އެމްޓީސީސީގެ މަހާ ޖައްރާފު-- ފޮޓޯ: ވެސެލް ފައިންޑަރ
ހަބަރު
11 Mar 2024 | 11:14
20 މަސްދުވަސް ވަންދެން ގްރައުންޑް ވެފައި އޮތް މަހާ ޖައްރާފު 2 މަސްދުވަސް ތެރޭ އޮޕަރޭޝަނަށް ގެނެސްފި

20 މަސްދުވަސް ވަންދެން ގްރައުންޑް ވެފައި އޮތް އެމްޓީސީސީ ގެ އެންމެ އަގު ބޮޑު އެސެޓް އަދި ޑްރެޖަރު، މަހާ ޖައްރާފު 2 މަސްދުވަސް ތެރޭ މަރާމާތުކޮށް އޮޕަރޭޝަނަށް ގެނެސްފިއެވެ.

އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ، މަހާ ޖައްރާފު 8 ޖޫން 2022 އިން ފެށިގެން އޮތީ ގްރައުންޑް ވެފައި ކަމަށާއި، ނަމަވެސް މިދިޔަ ޖެނުއަރީ މަހު 16 ވަނަ ދުވަހު މަހާ ޖައްރާފު އޮޕަރޭޝަނަށް އަލުން ނެރެފައިވާ ކަމަށެވެ. މަހާ ޖައްރާފު ގްރައުންޑް ވުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބަކީ، ކުރީގެ މެނޭޖްމެންޓުން ޝެޑިއުލް މެއިންޓެނެންސް ކުރިއަށް ނުގެންދިއުމާއި ބަލަން ޖެހޭ ވަރަށް ނުބެލުން ކަމުގައި އެމްޓީސީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް، އެމްޓީސީސީން ބުނީ، މަހާޖައްރާފު ބޭނުން ނުކޮށް 571 ދުވަސް ހޭދަވި ކަމަށާއި މިކަމުގެ ސަބަބުން މާލީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި، ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިޔަށް ގެންދިޔައީ ބޭރުން ކޮންނަ ބޯޓެއް ކުއްޔަށް ގެނެސްގެން ކަމަށްވާތީ، މި ބާވަތުގެ މަޝްރޫޢުތަކުން ލިބޭ އާމްދަނީ ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށް އެކުންފުނީގެ ނޫސް ބަޔާނުގައި ވެއެވެ.

ކުންފުނީގެ ޕްރޮޖެކްޓްސް ސެކްޝަނުގެ ތިން ބައި ކުޅަ އެއްބައި އާމްދަނީ ބިން ހިއްކުމުގެ މަޝްރޫޢުތަކުން ލިބޭ އާމްދަނީ ކަމަށާއި، މަހާ ޖައްރާފު ފަދަ ބޮޑު ޑްރެޖަރެއް ގްރައުންޑް ވެފައި އޮތުމުން، ޖުމްލަ 510 މިލިއަން ރުފިޔާގެ އާމްދަނީ މި މުއްދަތުގައި ގެއްލިފައިވާ ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.

އެއާއި އެކު އެމްޓީސީސީ ގެ އައު މެނޭޖްމެންޓުން ހަވާލުވެ އެންމެ ބޮޑު އިސްކަމެއް ދިނީ މަހާ ޖައްރާފު އޮޕަރޭޝަނަށް ގެނައުމަށް ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން 2 މަސްދުވަސް ތެރޭ އަލުން މަހާ ޖައްރާފު އޮޕަރޭޝަނަށް ގެނެސް، މިހާރު އެ އުޅަނދު އުނގޫފާރުގެ ބިން ހިއްކުމުގެ މަޝްރޫޢުގައި ބޭނުން ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މަހާ ޖައްރާފު ގެނެސް ބޭނުންކުރަން ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި، 2017 ވަނަ އަހަރުގެ ތެރޭގައެވެ. މި ޑްރެޖަރ މެދުވެރިކޮށް އެކުންފުނިން ވަނީ ބިންހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ހިންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް