ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ސަން
ހަބަރު
09 Mar 2024 | 16:05
ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދުމުގެ މަރުހަލާ ޕީޖީ އޮފީހުން ފަސޭހަ ކޮށްދީފި

ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދުމުގެ މަރުހަލާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފަސޭހަ ކޮށްދީފިއެވެ.

މިކަން ހާމަކުރައްވާ ޕީޖީ ހުސައިން ޝަމީމް، އެބޭފުޅާގެ ބްލޮގްގައި ވިދާޅުވީ،  މިހާރު ޕީޖީ އޮފީހުގެ  ވެބްސައިޓަށް، އެމީހެއްގެ އީފާސް ލޮގްއިން ބޭނުންކޮށްގެން ވަނުމުން، އެޕްލިކޭޝަންތަކުގެ މެނޫއިން "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަކަށް އެދުން" ކިޔާ ޓެބެއް އޮންނާނެ ކަމަށާއި، އެޓެބަށް ފިތާލުމުން އޮންލައިންކޮށް، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު ފުރޭނޭ ގޮތް ހަމަޖެހިފައި ހުންނާނެ ކަމަށެވެ.

ފޯމުގައި ފުރަންޖެހޭ އަސާސީ ބައިތައް ކަމަށްވާ ނަމާއި އެޑްރެހާއި އީމެއިލާއި އެނޫންވެސް އީފާސްގައި ހުރި މަޢުލޫމާތު ހުންނާނީ އޮޓޮމެޓިކުން ފުރާފައި ކަމަށާއި އިތުރަށް ފުރަންޖެހޭނީ އެމީހަކަށް ދިމާވި ހާދިސާއާބެހޭ މަޢުލޫމާތު ކަމަށް ވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ. އަދި ގެވެށި އަނިޔާލިބޭ ޙާލަތެއްގައި ހުރި މީހަކަށް، ރައްކާތެރި މާޙައުލަކަށްދެވުމުން މިފޯމު އޮންލައިންކޮށް ފުރައިލެވޭނެ ކަމަށާއި، އެމީހަކު އެ ފޯމު ފޮނުވަން ބޭނުންވާ ކޯޓުގެ ނަން ނެގުމުން، އެކޯޓެއްގެ އީމެއިލް އެޑްރެހަށް، އެކޯޓެއްގެ ލެޓަރ ހެޑުގައި، ފޯމު ފޮނުވައިލަދިނުމުގެ ޚިދުމަތް، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލުން ދޭނެކަން ފާހަގަކުރައްވާ ޕީޖީ ވިދާޅުވީ އަނިޔާ ލިބޭ ޙާލަތެއްގައި ހުރި މީހާ، ފޯމު ހިފައިގެން ކޯޓު ދޮށަށް ހިނގަންޖެހުން މިހިސާބުން ނިމުމަކަށް އައީ ކަމުގައެވެ.

ޕީޖީ ޝަމީމް ވިދާޅުވީ އެފޯމު ކޯޓަށް ދާނީ ޕީޖީ އޮފީހުގެ އީމެއިލަކާއެކުގައި އެ އީމެއިލުގައި ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލަށް ލިބުނު ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު، ފޮނުވި ކަމަށް އޮންނާނެ ކަމަށެވެ. މިއީ ޕީޖީ އޮފީހުން ދޭ އީމެއިލް ފޯވާޑުކޮށްދިނުމުގެ ޚިދުމަތެއް ކަމުން ފޯމުގައި ހުރި މަޢުލޫމާތެއްވެސް ޕީޖީ އޮފީހަކަށް ނޭނގޭނެކަމަށާއި، ފޯމުގައި ހުރި ކަންކަމަކީ ފޯމު ފުރާމީހާއާ ކޯޓާ ދޭތެރޭ ކުރާ މުޢާމަލާތެއް ކަމަށް ވެސް ބްލޮގްގައި ވެއެވެ.

މީގެ އިތުރުން، ކޯޓުން އެފޯމު ޕްރޮސެސްކުރުމުގެ ކަންތައް ފަސޭހަކޮށްދިނުމުގެ ގޮތުން، ޕީޖީ އޮފީހުގެ ގަވަމެންޓް ޕޯޓަލުގެ ތެރޭގައި ކޮންމެ ކޯޓަކަށް ހަދައިދީފައިވާ ލޮގިން އިން، އެކޯޓަކަށް ހުށައެޅިފައި ހުރި ހުރިހާ ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ ފޯމު ބަލައިގަނެ، ޕްރޮސެސް ކުރެވޭނެ ކަމަށް ވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ. އޮންލައިން ޕޯޓަލްގެ ތެރެއިން އެފޯމު ބަލައިގަތުމަށް، އަދި އިޞްލާޙުކުރުމަށް ނުވަތަ ބަލައިނުގަތުމަށް ނިންމައިފިނަމަ، އެކަން ސަބަބާއެކު ލިޔަންޖެހޭނެ ކަމަށާއި ކޯޓުން ނިންމާ ނިންމުމާއި އެނިންމުން ނިންމި ސަބަބު، އީމެއިލަކުންނާއި ފޯމު ހުށަހެޅި މީހާގެ އޮންލައިން ޕޯޓަލުގެ ތެރެއިން ފެންނަން ހުންނާނެ ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ. މި ހިދުމަތާއި އެކު އޮންލައިން ޕޯޓަލްގެ ތެރެއިން ފޯމު އިޞްލާޙުކޮށް އަލުން ހުށަހެޅުމުގެ ޚިދުމަތްވެސް ލިބޭނެއެވެ.

މި ނިޒާމް ގެ އިތުރުން ވެސް، ކުރީގައި އޮންނަ ނިޒާމްގައިވާ ގޮތަށް ކޯޓާ ހަމައަށް ފޯމު ލިބުމުން، ޕީޖީ އޮފީހުގެ ގަވަރމަންޓް ޕޯޓަލް ބޭނުން ނުކުރައްވަން ކޯޓުން ނިންމަވާ ޙާލަތުގައި، ފޯމު ހުށަހެޅި މީހާއާ ސީދާ ކޯޓުން މުޢާމަލާތު ކުރެވޭނެ ކަމަށް ވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

މިޚިދުމަތް މިމަހުގެ 7 ވަނަ ދުވަހު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައި ތައާރަފްކޮށްފައިވާ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.