އައިޖީއެމްއެޗް މިސްކިތް އަލުން މަރާމާތުކޮށް ހުޅުވުމުގެ ރަސްމިއްޔާތު-- ފޮޓޯ: އައިޖީއެމްއެޗް
10 Mar 2024 | 15:54
އައިޖީއެމްއެޗް މިސްކިތް އަލުން މަރާމާތުކޮށް ހުޅުވައިފި

5 އަހަރަށްފަހު އައިޖީއެމްއެޗް މިސްކިތް އަލުން މަރާމާތުކޮށް ހުޅުވައިފިއެވެ.

މި މިސްކިތް ހުޅުވުމަށް މިއަދު ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ ހޮސްޕިޓަލެއްގައި މިސްކިތެއް ހުރުމަކީ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކަށާއި ބަލި މީހުންގެ އެހީތެރިންނަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަމަށާއި މިސްކިތުގައި އިނދެ ދުއާ ކުރުމުން ލިބޭ ހިތްހަމަޖެހުމާއި މަޢުނަވީ, ރޫޙާނީ ސަޕޯޓަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ.

"މިސްކިތުގައި އިނދެގެން ދުޢާކުރީމަ އެލިބޭ ހިތްހަމަޖެހުމާއި މަޢުނަވީ ރޫޙާނީ ސަޕޯޓަކީ ވަރަށް މުހިންމު އެއްޗެއް. މި މިސްކިތް އެޅުމަށް މެނޭޖްމަންޓުން ނިންމި ނިންމުމަކީ ޚިދުމަތް ހޯދާ ބަލި މީހުންނާއި ބަލި މީހުންގެ އެހީތެރިންނަށްޓަކައި ވަރަށް ރަނގަޅު ނިންމުމެއް."

ވަޒީރު ޝަހީމް ވިދާލުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ މިސްކިތް ބަންދުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހުން ކަމަށާއި މިތަން ބޭނުންކުރަމުން ދިޔައީ ޖަންކް ޔާރޑެއްގެ ގޮތުގައި ކަމަށެވެ. އަދި މިތަން އަލުން ހުޅުވާލުމަށް ނިންމީ ރައީސް ޑރ.މުއިއްޒު ގެ އިރުޝާދުގެ ދަށުން ކަމަށާއި، އައިޖީއެމްއެޗްގައި ނަމާދުކުރެވޭނެ އެކަށޭނަ ތަނެއް ޤާއިމްކުރުމަށް ރައީސް ޑރ.މުއިއްޒު އިރުޝާދު ދެއްވިކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

"އައިޖީއެމްއެޗްގައި ނަމާދުކުރެވޭނެ އެކަށޭނަ ތަނެއް ޤާއިމްކުރުމަކީ ރައީސް އަޅުގަނޑަށް ދެއްވި އިރުޝާދެއް. މިތަން ބޭނުންކުރަމުން ދިޔައީ ޖަންކް ޔާރޑެއްގެ ގޮތުގައި. އަޅުގަނޑުމެން ނިންމީ މިތަން ރޯދަމަސް އައުމުގެ ކުރިން ނަމާދުކުރެވޭނެ މިސްކިތެއް މިތަނުގައި ޤާއިމްކުރަން." 

އިބްރާހިމް ޢަބްދުއްރައްޒާޤް ހަލީމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އިބްރާހިމް ޢަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ، މިސްކިތް އެޅުމަށް ގިނަ ބަޔެއްގެ އެހީތެރިކަން މާލީ ގޮތުންނާއި ޢަމަލީ ގޮތުން ލިބުނު ކަމަށާއި، މިސްކިތް އެޅުމަށް އެއްވެސް ވަރަކަށް އައިޖީއެމްއެޗްގެ ފަންޑުން ޚަރަދުކޮށްފައިނުވާކަމަށެވެ.

100 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ވަރުގެ ޖާގައެއް އޮންނަ މި މިސްކިތުގައި، ވުޟޫކުރުމަށާއި ނަމާދުކުރުމަށް ފިރިހެނުންނަށާއި އަންހެނުންނަށް ވަކިން ބައެއްހަދާފައިވާއިރު، ކުރިއަށް އޮތް ރަމަޟާން މަހު މި މިސްކިތުގައި ތަރާވީޙު ނަމާދުކުރެވޭނެ ކަމަށްވެސް އައިޖީއެމްއެޗުން މައުލޫމާތު ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.