ޒަކާތް ބަލައިގަތުން— ފޮޓޯ/ މިނިސްޓްރީ
ހަބަރު
13 Mar 2024 | 09:47
ކޮންމެތާކު ހުރެގެންވެސް އޮންލައިންކޮށް ފިޠުރުޒަކާތް ދެއްކޭނެ!

ފިތުރު ޒަކާތް ބަލައިގަންނަން މިހާރު ފަށާފައިވާއިރު، އޮންލައިންކޮށް ބޭނުން ތަނެއްގައި ހުރެގެންވެސް ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައުވާ ކަމަށް ޒަކާތު ހައުސް އިން ބުނެފިއެވެ.

މިމަހު 11 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މާލެއާއި އަތޮޅުތަކުގައި ފިތުރު ޒަކާތް ބަލައިގަންނަމުންދާއިރު، އޮންލައިންކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު އެކި ޕްލެޓްފޯމް ތަކުން ވަނީ ހުޅުވާލާފައެވެ.

އެގޮތުން އޮންލައިން ކޮށް ޒަކާތް ދެއްކޭ ޕްލެޓްފޯމް ތަކަކީ؛

* އުރީދޫ 

https://www.ooredoo.mv/webapps/zakaath/public/

* ބަނޑޭރި ޕޯޓަލް

https://bandeyripay.finance.gov.mv

* ބީއެމްއެލް ވެބްސައިޓުން

https://zakaaiy.bankofmaldives.com.mv/

* ފަހިޕޭ އެޕްލިކޭޝަން

https://fahipay.mv/zakat/

މީގެ އިތުރުން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ހޯލުންނާއި ޒަކާތް ބަލައިގަންނައިރު، އަތޮޅު ތެރޭގައި ފިތުރު ޒަކާތް ދައްކަން ޖެހެނީ އެ ރަށެއްގެ ރަށު ކައުންސިލް އިދާރާއަށެވެ.

މިއަހަރުގެ ރަމަޟާންމަހުގެ ފަހު ދިހަ އަކީ ސަރުކާރު ބަންދު ދުވަސް ތަކެއް ކަމުގައި ކަނޑައަޅާފައިވާތީ، ރަމަޟާން މަހުގައި ކައުންޓަރު ތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަނިވި ވަގުތު ތަކުގައި ކަމަށް ބުނެފައިވެއެވެ. 

• 12-28 މާރިޗު އަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 9:30-13:00 އަށް 

• 31 މާރިޗު އިން 9 އޭޕްރީލް އަށް، ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00-14:00 އަށް. 

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު

- އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ

- ތައިލެންޑް ހުދު ހަނޑުލުންނަމަ 70 ރުފިޔާ

- ބާސްމަތީ (އާދައިގެ) ހަނޑުލުންނަމަ 70 ރުފިޔާ

- ބާސްމަތީ މޮޅު ހަނޑުލުން ނަމަ 100 ރުފިޔާ

- ބާސްމަތީ އެންމެ މޮޅު ހަނޑުލުން ނަމަ 125 ރުފިޔާ

- ރަތް ހަނޑުލުންނަމަ 80 ރުފިޔާ

- އާދައިގެ ފުށުންނަމަ 10 ރުފިޔާ

- އާޓާ ފުށުންނަމަ 75 ރުފިޔާ

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.