ސަރުކާރުން ހަދިޔާ ކުރާ ކާޑުގެ ބާވަތްތައް ދޫކުރަން ފެށުން-- ފޮޓޯ: ވޮއިސް
ހަބަރު
09 Mar 2024 | 12:11
ރޯދަ މަހަށް ގޭބީސީތަަކަށް ސަރުކާރުން ހަދިޔާކުރާ ހަނޑޫ އަދި ފުށް ދޫކުރަން ފަށައިފި

ރަަމަޟާން މަހަށް ގޭބީސީތަަކަށް ސަރުކާރުން ހަދިޔާކުރާ ހަނޑޫ އަދި ފުށް މާލެ ސިޓީ ކައުންސިލުން ދޫކުރަން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މި ތަކެތި ދޫކުރަން ވަކި ގަޑި ތަކެއް ކަނޑައަޅާފައެވެ. މިގޮތުން މުދާ ދޫކުރަން ނިންމާފައިވާ ގަޑިތަކަކަކީ ހެނދުނު 10:00 އިން ހަވީރު 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށެވެ. 

ރޯދަ މަހުވެސް މި ތަކެތި ދޫކުރާއިރު، ރޯދަ މަހު މުދާ ދޫކުރާ ގަޑި ތަކަކީ ހެނދުނު 9:30 އިން މެންދުރު 13:00 އަށް އަދި ރޭގަނޑު 21:00 އިން 23:30 އަށެވެ.

މުދާ ދޫކުރުމަށް އެ ކައުންސިލުން ވަނީ ވަކި ޕޮއިންޓް ތަކެއް ވެސް ކަނޑައަޅާފައެވެ. މިގޮތުން މުދާ ދޫކުރާ ޕޮއިންޓްތަކަކީ:

1. މާލޭ ގަލޮޅު ދަނޑު

2. މާލޭ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާއި ބެހޭބައި

3. މާލޭ ސޯޝަލް ސެންޓަރ

4. ވިލިމާލޭ ބިއްރި މިސްކިތް ހޯލް

5. ހުޅުމާލޭ ފޭސް 1 ގެ އުމަރު ޒާހިރު ބިލްޑިންގ

6. ހުޅުމާލޭ ފޭސް 2 ގެ ހިޔާ ފްލެޓް ޓަވަރ 10 ޔޫތް ސެންޓަރ

މާލެ ސިޓީ ކައުންސިލުން ބުނީ، ހަދިޔާ ބަލައި އަންނަންވާނީ ދިވެހި ރައްޔިތެއް ކަމަށާއި، ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރ އަށް ބެލުމަށްފަހު ކަމަށެވެ. ހަނޑޫ އަދި ފުށް ބަލާ އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ،ނުވަތަ ލައިސަންސް ނުވަތަ ޕާސްޕޯޓް ގެންނަންވާނެ ކަމަށް ވެސް އެއިދާރާއިން ވަނީ ބުނެފައެވެ.

މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ރޯދަމަހު 10 ކިލޯގެ ފުށް ބަސްތާއަކާއި ހަނޑޫ ބަސްތާއެއް ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވާފައިވަނީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ދިނުމަށް މިއަހަރު ސަރުކާރުން ނިންމާފައިވީ ނަމަވެސް އަންނަ އަހަރު އެ އަދަދު އިތުރު ކުރައްވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.