ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު-- ފޮޓޯ/ވޮއިސް
ހަބަރު
08 Mar 2024 | 16:01
މާލެ ސަރަހައްދުގައި ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއު ތަކުން ހުރިހާ ރައްޔިތުންނަށް ވެސް ފުރުސަތު ލިބިގެންދާނެ: ރައީސް މުޢިއްޒު

މާލެ ސަރަހައްދުގައި ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއު ތަކުން އެންމެ އިސްކަމެއް ދެއްވާނީ މާލޭގެ ރައްޔިތުންނަށް ކަމަށާއި އެހެން ނަމަވެސް، އެ ސަރަހައްދުގައި ދިރިއުޅެމުންދާ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ފުރުސަތު ލިބޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ރައީސް އޮފީހުން ކުރިއަށްގެންދާ ''ރައީސްގެ ޖަވާބު'' ސިލްސިލާގެ ތެރެއިން ދ.މީދޫ، އާސްޓްރާ، ފަރިޔާޟް ޙުސައިން، ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ފަރިޔާޟް ވަނީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މާލެ ސަރަޙައްދުން ބޯހިޔާވަހިކަން ލިބޭނެތޯ އެމަނިކުފާނާއި ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާލެ ސަރަހައްދުގައި ގާއިމްކުރަން މަސައްކަތް ކުރަމުންދާ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްސް ތަކަކީ ހުރިހާ ރައްޔިތުންނަށް އޭގެ ފުރުސަތު ލިބިގެންދާނެ މަޝްރޫޢު ތަކެއް ކަމަށެވެ. 

އޭގައި މާލޭގެ ގެދޮރުވެރިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ގެދުރުވެރިކަން ކަށަވަރު ކޮށްދިނުން އެއީ އެންމެ ފުރަތަމަ ކަމަކީ. އެއީ މާލޭގައި އެތައް އަހަރެއް، އެންމެ ގިނަ ދުވަސް ވެގެން މިދިޔައީ މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކޮށް ނުދެވި.

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

އެހެން ކަމުން ސަރުކާރުގެ އެންމެ ފުރަތަަމަ އަމާޒަކީ މާލޭ ސަރަހައްދުގައި ބިން ހިއްކައިގެން ހިންގާ މަޝްރޫޢުތަކުން މާލޭގެ ރަށްވެހިންނަށް ގެދޮރުވެރިކަން ޔާގީންކޮށްދިނުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. 

އެއާ އެކީގައި، މާލެ ރައްޔިތުންނަށް ގެދިރުވެރިކަން ކަށަވަރު ކޮށްދިނުމަށްފަހު، މާލެ ކައިރީއާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުންވެސް ގެދޮރުވެރިކަން ބޭނުންވާ ފަރާތްތަކަށް ގެދޮރުވެރިކަން ލިބޭ ވަރަށް މިސަރަހައްދުގައި މަޝްރޫއުތައް މި ހިންގަނީ. 

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މިއާއެކު ރައީސް މުޢިއްޒު ވިދާޅުވީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގޭނެ ކަމަށާ، އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމިގެންދާއިރު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީން ވެގެންދާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.