ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ-- ފޮޓޯ: މަޖިލިސް
ހަބަރު
13 Mar 2024 | 09:50
އެމްޑީޕީގެ ތުހުމަތެއް ސަރުކާރަށް؛ ބޮޑު އަގުގައި ޑްރޯން ގަތީ މަޖިލީހުގެ އިންތިހާބަށް ފައިސާ ހޯދަން

ސަރުކާރުން ޑްރޯންތައް ވިއްކަން ދުނިޔޭގެ ބާޒާރުގައި ހުރި އަގަށްވުރެ ބޮޑު އަގެއްގައި އެ ޓެކްނޮލޮޖީ ގަތީ މަޖިލީހުގެ އިންތިހާބަށް ފައިސާ ހޯދަންކަަމަށް އިދިކޮޅު އެމްޑީޕީ އިން ތުހުމަތުކޮށްފިއެވެ.

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ކުރަމުންދާ ކެމްޕޭނާއި ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން، އެ ޕާޓީގެ ކެމްޕޭން ތަރުޖަމާނު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ޑްރޯން ގެނައުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވީ، ކުރީ ސަރުކާރުން އެކަމާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ މަރުހަލާގައި އޮއްވާ ކަމަށް ވެސް އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ، ސަރުކާރުން ޑްރޯން ގަންނަން 30 މިލިއަން ހަރަދުކޮށްފައިވާއިރު އެއަށްވުރެ އަގުހެޔޮކޮށް ޑްރޯން ހޯދޭނެ ގޮތުގެ ތަފްސީލު އެމްޑީޕީ އަތުގައި އެބަހުރި ކަމަށާއި، ކުއްލިއަކަށް އެވަރުގެ ބޮޑު ހަރަދެއް ބަޖެޓް ނުކޮށް، ކުރެއްވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

"ކުއްލިއަކަށް ގޮސް ތިވަރުގެ ބޮޑު ހަރަދެއް، ބަޖެޓް ނުކުރައްވާ ކޮންޓިންޖެންސީ ބަޖެޓުން ނަގައިގެން ކުރެއްވި ކުރެއްވުމަކީ ސުވާލު އުފެދޭ ކަމެއް، އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ މި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފައިސާ ހޯދުމަށްޓަކައި، ދުނިޔޭގެ ބާޒާރުގައި އެ ޓެކްނޮލޮޖީ ވިއްކަން ހުރި އަގަށްވުރެ ބޮޑު އަގުގައި ކުރައްވާފައި އެއޮތީ."

އީސަ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އީސަ ވިދާޅުވީ، ރައީސް ޑރ.މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ތުރުކީ އަށް ވަޑައިގެން، ޑްރޯންތައް ގެނައީ "ތެޅި ފޮޅެމުން" ކަމަށާއި،  ކޮންޓިންޖެންސީ ބަޖެޓުން ޑްރޯން ގެންނަން ނިންމީ ފަށާފައިވާ ގިނަ މަޝްރޫއުތަކެއް ވެސް ހުއްޓާލާފައި ކަމަށެވެ.

ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ސަރުކާރުން ތުރުކީ އިން ގެނައި ޑްރޯންތައް ގެނައުމަށް ހަމަޖެހިފައިވަނީ، ނ. މާފަރު އެއާޕޯޓަށެވެ. އަދި ސަރުކާރުން ރާއްޖެ އަށް ގެނައުމަށް ހަމަޖެހިފައިވަނީ ޓީބީ2 ޑްރޯންތަކެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ