ކާތަކެތީގެ އިތުރުން ސާފު ބޯ ފެންވެސް ޣައްޒާއިން ނުލިބޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނޭ-- ފޮޓޯ: ގެޓީ އިމޭޖަސް
ދުނިޔެ
12 Mar 2024 | 12:01
ޣައްޒާގައި ބަނޑުހައިހޫނު ކަމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 27 އަށް އަރައިފި!

ފަލަސްތީން ގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އުދުވާން ތަކުގެ ސަބަބުން ކާއެއްޗެއް ނުލިބި، ބަނޑުހައިހޫނު ކަމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 27 އަށް އަރައިފިއެވެ.

ހައިހޫނު ކަމުގެ  ވޭނުގައި އިއްޔެ އުތުރު ޣައްޒާގައި އަލަށް ވިހޭ ތުއްތު 2 ކުދިންވެސް ވަނީ ޝަހީދުވެފައެވެ. މި ދެކުދިން ޝަހީދު ވެފައިވަނީ، ޔަހޫދީން އުތުރު ޣައްޒާއަށް ކާބޯތަކެއްޗާއި ސިއްހީ ހިދުމަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ހުރަސް އެޅުމުން ކަމަށް އެ ދެކުދިންނަށް ފަރުވާ ދިނުމުގައި ހަރާތްތެރިވި ކަމަލް އަދްވާން ހޮސްޕިޓަލް ގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއިއެކު، އުތުރު ޣައްޒާގައި ހަރަކާތްތެރި ވަމުން އަންނަ ގާތްގަނޑަކަށް 2000 ސިއްހީ އެހީތެރިން ވެސް އަންނަނީ ބަނޑުހައިހޫނު ކަމުގެ ވޭން ތަހައްމަލު ކުރަމުންނެވެ. މިގޮތުން، މިއަހަރުގެ ބަރަކާތްތެރި ރޯދަ މަހުވެސް ސިއްހީ އެހީތެރިން ރޯދަ އަށް ތިބެނީ ހާރުގެ އިތުރުން، ރޯދަވީއްލާ ގަޑީގައި ވެސް އެއްވެސް އެއްޗެއް ނުކައި ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ޣައްޒާގެ މުނިސިޕަލް ސްޕޯސްކްޕާސަން، ހުސްނީ މަހްނާ ވިދާޅުވި ގޮތުގައި މީގެ ކުރިން 90 ލިޓަރު ފެން ލިބުނު ނަމަވެސް، ފެން ލިބޭ މިންވަރު ވަރަށް ބޮޑަށް ޣައްޒާގެ ކޮންމެ ރައްޔިތަކަށް ދުވާލެއްގެ މައްޗަށް ލިބެނީ ހަމައެކަނި 2 ލިޓަރު ފެންކަމަށެވެ. މީގެ އިތުރުންވެސް ހުސްނީ މަހްނާ ވިދާޅުވީ، އިސްރާއީލުން ގެ ސިފައިން ޣައްޒާގައި ހުރި 40 ފެންވަޅާއި، 9 ރިޒާވާއި، 42 ކިލޯމީޓަރުގެ ވޯޓާ ނެޓްވޯކްތަކުގެ އިތުރުން، އެކި ހިސާބުތަކުގައި ފެން ފޯރުކޮށްދިނުމަށް ބަހައްޓާފައި ހުރި އެކި ސައިޒް ތަކުގެ 500 އަށްވުރެ ގިނަ ފެން އިސްކޫރުތައް ހަލާކުކޮށްލާފައިވާ ކަމަށެވެ.

މާތްވެގެންވާ ރަމަޟާން މަސް މިއަހަރު ޣައްޒާގެ ރައްޔިތުންނާއި ބައްދަލުކުރިއިރު، ޣައްޒާގެ 85 އިންސައްތަ އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރުހަލާކުވެ، މަގުމަތި ވެފައިއެވެ. އަދި ފެނާއި ކާބޯތަކެއްޗާއި ބޭސްފަރުވާގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، ޣައްޒާގެ 60 އިންސައްތަ އިމާރާތްތައް ވަނީ ބިމާއި ހަމަކޮށްލާފައެވެ. އިސްރާއީލުން ދަނީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީގެ ތަކެތި އެތެރެކުރުމަށް ހުރަސް އަޅަމުންނެވެ. ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ޓަކައި، އެމެރިކާއިން ވަނީ ޣައްޒާގެ އައްސޭރިފަށުގައި، ވަގުތީ ބަނދަރެއް ހެދުމަށް އެގައުމުގެ ސިފައިން ފޮނުވުމަށް ނިންމާފައެވެ.

ހައްދުފަހަނައަޅާފައިވާ ޔަހޫދީން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކެނޑިނޭޅި ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 31,045 މީހަކު ޝަހީދުވެފައިވާއިރު،  72,654 މީހަކު ވަނީ ޒަހަމްވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ