ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމް ޚިދުމަތް މ އަތޮޅުގައި ފެށުމަށް އެއްބަސްވުމެއްގައި ސޮއި ކުރުން--
ހަބަރު
10 Mar 2024 | 13:16
ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމް ޚިދުމަތް މ އަތޮޅުގައި ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ހިންގާ މުވައްޒަފުންގެ ސްކީމްގެ ޙިދުމަތް މ އަތޮޅުގައި ފެށުމަށްޓަކައި، އެ އަތޮޅު ވޭވަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭ، ވޭވަށު ސްކޫލްގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ވޭވަށު ކައުންސިލްގެ ފަރާތުން ސޮއިކޮށްފައިވަނީ ކައުންސިލްގެ ރައީސް އަލްފާޟިލް މަމްދޫޙް ވަޙީދެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަނީ އަތޮޅު ކައުންސިލަކުން އިސްނަންގަވައިގެން އަަތޮޅު ލެވެލްގައި މިފަދަ ހަރަކާތެއް ފެއްޓެވި ފުރަތަމަ އަތޮޅަކަށް މ އަތޮޅު ވެގެންދިއުމަކީ އެއީ އަތޮޅަށް ލިބިގެންދިޔަ ވަރަށްބޮޑު ފަހުރެއްކަން ފާހަގަކޮށްފައެވެ.

މި އެއްބަސްވުމުގެ ސަބަބުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންދޭ ޙިދުމަތްތައް ހޯދުމަށް އިދާރާތަކުގެ މުވައްޒަފުންގެ އިތުރުން އާންމު ރައްޔިތުންނަށްވެސް ބޮޑެތި ލުއިފަސޭހަތަކެއް ވެގެންދާނެ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ހިންގާ މުވައްޒަފުންގެ ސްކީމަކީ، އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން "މުވައްޒަފުންގެ ސްކީމް" ގައި ބައިވެރިވެ ޙައްޖަށް ދިއުމަށް ބޭނުންވާ މުވައްޒަފުންގެ މުސާރައިން މުވައްޒަފު ހުއްދަކުރާ މިންވަރެއް އުނިކުރުމަށްފަހު އެ އުނި ކުރި ފައިސާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޖަމާކުރެވިގެންދާ ސްކީމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.