މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ
ހަބަރު
12 Mar 2024 | 23:28
ރާއްޖެ، އައިޓީބީގެ ހޮސްޓް ގައުމަކަށް ހެދުމުގެ މަސައްކަތް ފަށައިފި

އަންނަ އަހަރު ރާއްޖޭގެ މާކެޓިން އަށް ކަނޑައަޅާ ބަޖެޓު ބޮޑުކޮށް، ޖަރުމަނުގައި 2026 ގައި އޮންނަ އައިޓީބީ ބާލިން ފެއާގައި ރާއްޖެއަކީ "ހޮސްޓް ކަންޓްރީ" އަކަށް ހަދަން މަސައްކަތް ފަށާފައިވާ ކަމަށް ފަތުރުވެރިކަމާއިބެހޭ ވުޒާރާގެ ވަޒީރު އިބްރާހީމް ފައިސަލް އިއުލާން ކުރައްވައިފިއެވެ. 

ފައިސަލް މިކަން އިއުލާން ކުރައްވާފައިވަނީ، ޖަރުމަނުގައި އެންމެފަހުން ބޭއްވި އައިޓީބި ފެއާގެ މައުލޫމާތު ދިނުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އޭނާ ވިދާޅުވީ، ދިވެހިރާއްޖެ އަކީ ފަތުރުވެރިންގެ މެދުގައި ނުހަނު މަގުބޫލު މަންޒިލެއް ކަމަށް ވުމުން އައިޓީބީގެ ހޮސްޓް ކަންޓްރީ އަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތް ކާމިޔާބު ވާނެ ކަމަށެވެ.

"އިރާދުކުރެއްވިއްޔާ 2026 ގައި އައިޓީބީގެ ހޮސްޓް ކަންޓްރީއަކަށް ވާނީ ރާއްޖެ. އެކަން އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް އެޑްވައިޒަރު  [ހަލީލް[ ވެސް ވަނީ މަސައްކަތް ފައްޓަވާފަ. މިކަމަކީ އިންޑަސްޓްރީގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކީގައި ކުރެވޭނެ ކަމެއް. މިއީ ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިން އަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެން ދާނެ،" 

ވަޒީރު އިބްރާހީމް ފައިސަލް

މީގެ އިތުރުން ފައިސަލް ވަނީ ނިމިދިޔަ އައިޓީބީ ފެއަރ ގެ މައއޗަށް އަލިއަޅުވާލައްވައިވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން އޭނާ ވިދާޅުވިގޮތުގައި އެ ފެއާއަކީ ރާއްޖެ އަށް ވަރަށް ކާމިޔާބު ފެއާއެކެވެ. އެގޮތުން، ކޮވިޑްގެ ފަހުން ބޭއްވުނު އެންމެ ކާމިޔާބު ފެއާރ އަކީ އެއީ ކަމަށް ރާއްޖޭގެ ސްޓޯލް ތަކަށް ހާޒިރުވި ފަރާތްތައްވެސް ފާހަގަ ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"ކައިރި އެހެން ގައުމުތަކަށް ބެލިނަމަވެސް ރާއްޖޭގެ ސްޓޯލް ފެނިގެން ދިޔައީ ވަރަށް ހަރަކާތްތެރިކޮށް، މިކަން ފާހަގަ ކުރެއްވި މި ފެއާއަށް 15 އަހަރު 20 އަހަރު ވަޑައިގެންނެވި ފަރާތްތަކުން ވެސް. ކޮވިޑުގެ ފަހުން މިހާ ކާމިޔާބުކޮށް ގެންދިޔަ ފުރަތަމަ ފަހަރުކަން. މި ފެއާގައި ބައިވެރި އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާ އަޅުގަނޑު ބައްދަލުކުރިން. އެ ބޭފުޅުން ވެސް ފާހަގަ ކުރި މިކަން،"

ވަޒީރު އިބްރާހީމް ފައިސަލް

މިއާއެކު ފައިސަލް ވަނީ ރާއްޖޭގެ މާކެޓިން ބަޖެޓަކީ އެކަށީގެން ވާވަރަށްވުރެ ކުޑަ ބަޖެޓެއް ކަން ފާހަގަ ކުރައްވައި، އެ ބަޖެޓު އަންނަ އަހަރު ބޮޑު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާލުވެފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.