މާލޭ މަގުމައްޗަށް ކުނި ނެރެފައި- ފޮޓޯ/ވޮއިސް
ހަބަރު
11 Mar 2024 | 10:58
މާލެ ގޮނޑުވުމުގެ މައްސަލަ ހައްލު ކުރުމަށް ހިލޭ ކުނި އުކޭނެ އިންތިޒާމް ވެމްކޯއިން ހަމަޖައްސައިފި

މާލެ ސަރަހައްދުގެ ވެމްކޯ ޓްރާންސްފަރ ސްޓޭޝަންތަކަށް އާންމު ރައްޔިތުން ގެންނަ ކުނި ހިލޭ އުކޭނެ އިންތިޒާމު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޑެޓް (ވެމްކޯ) އިން ހަމަޖައްސައިފިއެވެ.

ރަމަޟާން މަހަށް ގެތަށް ސާފުކޮށް ގޭގޭގައި އުފެދޭ ކުނިތައް މަގު މައްޗަށް ނެރެފައި ބެހެއްޓުމުގެ ސަބަބުން މާލެ ގޮނޑަކަށް ވަމުންދާ މައްސަލަ ހައްލު ކުރުމަށް ވެމްކޯއިން މި ނިންމުން ނިންމައި އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ރޯދައާއި ދިމާކޮށް ބޮޑެތި ކުނި އުފައްދާ މިންވަރު އިތުރުވެފައިވާތީ، ކުނި އުކާލުމަށް ދިމާވެފައިވާ ކަންބޮޑުވުންތަކާއި ގުޅިގެން މާރިޗު 10 ވަނަ ދުވަހުގެ 18:00ން ފެށިގެން ޓްރާންސްފަރ ސްޓޭޝަންތަކަށް އާންމު ރައްޔިތުން ގެންނަ ބޮޑެތި ކުނި އަދި ގެތައް ސާފުކުރުމުގައި އުފައްދާ ކުނި ހިލޭ އުކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ހިލޭ އުކޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ މާރޗް 13 ވަނަ ދުވަހުގެ ރޭގަނޑު 12 ޖެހުމާއި ހަމައަށް ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.

އެ މުއްދަތުގައި އާންމު ރައްޔިތުންގެ ކުނި ގެންނަ ވެހިކަލްތަކުން އެންޓްރީ ފީ އަދި ޑިސްޕޯސަލް ޗާޖް ވެސް ނުނަގާނެ ކަމަށާ އެ މުއްދަތުގައި އާއްމުން ގެންނަ ވެހިކަލް ތަކުން އެންޓްރީ ފީ އަދި ޑިސްޕޯސަލް ޗާޖުވެސް ދައްކަން ނުޖެހޭނެ ކަމަށް ބުނެފައިވެއެވެ. 

ނަމަވެސް އެ މުއްދަތުގައި ޓްރާންސްފަރ ސްޓޭޝަނަށް ވިޔަފާރިތަކުން ކުނި އުކާނީ ކުރިއެކޭ ވެސް އެއްގޮތަށް ކުނީގެ ބަރުދަނަށް ބަލައި ކިލޯއަކަށް 75 ލާރީގެ މަގުން ފީ ދެއްކުމަށްފަހު ކަމަށާ، އަދި ސަރުކާރުގެ މުއައްސަސާތަކުންނާއި ވިޔަފާރި އުސޫލުން ޤަވާއިދުން ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މިހާރެކޭ އެއްގޮތަށް ކިލޯއަކަށް 2.66 ރ ދައްކަން ޖެހޭނެ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ. އެ ވެހިލްތަކުން އެންޓްރީ ފީގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާ ދައްކަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ހިލޭ އުކޭނެ ކުނީގެ ތެރޭގައި ތެތް ކުނި (ކާބޯތަކެތި، ފަނާވާ ޒާތުގެ ކުނި) އިމާރާތް ކުރުމާއި އިމާރާތް ތަޅާލުމުގައި އުފައްދާ ކުނި ނުހިމެނޭނެ ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.

މިއަދު ޓްރާންސްފަރ ސްޓޭޝަންތަކުގައި ހިދުމަތް ފެށޭނީ މެންދުރު 14:00 ޖަހާއިރުކަންވެސް ވެމްކޯއިން ފާހަގަކޮށްފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.