އާންމުންނަށް ދަތިވާ ގޮތަށް މާލެ ސިޓީގެ މަގުތަކުގައި ކުނި ހުރުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން-- ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
10 Mar 2024 | 13:54
މާލޭގެ ކުނީގެ މައްސަލަ އަށް ހައްލެއް ހޯދައި، ސާފުތާހިރުކަން ކަށަވަރުކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި

މާލޭގެ ކުނީގެ މައްސަލަ އަށް ހައްލެއް ހޯދައި، ސާފުތާހިރުކަން ކަށަވަރުކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފިއެވެ.

މާލޭގެ ކުނި މެނޭޖް ކުރުން ބޮއްސުންލާފައިވާ ކަމަށް ބުނެ، ދަ ޑިމޮކްރެޓްސް އިން ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް، މާލެ ސާފުތާހިރުކުރަން ގޮވާލާ ނޫސްބަޔާނެއް ނެރެފައެވެ. މި ނޫސްބަޔާނުގައި ދަ ޑިމޮކްރެޓްސް އިން ބުނީ، މާލެ ސިޓީގެ މަގުތަކުގެ ކަންކަންމަތީގައިވާ ކުނިވާ ޒާތުގެ ޑަސްބިންކޮތަޅުން ފެށިގެން ފަރުނީޗަރުގެ ބައިބަޔާއި، ގައުކުނޑީގެ ފުނިވަރުތަކުން މާލެ މިވަނީ މުޅިން ގޮނޑުވެފައި ކަަމަށެވެ. މިކަމުގެ ސަބަބުން މާލޭގެ މަގުތަކާއި އާންމު ހުސްޖާގަތަކުގެ ނުތާހިރުކަން އިންތިހާއަށް ބޮޑުވެ، އާންމު ސިއްހަތަށާއި، ދުޅަހެޔޮކަމާއި، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވަމުންދާކަމަށް ވެސް އެ ޕާޓީން ނެރުނު ނޫސްބަޔާނުގައި ވެއެވެ.

ދަ ޑިމޮކްރެޓްސް އިން ބުނީ، މާލެ މި ދަރަޖައަށް ހަޑިވެފައިވާއިރުވެސް، ބަރަކާތްތެރި ރޯދަމަހާއި ދިމާކޮށް ސިޓީތެރެ ސާފުތާހިރު ކުރުމުގެ އެއްވެސް މަސައްކަތެއް ކަމާބެހޭ އެއްވެސް އިދާރާއަކުން ހިންގާފައެއް ނުވާ ކަމަށާއި،  ގޯތިގެދޮރު ފޮޅާ ސާފުކޮށް، ރޯދައަށްވާ ތައްޔާރީގައި ގޭބީސީތަކުން އުފެދޭ ކުނި އުކާލުމާއި، މަގުތަކާއި އާންމު ހުސްޖާގަތައް ސާފުކުރަން އެހެން އަހަރުތަކުގައި ހިންގި ބާވަތުގެ އެއްވެސް ހަރަކާތެއް މާލެ ސިޓީ ކައުންސިލުންވެސް ހިންގާފައި ނުވާ ކަމަށެވެ.

މާލޭގެ މަގުތަކާއި ޕާކުތަކާއި އާންމު ހުސްޖާގަތަކަށް ނުކުމެ ނޫޅެވޭވަރު ތަނަކަށް މުޅިން ބަދަލުވަމުން އަންނައިރު، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވިީ މާލެއަކީ ތަނަވަސްކަމާއި ފެހިކަމާއި ތާހިރުކަމުގެ ޝިއާރުގައި ކަން ފާހަގަކޮށް، އެ ޕާޓީން ވަނީ މޭޔަރު އާޒިމް މާލެ ތާހިރުކުރަން ޕްލޭންކުރައްވާ ގޮތެއް، އަޅުއްވަން ގަސްތުކުރައްވާ ފިޔަވަޅެއް އަދި އެކަން ހާސިލު ކުރުމަށް ހިންގަވާ މަސައްކަތެއްގެ ހިލަމެއްވެސް ނުވާކަމަށް ބުނެފައެވެ.

އެހެންކަމުން ދަ ޑިމޮކްރެޓްސް އިން ވަނީ ، މާލެ "ކުނިގޮނޑަކަށް" ބަދަލުވަމުންދާއިރު، އަތްއުރާލައިގެން ނުތިބެ، އާންމު ސިއްހަތާއި ސަލާމަތަށް އެކަށޭނަ ގޮތެއްގައި މާލެ ސިޓީ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް މޭޔަރު އާޒިމަށާއި، ސިޓީ ކައުންސިލްގެ މައްޗަށް ކަންބޮޑުވުމާއި އެކު ގޮވާލާފައެވެ. އަދި ދެމެހެއްޓެނިވި އިންތިޒާމެއްގެ ދަށުން މާލޭގެ ސާފުތާހިރުކަން ކަށަވަރު ކޮށް، މާލޭ މޭޔަރުގެ ބައި އިލެކްޝަނަށް އެ ޕާޓީއިން ޢާންމުކުރި މެނިފެސްޓޯގައިވާ ފަދައިން މާލެއަކީ ދިރިއުޅޭން އެކަށޭނަ ސިޓީއަކަށް ބަދަލުކުރުމަށް އަވަހަށް ފިޔަވަޅު އެޅުމަށް ވެސް އެ ޕާޓީން ނެރުނު ބަޔާނުގައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.