ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު
ހަބަރު
13 Mar 2024 | 10:35
އަމިއްލަ ފަރުދުންނަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ހޯދުމުގައި ލުއިގޮތެއް ހޯދަން މަޝްވަރާކުރާނަން: ރައީސް

އަމިއްލަ ފަރުދުންނަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަ ލިބޭނެ ގޮތް ތަކެއް ހޯދުމަށް ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ގދ.ގައްދޫ، ގުލްޒާރުވާދީ، ޙުސައިން ތައުފީޤް، އަމިއްލަ ފަރުދުންނަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ހޯދުމުގައި ހުންނަ ދަތިތައް ފާހަގަކޮށް އެކަން ހައްލު ކުރުމަށް ސަރުކާރުން އެއްވެސް ކަމެއް ކުރަން ނިންމާފައުވޭތޯ ކުތި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އިންޑިވިޖުއަލް ފަރާތްކުން ނަގާއިރު އެބަދޭ ގާތްގަޑަކަށް 11000-12000 ރުފިޔާ. ދާއިރު އަޅުގަނޑުމެން އިންޝުއަރެންސް ނަގައިގެން ޑޮކްޓަރަށް ދައްކާއިރު މި ޖެހެނީ އަމިއްލައަށް ފައިސާ ދައްކަން. ޕޭ ކޮށްފައި މިޖެހެނީ ބިލްތައް ހުށަހަޅަން. ހުށަހެޅީމަ ގާތްގަނޑަކަށް 14 ދުވަހުން މި އެނގެނީ އެ އިންޝުއަރެންސް ލިބޭކަން ނޫނީ ނުލިބޭކަން. އެހެންވީމާ އަޅުގަނޑުމެންނަށް ޑައިރެކްޓްކޮށް އިންޝުއަރެންސް ކަވަރ ކުރެވޭނެ ގޮތެއް ނެތްތޯ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އިންޝުއަރެންސްގެ ނިޒާމަކީ ވަކިގޮތަކަށް، ވަކި އުސޫލުތަކެއް ކަނޑައެޅިފައި އޮންނަ ކަމެއް ކަމަށެވެ.

ތިކަމުގައި އަޅުގަނޑު މަޝްވަރާ ކުރާނަން ކަމާއިބެހޭ ފަރާތްތަކާއި. ދަންނަވާނަން ތިކަމުގައި މިހާރަށްވުރެ ރަނގަޅު ގޮތަކަށް، ޚާއްސަކޮށް އާއްމު ފަރުދުންނަށް، އިންޝުއަރެންސްގެ ނިޒާމުގައި ބައިވެރިވެގެން ކުރިއަށްދާއިރު މިހާރު އޮންނަ ގޮތަށްވުރެ ރަނގަޅު ގޮތަކަށް އެކަން ހަމަޖެއްސޭނެ ގޮތެއްވޭތޯ އަޅުގަނޑު ވާހަކަ ދައްކާނަން

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

ސިއްހީ ޚިދުމަތްތަކަށް ސަރުކާރު ހޮސްޕިޓަލުތަކުން އާސަންދަ ލިބުނުކަމުގައި ވިޔަސް، އަމިއްލަ ގިނަ ތަންތަނުން ނުލިބެއެވެ. އެހެންކަމުން އެފަދަ ތަންތަނަށް ދައްކާއިރު އެތަނުން އިންޝުއަރެންސް މެދުވެރިކޮށް ދެއްކޭ ނަމަ، އެއިން ބޮޑުބައި ކަވަރ ކޮށްދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.