ހުޅުމާލޭ މަގުމަތީގައި އުޅަނދު ތަކެއް ދުއްވަނީ-- ފޮޓޯ/ވޮއިސް
ހަބަރު
10 Mar 2024 | 12:48
ރެޖިސްޓްރީ ކުރެވޭ ވެހިކަލް ލިމިޓެއް ކަނޑައެޅުމަށް ގަވާއިދަށް އިސްލާހު ގެނެސްފި

އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދޭނެ އަދަދާއ،ި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވައިދަށް އިސްލާހު ގެނެސްފިއެވެ.

އެ ގަވައިދަށް ގެނެސްފައިވާ އިސްލާހުގައި ވަނީ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުގައި ނުވަތަ އެ ރަށްރަށާއި ސިޓީތަކުން ވަކި ޞަރަހައްދެއްގައި ބޭނުންކުރުމަށް އުޅަނދުތަކުގެ އަދަދު ކަނޑައަޅާނީ، އެސެސްމެންޓް ހެދުމަށްފަހު، ވެހިކަލްގެ ކެޕޭސިޓީއަކީ ކޮބައިކަން ދެނެގަނެ،އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ލޯކަލް ކައުންސިލުގެ އިދާރާއިން ކަމަށެވެ. 

އަދި އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށާއި ސިޓީ ނުވަތަ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ މަގުތަކުގެ ލޭނުތަކުގެ ޖުމްލަ ދިގުމިނާއި ޕާކުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ބޮޑުމިނާއި އެ ސަރަހައްދުގައު ޕާކުކުރެވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުމަށްޓަކައި ތަފުސީލީ އެސެސްމަންޓުތައް އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތުން ހަދަންވާނެ ކަމަށާ، އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށްޓަކައި ބަލަންޖެހޭ މިންގަނޑުތައް ކަނޑައަޅާނީ އެސެންމަންޓުތައް ހެދުމަށްފަހު އެ އެސެސްމަންޓްތަކުގެ ނަތީޖާއަށް ރިއާޔަތްކޮށް އެ ރަށެއްގެ ލޭން މީޓަރުގެ ޖުމްލަ ދިގުމިނާއި އެ ރަށަކުން ލިބޭ ޖުމްލަ ޕާކިން އޭރިއާ އެ ރަށެއްގެ ކައުންސިލަކުން ކަނޑައެޅުމަށް ފަހުގައި ކަމަށް އެ ގަވާއިދުގައި ވެއެވެ. 

އިސްލާހުގައި އިތުރަށް ބުނީ، ކަނޑައެޅޭ ވެހިކަލް ކެޕޭސިޓީ އެ ރަށެއްގެ ބިމުން މިންވަރަށާއި ޖާގައަށް ބޭނުންކުރާ އުޅަނދުތައް ބަލައި ކޮންމެ ފަސް އަހަރަކުން މުރާޖާ ކުރަންޖެހޭނެ ކަމަށާ އަދި އެ ރަށެއްގައި ބޭނުންކުރާ އުޅަނދު އެ ރަށަކަށް ކަނޑައަޅައި އިއުލާނުކުރާ ވެހިކަލް ކެޕޭސިޓީއަށްވުރެ އިތުރުނުވާކަން ކަށަވަރުކުރުމަށް އުޅަނދުތަކުގެ މައުލޫމާތު އަދާހަމަކޮށް ކައުންސިލްތަކުން ބަލަހަށްޓަން ޖެހޭނެ ކަމަށެވެ. 

ހަމައެހެންމެ، އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ރަށް ނުވަތަ ސިޓީގައި ބޭނުންކުރުމަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުގެ އަދަދަކީ، ކަނޑައެޅި އަދަދުގެ ނިސްބަތަށް ވުރެ އިތުރު އަދަދެއް ނަމަ، އަދަދު ކަނޑައެޅި ނިސްބަތް އެ ގޮތުގައި ހިފެހެއްޓުމަށް ރީ-ރެޖިސްޓްރޭޝަން ޕްރޮސެސްއެއްގެ ދަށުން އުޅަނދުގެ އަދަދުގެ ތެރޭގައި ހިމެނޭ ނިޒާމެއް ކައުންސިލްތަކުން އެކުލަވާލައި ރީ-ރަޖިސްޓްރީ ކުރުމަށް އެކަށީގެންދާ ހަމަހަމަ ފުރުސަތާއި މުއްދަތު ދިނުމަށް އެ އިސްލާހުގައި ބުނެފައިވެއެވެ. 

މި ގަވާއިދު، މިމަހު 7 ވަނަ ދުވަހު ގެޒެޓު ކުރެވި އެދުވަހުން ފެށިގެން ގަވާއިދަށް ޢަމަލުކުރަން ވަނީ ފަށާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.