ޕީއެންއެފް ރެޖިސްޓަރ ކުރަން ފޯމް ހުށަހެޅުން — ފޮޓޯ/ ވޮއިސް
ހަބަރު
12 Mar 2024 | 21:10
ޕީއެންއެފްއިން ހުށަހެޅި 3000 އަށްވުރެ ގިނަ ފޯމްތަކުން ސައްހަވީ 1976 ފޯމް އެކަނި

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް އުސްވެ ހުންނަވައިގެން އުފައްދަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)، އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅާފައިވާ 3370 ފޯމުގެ ތެރެއިން ސައްހަވީ 1976 ފޯމް ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަބީބު ވިދާޅުވީ ޕީއެންއެފްއިން އެ ކޮމިޝަނަށް އެންމެ ފުރަތަމަ ހުށަހެޅީ 3060 ފޯމު ކަމަށެވެ. ނަމަވެސް ފަހުން އިތުުރު ފޯމު ހުށަހަޅައި، ޖުމްލަ 3370 ފޯމް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެ ހުރިހާ ފޯމެއްގެ ސައްހަކަން ކަށަވަރުކޮށް ނިމިފައިވާ ކަމަށެވެ.

އަދި އޭގެ ތެރެއިން ސައްހަކަން ކަށަވަރުވެފައިވަނީ 1976 ފޯމު ކަމަށާއި، ސައްހަ ފޯމުތަކުގެ އިތުރަށް ރަނގަޅު ކުރެވޭނެ 1394 ފޯމު ވާކަމަށް ހަބީބު ވިދާޅުވިއެވެ.

އެހެންނަމަވެސް އެ ފޯމުގެ ތަކުގެތެރެއިން 81 ފޯމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ނުވަތަ ސައްހަ ފޯމުތަކެއް ނޫންކަމަށް ހަބީބް ވިދާޅުވިއެވެ.

"ޕީއެންއެފް ރެޖިސްޓަރ ކުރުމަށްޓަކައި މީގެ 10 ދުވަސް ކުރީން އެބައޮތް އަޅުގަނޑުމެންނަށް 3370 ފޯމު ހުށަހަޅުއްވާފައި. އެހުރިހާ ފޯމުގެ ސައްހަކަން ކަށަވަރުކޮށް ނިންމާފައި، ޕާޓީގައިވެސް މިހާރު ދަންނަވާފައި އޮންނާނީ. އޭގެ ތެރެއިން ސައްހަވީ 1976 ފޯމް، އިތުރަށް ރަނގަޅު ކުރަންޖެހޭ ފޯމްތަކެއް ވެސް އެބަހުރި، އެވާހަކަ ވެސް އެބޭފުޅުންނަށް ދަންނަވާފައި ވާނީ. މިސާލަކަށް މެމްބަރަކަށްވާން ސޮއިކުރާއިރު އޭގެ އެބަހުރި ކުރީގެ ތާރީހުތައް ޖެހިފައި އަދި ސޮއިކޮށްފައި. ރަޖިސްޓްރަރގެ ފަރާތުންނާއި ޕާޓީގެ ފަރާތުން ވެސް ފުރިހަމަ ކުރަންޖެހޭ ބައިތައް ހުރި ފޯމްތައް ވެސް އެބަހުރި. އެކަންކަން ރަނގަޅުކޮށްލުމުން ދެވަނަ ފަހަރަށް ވެސް ބަލައިގަނެވޭނެ ފޯމްތައް އެބަހުރި. ސައްހަކަން ކަށަވަރު ނުވެ 81 ފޯމް އެބަވޭ، އެބޭފުޅުންނަށް އަޅުގަނޑުމެން ވާނީ ހުރިހާ ތަފްސީލެއް އަރުވާފައި،"

އީސީގެ ނާއިބު ރައީސް ޢިސްމާއީލް ހަބީބު

ޕީއެންއެފްގެ މުއައްސިސެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުالله ޔާމީނެވެ. އެ ޕާޓީ އުފެއްދުމަށްޓަކައި 3،000 މެމްބަރުންގެ ސޮއި ހަމަ ކުރުމުގެ ހުއްދަ އީސީން ދިނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.