައްކަތް ނުކުރެވޭނެ ކަމަށް ބަލާ ދެ ފަރާތުން އެއްބަސްވެގެން އައިސްޕްލާންޓް އެޅުމުގެ އެއްބަސްވުން ބާތިލުކުރީކަމަށެވެ.

ބާތިލުކުރި އެއްބަސްވުންތަކަކީ އެއްވެސް ވަރަކަށް މަސައްކަތް ހިނގާފައިނުވާ ނުވަތަ ވަރަށް ކުޑަ މިންވަރަކަށް މަސައްކަތް ކުރިއަށް ގޮސްފައިވާ މަސައްކަތްތަކެއްކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ އެ އައިސްޕްލާންޓްތަކުގެ ތެރެއިން ގިނަ އައިސްޕްލާންޓްތައް މި އަހަރު ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.