ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު--
ހަބަރު
10 Mar 2024 | 11:49
ރަމަޟާން މަހަށް އަސާސީ ތަކެތި އަގު ހެޔޮ ކުރުމުގެ މަސައްކަތް އެސްޓީއޯ މެދުވެރިކޮށް ވަނީ ފެށިފައި: ރައީސް

މާދަމާ ފެށޭ ބަރަކާތްތެރި ރަމަޟާން މަހު އަސާސީ ހުރިހާ ބާވަތެއްގެ ކާބޯތަކެތި އެސްޓީއޯއިން ގެނެސް ހެޔޮ އަގުގައި ވިއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުން ގެނެސް ދެމުންދާ "ރައީސްގެ ޖަވާބު" މިއަދުގެ ސެގްމަންޓުގައި ރޯދަމަހު ކާބޯތަކެތި ވީހާވެސް ހެޔޮ އަގެއްގައި ލިބޭގޮތް ހަދައިދިނުމަށް އެދި ލެއްވި އެދިލެއްވުމާއި ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އޭގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވި ކާބޯތަކެތީގެ އަގު ހެޔޮ ކުރުމަކީ ސަރުކާރުން އެންމެ ބޮޑަށް އިސްކަން ދެމުންދާ އެއްކަންތައް ކަމުގައެވެ. އަދި ރޯދަމަސް ފެށިގެން ދާއިރު، އަސާސީ ކާބޯތަކެތީގެ އަގު ހިފެހެއްޓުމަށް އެސްޓީއޯ މެދުވެރިކޮށް ގެނެވި އަގުހެޔޮ ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމުގައެވެ.

މިހާރުވެސް އަގުހެޔޮކޮށް ވިއްކަން ފަށާފައިވަނީ އެސްޓީއޯއިން، އަދިވެސް އިތުރު މަސައްކަތްތައް ކުރާނަން ކާބޯތަކެތީގެ އަގުތައް ހެޔޮކުރުމަށްޓަކައި.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ މެދު ރާސްތާ އަދި ދުރު ރާސްތާގެ ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ރާއްޖޭގައި އުފެއްދައި، ފުޑް ސެކިއުރިޓީ ގާއިމް ކުރުން ކަމަށެވެ. ސަރުކާރުގެ ޕްލޭންކުރުން ކަމަގައެވެ. 

ކުރިއަށް އޮތް މުސްތަޤްބަލުގައި މެދު ރާސްތާ އަދި ދުރު ރާސްތާގެ ޕްލޭންއަކީ ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއް ރާއްޖޭގައި އުފެއްދޭގޮތް ގާއިމްކޮށް، ފުޑު ސެކިއުރިޓީ ޔަޤީންކުރުން، އޭރު އަގުވެސް ދަށްވެގެންދާނެ، އަދި ކޮއަންޓިޓީވެސް ޔަޤީންވެގެންދާނެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ބަރަކާތްތެރި ރަމަޟާންމަސް މާދަމާ ފަށާއިރު، އެސްޓީއޯ އިން މިހާރު ވަނީ ލުނބޮލުގެ އަގުވެސް ހެޔޮކޮށް ވިއްކަން ފަށާފައެވެ. އޭގެ އިތުރުން ކާޑުގެ ބާވަތްތަކާއި މުހިންމު އެހެން ގިނަ އަސާސީ ބާވަތްތައް އަގު ހެޔޮކޮށް ހުސްނުވެ ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ. 

އަދި މި ރަމަޟާން މަހު، ސަރުކާރުން ވަނީ ކޮންމެ ގޭބިސީ އަކަށް ހަނޑުލާއި ފުށް ދޭން ނިންމައި އެ މަސައްކަތްވެސް ފަށާފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.