ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
09 Mar 2024 | 13:23
އެއްޗެއް ބުނުމަކުން ފިޔަވަޅެއް ނާޅާނަން، ބޭނުންވަނީ ރައްޔިތުންގެ އަޑު އަހަން: ރައީސް ޑރ.މުއިއްޒު

އެއްވެސް މީހަކު އެއްޗެއް ބުނުމުން ފިޔަވަޅެއް ނާޅުއްވާނެ ކަމަށާއި، ބޭނުންފުޅުވަނީ ރައްޔިތުންގެ އަޑު އަހަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ޅ.ކުރެންދޫ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ފާޑުވެސް ކިޔަން ވާނެ ކަމަށާއި، ހެޔޮ ނިޔަތުގައި ކަންކަން ރަނގަޅު ކުރަން ބުނާ އެއްޗެއް ނަމަ ވަރަށް ބޮޑަށް މަރުހަބާ ވެސް ކިޔުއްވާނެ ކަމަށާއި، ހިތް ހަމަނުޖެހިގެން  އެއްޗެސް ބުނި ކަމަށް ވިޔަސް ފިޔަވަޅެއް ނާޅުއްވާނެ ކަމަށެވެ.

"އަޅުގަނޑާއި ދިމާލަށް އެއްވެސް މީހަކު އެއްޗެއް ބުނުމަކުން ފިޔަވަޅެއް ނާޅާނަން. އަޅުގަނޑު ބޭނުންވަނީ ރައްޔިތުންގެ އަޑު އަހަން. ކްރިޓިސައިޒް ވެސް ކުރަންވާނެ. އެއީ ޕޮސިޓިވް، ހެޔޮ ނިޔަތުގައި ކަންކަން ރަނގަޅު ކުރަން ވިދާޅުވާ އެއްޗެއް ނަމަ ވަރަށް ބޮޑަށް މަރުހަބާވެސް ކިޔާނަން. އަދި ހިތް ހަމަނުޖެހިގެން ވިދާޅުވާ އެއްޗެސް ވިޔަސް، ފިޔަވަޅެއް ނާޅާނަން."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އެފަދައިން ދަންނަވަން ޖެހިވަޑައިގަތީ، އެމަނިކުފާނާއި ދިމާލަށް ކޮންމެވެސް އެއްޗެއް ސޯޝަލް މީޑިއާގައި ލިޔެގެން، ސަރުކާރު ކުންފުންޏަކުން ކޮންމެވެސް މުއައްޒަފަކަށް ފިޔަވަޅު އެޅިކަމަށް ނޫހަކުން ފެނުމާއި ގުޅިގެން ކަމަށެވެ. ވަގުތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ (އެމްޑީ) އަށް ގުޅާފައި ވެގެން އުޅޭ ގޮތް ސާފުކުރެއްވި ކަމަށް ވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ފިޔަވަޅުއެޅީ ހަމައެކަނި ރައީސް ޑރ.މުއިއްޒު އާއި ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ލިޔެގެން ނޫން ކަމަށާއި އެއަށް ވުރެ މާ ސީރިއަސް ކަންތައްތަކެއް ހުރުމުން ކަމަށް އެކުންފުނީގެ އެމްޑީ ރައީސް ޑރ.މުއިއްޒު އަށް ދެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކުންފުނިން މުއައްޒަފާއި މެދު ފިޔަވަޅު އަޅާފައިވަނީ، ކުންފުނީގައި އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް އެމްޑީ ވިދާޅުވިކަމަށް ވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ. އަދި ކަން ހިނގާ ދިޔަ ގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެމްޑި އަށް ދަންނަވާފައިވާނެ ކަމަށްވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

"އެއީ އަޅުގަނޑު ބޭނުމެއްނޫން، އަޅުގަނޑާއި ދިމާލަށް އެއްޗެއް ބުނެގެން ފިޔަވަޅެއް އަޅާކަށް. އެކަހަލަ ކަންތައް ކުރާ މީހެއް ނޫން އަޅުގަނޑަކީ އެއްވެސް އިރެއްގައި. ގާނޫނާއި ގަވާއިދާއި އެއްގޮތަށް ހަމަ ކޮންމެ މީހަކަށް ކޮންމެ އެއްޗެއްވެސް ވިދާޅުވެވެން ވާނެ. އަދި ހިތްހަމަނުޖެހެންޏާ ހަމަ ބޭނުން ވާހަކައެއް ދެއްކެންވާނެ. އެކަމަކު އަޅުގަނޑެއް ފިޔަވަޅެއް ނާޅާނަން."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މިފެންނަނީ ވަރަށް ބޮޑަށް ހަގީގަތް އޮޅުވާލަން ބައެއް ފަރާތްތަކުން ބަޔަކު މަސައްކަތްކުރާތަން ކަމަށާއި ރައްޔިތުންނަން ހަގީގަތް އެނގި، ސާފުކޮށްދޭން ޖެހޭ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ބޭފުޅުންގެ ފަރާތުންވެސް ފެންނާނީ ސާފުބަހުން ތެދު ބަހުން ވާހަކަ ދައްކާތަން ކަމަށް ވިދާޅުވެ ރައީސް ޑރ.މުއިއްޒު ވަނީ ސާފު ބަހުން ތެދު ބަހުން ދައްކާ ވާހަކަ ރައްޔިތުން ވިސްނުމަށްފަހު ޚިޔާރުކުރަން އެދިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.