ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
11 Mar 2024 | 21:14
ހައިހޫނުކަމުގައި ތިބި ފަލަސްޠީނު މުސްލިމުންގެ މަތީން އަބަދުމެ ހަނދާންކުރުމަށް ރައީސް އެދިވަޑައިގެންފި!

މި ރަމަޟާން މަސް އެންމެހައި މުސްލިމުންނާއި ބައްދަލުކުރިއިރު ފަލަސްޠީނުގެ ބިމުގައި ހަނގުރާމައާ، ބިރުވެރިކަމާ، ހައިހޫނުކަމުގައި، ގެދޮރާއި އާއިލާގެއްލި ބިކަވުމުގެ ޙާލަތު ކުރިމަތިވެފައިވާ މުސްލިމް ތުއްތުކުދީންނާ، އުޚްތުންނާ، އަޚުންގެ މަތީން ހުރިހާ ދިވެހީން އަބަދުމެ ހަނދުމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ބަރަކާތްތެރި ރަމަޟާން މަހާއި ގުޅިގެން ރައީސް މުޢިއްޒު މިއަދު ދެއްވި ޚިޠާބުގައި ވިދާޅުވީ އިސްލާމީ އުންމަތަކީ އެއް ހަށިގަނޑެއް ފަދަ ބަދަހި އުންމަތެއްކަމަށެވެ. އަދި މި ބަރަކާތްތެރި މައްސަރުގައި މި މުޅި އުންމަތަށް ހެޔޮދުޢާ ކުރަން އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައިއެވެ.

ވަކީން ޚާއްޞަކޮށް، މި ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކުރާއިރު، ފަލަޞްޠީނުގެ ބިމުގައި ހަނގުރާމައާ، ބިރުވެރިކަމާ، ހައިހޫނުކަމުގައި، ގެދޮރާ ޢާއިލާގެއްލި ބިކަވުމުގެ ޙާލަތު ކުރިމަތިވެފައިވާ އަޅުގަނޑުމެންގެ މުސްލިމް ތުއްތުކުދީންނާ، އުޚްތުންނާ، އަޚުންގެ މަތީން އަޅުގަނޑުމެން ހުރިހާ ދިވެހީން އަބަދުމެ ހަނދާންވެއެވެ. މުސްލިމުންގެ މުޤައްދަސް އެއް މިސްކިތްކަމުގައިވާ އަލްމަސްޖިދުލް އަޤްޞާ ހުރި ބަރަކާތްތެރި ވަޠަނުގައި، އިސްލާމްދީނާ މިނިވަންކަމުގެ ޙައްޤުގައި ފަލަޞްޠީނުގެ އަހުލުވެރީން ކުރަމުންދާ ޖިހާދަށް ނަޞްރުދެއްވައި، އަނިޔާވެރީންގެ ކެހިވެރިކަމުން މިންޖުކުރައްވާށިއެވެ.         

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި އިތުރަށް ވަނީ، ދިވެހީންނަކީ އެއް އާއިލާއެއް އަދި އެއް ދީނެއްގައި ތިބި އެއް ޤައުމެއްގެ އަޚުންނާއި އުޚުތުންކަން ދެނެ ދޭދޭ ގުޅުންތައް ބަދަހިކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

ހެޔޮ ކަމުގެ މި މޫސުމުގައި ކީރިތި ޤުރްއާނުން ރޫޙާނީ މީރުކަން ހޯއްދަވާށެވެ. ޙަޤީޤަތެއް ނެތް ދޮގުވާހަކަތަކުން މުޖުތަމަޢު ކިލަނބު ނުކުރައްވާށެވެ. އަމިއްލަ ނަފުސާ މެދު އިތުރަށް ވިސްނައިވަޑައިގެން އިޞްލާޙުކުރައްވާށެވެ. ރީތި ހިމޭން ބަސްމަގުން ތެދުބަހުން މީހުންނާ މުޢާމަލާތުކުރައްވާށެވެ. ވަގުތާއި ކެއިން ބުއިމުގެ އިސްރާފުތައް ވެސް ނުކުރައްވާށެވެ. ކޮންމެ ގެޔަކީ ކުޑަކުދީންނަށް އޯގާވެރި ދުވަސްވީ މީހުންނަށް ކަމޭހިތާ ދޭދޭ އެންމެހައި ގުޅުންތަކަށް އިޙްތިރާމުކުރާ އުފާވެރި ގެޔަކަށް ހައްދަވައިދެއްވާށެވެ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މިއާއެކު ރައީސް މުޢިއްޒު ވިދާޅުވީ ރަމަޟާން މަސް އަޅުގަނޑުމެން މުސްލިމުންނަށް ދޭ ފިލާވަޅުތައް ގިނަ ގުނަކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ވިދާޅުވީ, މިއީ ކެތްތެރިކަމާއި، އެކަކު އަނެކެއްގެ ބުރަތައް ލުއިކޮށް ދިނުމާއި، މާފަށް އެދުމާއި މާފުކުރުމުގެ އިތުރުން އިސްތިޣުފާރުކުރުމާއި ތައުބާވެ އަމިއްލަ ނަފުސު އިޞްލާޙުކުރުމުގެ މައްސަރުކަމަށެވެ. 

އަދި މި ރަމަޟާން މަހުގައި އަހަރެމެންގެ އުޅުންތަކާއި ގުޅުންތައް އިޞްލާޙުކުރައްވައި، ހަރުދަނާކަންމަތީ ލެހެއްޓެވުން އެސި ދުޢާ ކުރުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.