ރައީސްގެ ޖަވާބު ގެ މިއަދުގެ ސެގްމެންޓްގެ ތެރެއިން--
ހަބަރު
11 Mar 2024 | 22:27
ކައުންސިލްތައް ހިމަނާފައި އޮންނަނީ ދަށް ފަންތީގައި؛ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ދަތީ އެހެންވެ: ރައީސް

ކައުންސިލް ތަކުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ދަތި ވަނީ، ކައުންސިލްތައް ދަށް ފަންތީގެ ހިމަނާފައި އޮތުމުން ކަމަށާ، އެ މައްސަލަ ހައްލު ކުރެވެން އޮތީ މަޖިލީހުގެ ތެރެއިން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައި ވަނީ މ.ނާލާފުށީ، މަތަރެސްމާގޭ، މޫސާ ޞާބިރު، ސިވިލް ސާވިސްގައި ޚިދުމަތްކުރާ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއިމެދު ދެންނެވި ސުވާލަށް ދެއްވި ޖަވާބުގައެވެ. 

އެގޮތުން ޞާބިރު ވަނީ އޭނާ އަކީ، ޑިގްރީ އާއި ހަމައަށް ކިޔަވައިގެން، ކައުންސިލްގެ އިދާރީ ބައިގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެއް ކަން ފާހަގަކޮށް، އެ ފެންވަރަށް ކިޔަވައިގެން ހުރި ނަމަވެސް މުސާރައާއި އެލަވަންސް ހިމަނައިގެން ގެއަށް ގެންދަން ލިބޭ މުސާރަ ކުޑަ ކަން ފާހަގަ ކޮށްފައެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ވިސްނުން ހުރި ގޮތަކީ ކޮބައިތޯ އޭނާ ވަނީ ސުވާލުކޮށްފަ އެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވަނީ، ކައުންސިލް ތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މަޖިލީހުގެ ކަމާއި ބެހޭ ގާނޫނު ތަކުން، ކައުންސިލްތައް ކެޓަގަރައިޒް ކޮށްފައި އޮތް ފަންތި ކަން ފާހަގަކުރައްވާފައެވެ. 

ކައުންސިލްތައް ކެޓަގަރައިޒް ކޮށްފައި މިއޮންނަނީ ވަރަށް ދަށް ފަންތިއެއްގައި. ރައްޔިތުންގެ މަޖިލީހުގެ ކަމާއި ބެހޭ ގާނޫނުގެ ތެރެއިން ކެޓަގަރައިޒް ކޮށްފައި މިއޮތް ގޮތް. އެއީ މައިގަނޑު މައްސަލަ އަކީ. ސަރުކާރުން، ފިނޭންސް މިނިސްޓްރީން، މުސާރަ ބޮޑުކުރަން ބޭނުން ވިޔަސް އެކަމެއް ނުވެއް ކުރެވޭ ކެޓަގަރައިޒް ކޮށްފައި އޮތް ގޮތުން. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

އަދި ކަން އެހެން އޮތުމުން، ކައުންސިލް ތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަގެ މައްސަލައަށް މިހާރުން މިހާރަށްވެސް ހައްލެއް ގެނެވެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް އެމާނިކުފާނު ވިދާޅުވި އެވެ. 

މިއާއެކު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޖުމްލަކޮށް، އެންމެހައި ފަރާތްތަކުގެ މުސާރަ ބޮޑު ކުރުން ކަމަށެވެ. އެހެން ނަމަވެސް، މުސާރަތައް ބޮޑު ކުރެވެން އޮތީ، އިގްތިޞާދު ހަރުދަނާކޮށް ވަރުގަދަކުރެވޭ މިންވަރަކުން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.