ޕާކިސްތާންގެ ހައިކޯޓު-- ފޮޓޯ: ގެޓީ އިމޭޖަސް
ހަބަރު
13 Mar 2024 | 11:31
ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި މީހަކަށް ޕާކިސްތާނުގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާރަކުރި މީހަކަށް ޕާކިސްތާނުގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފިއެވެ.

22 އަހަރުގެ ދަރިވަރެއް ކަމަށްވާ ޖުނައިދު މުނީރު އަށް ޕާކިސްތާނުގެ ކޯޓަކުން މި ހުކުމް އިއްވި އިރު، ރަސޫލާ އަށް ފުރައްސާރަ ކުރުމުގެ މައްސަލަ އަކާއި ގުޅިގެން އުމުރުން 17 އަހަރުގެ އަބްދުލް ހަނާން ނަމަކަށް ކިޔުނު ކުއްޖަކުވެސް އުމުރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ.

މި ދެމީހުންވެސް މި ދައުވާތަކަށް ވަނީ އިންކާރުކޮށްފައެވެ.

މުނީރުގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ 2022 ވަނަ އަހަރު، ވަޓްސްއެޕް މެދުވެރިކޮށް، އިސްލާމްދީނާއި ޚިލާފު މައުލޫމާތުތަކެއް ހިއްސާ ކުރުމުގެ ދައުވާއެވެ. ނަމަވެސް މުނީރުގެ ބައްޕަ ހުސައިން، ވަނީ އޭނާގެ ދަރިފުޅުގެ މައްޗަށް އުފުލާފައިވާ ދައުވާ ދޮގުކޮށް، ގާނޫނީ ޓީމަކާއި އެކު އެ މައްސަލަ އިސްތިއުނާފަށް ހުށައަޅަން ނިންމާފައެވެ.

ނޫހަކަށް ފޯނުން ގުޅައިގެން ވާހަކަދައްކަމުން ހުސައިން ބުނީ މި މައްސަލަ އާއި ގުޅިގެން އޭނާގެ އާއިލާ ދިރިއުޅެމުންދަނީ ފިލައިގެން ކަމަށާއި، ރަސޫލާ އަށް ފުރައްސާރަ ކުރި ކަމަށް ދައުވާ އުފުލިފައިވާ މީހާގެ ބައްޕަ އަށްވާތީ، އޭނާ ވެސް މަރާލަން ޖެހޭކަމަށް އެ އަވަށުގެ މީހުން ގަބޫލު ކުރާ ކަމަށެވެ.

ބައެއް މީޑިއާ ތަކުން ރިޕޯޓް ކުރާ ގޮތުގައި ހަނާން ގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ، ކީރިތި ރަސޫލާ އާއި އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ފުރައްސާރަކޮށް، އުފައްދާފައި ހުރި ފޮޓޯތަކަކާއި ވީޑިއޯ ތަކެއް ސޯޝަލް މީޑިއާ ތެރޭގައި ހިއްސާ ކުރުމާއި ގުޅިގެންނެވެ. ހަނާން އަށް މަރުގެ ހުކުމް އިއްވާފައި ނުވަނީ އޭނާގެ އުމުރުގެ ސަބަބުން ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އެހެންނަމަވެސް، މިކަމާއި ގުޅޭ ގޮތުން ހަނާން ގެ ފަރާތުން އެއްވެސް ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

ޕާކިސްތާނުގެ ގާނޫނު ބުނާ ގޮތުން، ދީނަށް ނުވަތަ ދީނީ ފަރާތްތަކަށް ފުރައްސާރަ ކުރި ކަމަށް ސާބިތުވާ ކޮންމެ މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ