އަލް އަޤްސާ މިސްކިތް-- ފޮޓޯ: ބްރިޓޭނިކާ
ހަބަރު
11 Mar 2024 | 13:01
ރަމަޟާން މަހު ވެސް އަޤްސާ މިސްކިތަށް މުސްލިމުން ވަނުމަށް ޔަހޫދީން ހުރަސްއަޅަނީ

ބަރަކާތްތެރި ރަމަޟާން މަހު ވެސް، މުސްލިމުންގެ ތިން ވަނަ އެންމެ މުގައްދަސް ހަރަމްފުޅު ކަމަށްވާ މާތްވެގެންވާ އަލް އަޤްސާ މިސްކިތަށް ފަލަސްތީނުގެ މުސްލިމުން ވަނުމަށް ޔަހޫދީން ހުރަސްއަޅައިފިއެވެ.

މިގޮތުން ރޯދަ މަސް ފެށުމުގެ ކުރިންވެސް އިސްރާއީލުން ވަނީ އަޤްސާ މިސްކިތް ވަށައިން ތިބޭ ޔަހޫދީ ސިފައިންގެ ފައުޖު ވަރުގަދަކޮށްފައެވެ. މީގެ އިތުރުންވެސް، ރަމަޟާން މަސް ފެށުނުކަން އިއުލާން ކުރުމާއި ގުޅިގެން ރޭގައި ފަލަސްތީނުގެ އެތައް ހާސް މުސްލިމުން އަޅުކަން ކުރުމަށްޓަކައި އަޤްސާ މިސްކިތުގައި ތިއްބާ އިސްރާއީލު ސިފައިން ހަމަނުޖެހުން ހިންގާފައިވާ ކަމަށް ވެސް ބޭރު ދުނިޔޭގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން، މިސްކިތަށް ވަދެ ނަމާދު ކުރުމުގެ ހުއްދަ އުމުރުން 40 އަހަރުން މަތީގެ އަންހެނުންނަށް ދީފައިވާއިރު، ފިރިހެނުންނާއި ޒުވާން އަންހެނުން އަޤްސާ މިސްކިތަށް ވަނުންވެސް ވަނީ މަނާކޮށްފައެވެ.

ދަތި ކުރުމުގެ ފިޔަވަޅުތައް އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ ފަލަސްތީނުގެ މުސްލިމުންނަށް އަޅާފައިވާއިރު، އަޤްސާ މިސްކިތަށް ވަދެ އުޅޭ އެއްވެސް ޔަހޫދީ އަކަށް އެއްވެސް ދަތިކުރުމެއް ނެތެވެ.

ބަރަކާތްތެރި ރަމަޟާން މަސް ފެށިފައިވާއިރު، ފަލަސްތީނުގެ ޣައްޒާގައި ތިބި މުސްލިމުން ދަނީ ބަނޑުހައިހޫނު ކަމުގެ ވޭން ތަޙައްމަލު ކުރަމުންނެވެ. ރަމަޟާން މަސް ފެށުނު ނަމަވެސް ޔަހޫދީން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ