ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު--
ހަބަރު
08 Mar 2024 | 10:50
ރައީސް މުޢިއްޒަށް ވެރިކަން ލިބިލެއްވީ އިންޑިޔާ އާއި ދެކޮޅު ވީމައެއް ނޫން؛ އެމްޑީޕީ ބަލިކަށި ވީމަ: ނަޝީދު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒަށް ވެރިކަން ލިބިލެއްވީ، އެމަނިކުފާނު އިންޑިޔާއާއި ދެކޮޅު ވެވަޑައިގެންނެވުމުން ނޫން ކަމަށާ، އެހެނެއް ކަމަކު އޭރު ވެރިކަން ކުރަމުންދިޔަ މައި ޕާޓީ، އެމްޑީޕީ ބަލިކަށި ވުމުން ކަމަށް ކުރީގެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ސިޔާސީ ކަންތައްތަކާއި ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގެން، ހުންނެވި ނަޝީދު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ގައުމުގެ ރިޕަބްލިކް ޓީވީން ވަނީ ރާއްޖެއާއި އިންޑިޔާއާއި ދެމެދު އޮތް ގުޅުމާއި ގުޅޭގޮތުން ނަޝީދުއާއި ސުވާލު ތަކެއް އަމާޒުކޮށްފައެވެ. 

އެގޮތުން ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ އިންޑިޔާ އައުޓް ކެންޕެއިނާއެކު ކަން ފާހަގަކޮށް ނޫސްވެރިޔާ ވަނީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ވިސްނުންވެސް ހުރީ 'އިންޑިޔާ އައުޓް' ރޫހުގައިތޯ ސުވާލުކޮށްފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވަނީ ރައީސް މުޢިއްޒަށް ވެރިކަން ލިބިލެއްވީ އެމްޑީޕީ ބަލިކަށިވެ، ޕާޓީ ދެފަޅި ވުމުން ކަމަށް ވިދާޅުވެފައެވެ. 

އަޅުގަނޑު ގަބޫލެއް ނުކުރަން އެމަނިކުފާނަށް (ރައީސް މުޢިއްޒު) ވެރިކަމަށް ވަޑައިގެންނެވުނީ އިންޑިޔާ އާއި ދެކޮޅު ކެންޕެއިންގެ ސަބަބުން ކަމަކަށް. އެމަނިކުފާނު ވެރިކަމަށް އައީ އަޅުގަނޑުގެ ކުރީގެ ޕާޓީ ބަލިކަށި ވީމަ. އެމްޑީޕީގެ ރައީސުލްޖުމުހޫރިއްޔާ ހުންނެވީ ބަލިކަށިވެފައި. ޕާޓީ އޮތީ ރޫޅިފައި. އެބޭފުޅުންނަށް ޕާޓީ އެކަތިގަނޑަކަށް ނުހެދުނު. ދެން ރިޔާސީ އިންތިޚާބަކަަށް ދިޔައިރު، އެބޭފުޅުން ގަބޫލުކޮށްގެން ތިބީ، ޕާޓީގެ އެއްފަޅިއާއިއެކު އިންތިޚާބު ކާމިޔާބު ވާނެ ކަމަށް. އެއީ ވަރަށް ދެރަކޮށް ދިމާވި ކަމެއް.

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު 

މީގެ އިތުރުން ނަޝީދު ވިދާޅުވީ، އިންޑިޔާ އައުޓް އަކީ ދިވެހިން ތާއިދުކުރާ ކެންޕެއިނެއް ނޫން ކަމަށެވެ. އަދި އެކަން ތަކުރާރުކޮށް އެމާނިކުފާނު ވިދާޅުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. 

އަހަރެމެން ކިޔަނީ އެއް ފޮތެއް. އަހަރެމެން ބަލަނީ އެއް ފިލްމެއް. އަހަރެމެން ކަނީ އެއް ކެއުމެއް. އަހަރެމެންގެ ޘަގާފަތް އެއްގޮތް. އަހަރެމެންނަނީ ވަރަށް އެއްބައިވަންތަ ބައެއް. އަހަރެމެންނަކީ އެއްބައެއް. އަހަރެމެންނާއި އިންޑިޔާއާއި ވަރިއެއް ނުކިރެވޭނެ. އަހަރެމެންނާއި އިންޑިޔާ އާއި ދުރެއްވެސް ނުކުރެވޭނެ. 

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު 

ރައީސް ނަޝީދު ވިދާޅުވީ، އިންޑިޔާއާއި ދެކޮޅުވެގެން ދިވެހިންނަށް ސިޔާސީ ގޮތުންވެސް އެއްވެސް މަންފާއެއް ކުރާނެ ކަމަށް އެމާނިކުފާނު ގަބޫލު ނުކުރައްވާކަމަށެވެ. 

އަދި ރާއްޖޭގެ ގިނަ ޑޮކްޓަރުންނާއި، ޓީޗަރުންނާއި، އެކައުންޓެންޓުންނަކީ ވެސް އިންޑިޔާގެ ރައްޔިތުން ކަމަށާ، އެހެންކަމުން އިންޑިޔާއާއި ދެކޮޅު ކެންޕެއިން ތަކަކީ ދިވެހިންގެ ކެންޕެއިން ތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެމާނިކުފާނު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވި ގޮތުގައި މި ދަނޑިވަޅަކީ ދަތި އުނދަގޫ ދަނޑިވަޅެއްގައެވެ. އެހެން ނަމަވެސް ރާއްޖޭ އަކީ އިންޑިޔާގެ ދުޝްމަނެއް ނޫން ކަމަށާ، އެހެނެއް ކަމަކު އިންޑިޔާގެ އެކުވެރިއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުޢިއްޒަށް ވެރިކަން ލިބިލެއްވީ އެމްޑީޕީ ބަލިކަށި ވެގެން ކަމަށް ނަޝީދު ވިދާޅުވެފައި ވާއިރު، ރައީސް ޞާލިހު ވެސް ވަނީ ވެރިކަން އެމްޑީޕީއަށް ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވީ އެޕާޓީގެ އެއްބައި، ޕާޓީން ވަކިވެގެން ދިޔުމުން ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް